• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބަލި ފެތުރިދާނެތީ އިންތިހާބު ފަސްކުރުމާ މެދު ވިސްނާލުން ރަނގަޅު: އަފްއާލް

ބަލި ފެތުރިދާނެތީ އިންތިހާބު ފަސްކުރުމާ މެދު ވިސްނާލުން ރަނގަޅު: އަފްއާލް

ކޮވިޑް-19 ފެތުރިދާނެ ހާލަތަކަށްޓަކައި ކައުންސިލު އިންތިހާބު މި ވަގުތަށް ފަސްކުރުމުގެ ވިސްނުން ގެންގުޅުން ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ. ރާއްޖެއިން އަދި މިހާތަނަށް ކޮވިޑް-19 ފެނިފައިވާ ނުވާ ނަމަވެސް ރާއްޖެއާއި މި ސަރަހައްދުގެ އިތުރު ގައުމުތަކެއްގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި އަފްއާލް ވިދާޅުވީ ކޮވިޑް-19 ފެތުރިދާނެ ހާލަތަކަށްޓަކައި ސިޔާސީ ކެމްޕެއިންތަކާއި އެއްވުންތައް މި ވަގުތަށް މަޑުޖައްސާލުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގެ އިތުރުން ބަލި ފެތުރިދާނެތީ ކައުންސިލު އިންތިހާބު ފަސްކުރުމާ މެދު އިލެކްޝަންސް ކޮމިޝަނުން ވިސްނާލުން ރަނގަޅު ކަމަށްވެސް އަފްއާލް ވިދާޅުވިއެވެ. އިއްޔެ “ސަން”އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ އިންތިހާބު ފަސް ކުރުމުގެ ވިސްނުން އެ ކޮމިޝަނުން އަދި ނުގެންގުޅޭ

[rml_read_more]

ކަމަށެވެ. “އިރާދަކުރެއްވިޔާ ތާވަލް ކުރެވިފައިވާ ތާރީހަށް އިންތިހާބު އޮންނާނެ. ކޮމިޝަންގެ ވިސްނުމެއް ނެތް އިންތިހާބު ލަސްކުރުމުގެ. އަދި އެއްވެސް ފަރާތަކުންވެސް އެފަދަ ހުށަހެޅުމެއްވެސް މިހާތަނަށް ކޮމިޝަނަށް ހުށަހަޅާފައި ނުވޭ،” އަކްރަމް ވިދާޅުވި އެވެ. ޗިލީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަތުރުވެރިޔާގެ މައުލޫމާތު ހޯދަނީ

Source link

Leave a Reply

Related Articles