• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ބޮޑު އަންގާރައިގައި ބައިޑަންއަށް ބޮޑު ކާމިޔާބެއް

ބޮޑު އަންގާރައިގައި ބައިޑަންއަށް ބޮޑު ކާމިޔާބެއް



ވޮޝިންޓަން (4 ފެބްރުއަރީ 2020): ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވާނެ އިދިކޮޅު ކެންޑިޑޭޓަކު އިހުތިޔާރުކުރުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކުރިޔަށް ގެންދާ ޕްރައިމަރީގެ ވޯޓުތަކުގައި އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑެން ގިނަ ސްޓޭޓްތަކެއް ކާމިޔާބު ކުރައްވައިފި އެވެ. އަންގާރަދުވަހު ބޭއްވި ޕްރައިމަރީގެ ވޯޓުތަކުގައި ބައިޑެން ކާމިޔާބު ކުރެއްވި ސްޓޭޓްތަކުގެ ތެރޭގައި ހިމެނެނީ މެސަޗޫސެޓްސް، މިނެސޮޓާ، އޮކްލަހޯމާ، އާކެންސަސް، އަލަބާމާ، ޓެނެސީ، ނޯތު ކެރޮލީނާ އަދި ވާޖީނިއާ އެވެ. ބައިޑެންއާ އެންމެ ގާތުން ވާދަކުރައްވާ ޑިމޮކްރެޓިކް އަނެއް ކެންޑިޑޭޓަކީ ބާނީ ސެންޑާސް އެވެ. އަންގާރަދުވަހު ޕްރައިމަރީ ބޭއްވި 14 ސްޓޭޓްގެ ތެރޭން ސެންޑާސް ކާމިޔާބު ކުރެއްވީ ކެލިފޯނިއާ، ކޮލަރަޑޯ، އުޓާ އަދި ވާމޮންޓް އެވެ. ދެހާސްސޯޅަ ވަނަ އަހަރުގެ ޕްރައިމަރީގައި ފަސޭހައިން އޭނާ ކާމިޔާބުކުރެއްވި މިނެސޮޓާ އާއި އޮކްލަހޮމާ ގެ ޕްރައިމަރީ މިފަހަރު ސެންޑާސްއަށްވަނީ ނާކާމިޔާބުވެފަ އެވެ. އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން އިތުރު ހަތަރު ސްޓޭޓުގައި މީގެކުރިން ވަނީ ޕްރައިމަރީ ބާއްވައިފަ އެވެ. އަންގާރަދުވަހުގެ ވޯޓަށްފަހު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްކަން ސާފުވާން ފަށާފައިވާއިރު އެބޭފުޅަކީ ބައިޑެންކަމަށްވަނީ ބެލެވިފައެވެ. އެއީ އަންގާރަ ދުވަހު ޕްރައިމަރީ ބޭއްވި 14 ސްޓޭޓްގެ ތެރޭން 9 ސްޓޭޓެއް ބައިޑެން ކާމިޔާބު ކުރައްވާފައިވާތީ އެވެ. ނަމަވެސް އެކަން ކަށަވަރުވާވަރު އަދި ނުވެ އެވެ. މިދިޔަ އަންގާރަ ދުވަސް އެމެރިކާގައި ސިފަކުރެވިފައިވަނީ ސުޕަ ޓިއުސްޑޭ ނުވަތަ ބޮޑު އަންގާރައިގެ ގޮތުގަ އެވެ. ސުޕަ ޓިއުސްޑޭ ގައި ބޭއްވި ޕްރައިމަރީގައި އެމެރިކާގެ މަޝްހޫރު ބިލިޔަނަރު އަދި ނިއުޔޯކްގެ ކުރީގެ ގަވަރުނަރު މައިކަލް ބްލޫމްބާގް އަށް އެއްވެސް ސްޓޭޓެއް ކާމިޔާބުވެފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)



Source link

Leave a Reply

Related Articles