• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ: ފައްޔާޒު

ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ: ފައްޔާޒު



މިނިމަމް ވޭޖް ނޫނީ އަސާސީ މުސާރައިން ބިދޭސީއިން އިސްތިސްނާވާން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން، މިހާރު ރައްޔިތުން މަޖިލީހުން ބާއްވާ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އިންސާނީ ނަޒަރިއްޔާއަކުން ބަލާނަމަ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގައި މަސައްކަތް ކުރާ 100،000 ބިދޭސީންގެ މުސާރަ، 6،400 ރުފިޔާއަށް ބޮޑު ކުރުމަށް އިގްތިސާދުގައި އެ ހަކަތަ ނެތް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިނިމަމް ވޭޖް ބިދޭސީންނަށް ކަނޑައަޅައިފި ނަމަ، ބިދޭސީ މަސައްކަތް ތެރިން ރާއްޖެއިން ބޭރު ކުރާ ފައިސާގެ އަދަދު 800 މިލިއަނެއްހާ ޑޮލަރަށް އަރައިގެން ދާނެ ކަމަށެވެ. އަދި އޭރުން މިހާރު ބޭރުވާ އަދަދަށް ވުރެ އިތުރަށް 270 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލަފާގައިވަނީ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުން އަހަރާއި ދެ އަހަރެއްހާ ދުވަހަށް ލަސްކޮށްލުމަށެވެ. ތަފްސީލް އަންނަނީ…



Source link

Leave a Reply

Related Articles