• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ އިގްތިސާދު ސަލާމަތް ކުރަން އެމެރިކާއިން އިންޓަރެސްޓް ރޭޓްތައް ދަށްކޮށްފި

އިގްތިސާދު ސަލާމަތް ކުރަން އެމެރިކާއިން އިންޓަރެސްޓް ރޭޓްތައް ދަށްކޮށްފިކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގެ ސަބަބުން، އެމެރިކާގެ އިގްތިސާދަށް އަންނާނެ ލޮޅުންތަކުން އަރައިގަތުމުގެ ގޮތުން، އެ ގައުމުގެ އިންޓަރެސްޓް ރޭޓްތައް ބޮޑުތަނުން ދަށްކުރަން އެ ގައުމުގެ ސެންޓްރަލް ބޭންކް، ޔޫއެސް ފެޑެރަލް ރިޒާވުން ނިންމައިފި އެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން އެމެރިކާގެ އިގްތިސާދު ދަށްވިޔަ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށް ފެޑަރަލް ރިޒާވުން ރޭ އިއުލާން ކުރި ގޮތުގައި، ލޯނުގެ އިންޓަރެސްޓް ރޭޓްތައް ދެ ބައިކުޅަ އެއްބައި ކުޑަކޮށް، 1.25-1 ޕަސެންޓާ ދެމެދުގެ އަދަދަކަށް ރޭޓްތައް ކުޑަކުރާނެ އެވެ. އެމަޖެންސީ ފިޔަވަޅެއްގެ ގޮތުގައި، ނިންމި މި ނިންމުން އާންމު ކުރަމުން އެމެރިކާގެ ފެޑަރަލް ރިޒާވުން ބުނީ، އެ ގައުމުގެ އިގްތިސާދުގެ ބިންގާ އޮތީ ވަރަށް ހަރުދަނާކޮށް ނަމަވެސް، ކޮރޯނާ ވައިރަހާ އެކު ވަރަށް ބޮޑެތި ނުރައްކާތަކެއް އިގްތިސާދީ ހަރަކާތްތަކަށް ކުރިމަތިވެފައިވާ ކަމަށެވެ. އެ ފިޔަވަޅާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ފެޑަރަލް ރިޒާވްގެ ޗެއާމަން ޖެރޯމް ޕަވަލް ވިދާޅުވީ، އެމެރިކާގެ ސިއްހީ ފަރާތްތަކުން ކޮރޯނާއާ ދެކޮޅަށް މަސައްކަތް ކުރަމުން ދާއިރު އިގްތިސާދީ ގޮތުން ވެސް ގައުމު ރަނގަޅު ފައްތަރެއްގައި އޮންނަ ޖެހޭ ކަމަށެވެ. އަދި އިންޓަރެސްޓް ރޭޓްތައް ދަށްކުރުމަކީ، ސިޔާސީ އެއްވެސް ނުފޫޒެއްގެ ސަބަބުން ކުރި ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެއީ މިވަގުތަށް އެމެރިކާގެ އިގްތިސާދު ކޮޅަށް ނެގޭނެ ކަމަކަށް ވާތީ އެ ފިޔަވަޅު އެޅީ ކަމަށެވެ. އެހެން ނަމަވެސް ފެޑެރަލް ރިޒާވްގެ މި ނިންމުމާ ގުޅިގެން އިގްތިސާދީ ބައެއް މާހިރުން ވިދާޅުވަނީ މި ފިޔަވަޅުގެ ސަބަބުން އިގްތިސާދީ ކާރިސާއެއްގެ ވަގުތުގައި އެމެރިކާއަށް އެޅޭނެ ފިޔަވަޅުތައް ވަރަށް ކުޑަވެ ގެއްލުން ބޮޑުވެދާނެ ކަމަށެވެ. އެމެރިކާގެ ފެޑަރަލް ރިޒާވްގެ ނިންމުމާ އެކު، ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް އާންމު ހާލަތުގައި ކުޑަވެގެން ދާނެ އެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ފައިނޭންސް ކުރުމަށް އިތުރު ލޯނު ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. ބޭންކުތަކުގެ ކުރިޑިޓް ކާޑާއި ހޯމް ލޯން ފަދަ ތަކެތިން ނަގާ އިންޓަރެސްޓް ރޭޓް ވެސް ކުޑަވެގެން ދިޔުމުން އާންމުންގެ، ޕާޗޭސިން ޕަވާ ބޮޑުވެގެން ދާނެ ކަމަށް ލަފާކުރެވެ އެވެ. މި ފިޔަވަޅުން ބޭންކުތަކުގައި ޖަމާކޮށްފައިވާ ފައިސާއަށް ލިބޭ އިންޓަރެސްޓްގެ ފައިދާ ކުޑަވެގެން ދާނެ އެވެ. އެހެންކަމުން، އާންމުން ބޭންކުތަކަށް ފައިސާ ޖަމާކުރުމުގެ ޝައުގުވެރިކަން ކުޑަވެ، އިގުތިސާދުގައި ގިނަ ފައިސާ ދައުރުވުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް ހިމެނޭ ޖަމްއިއްޔާ ޖީ-7 އިން އިއްޔެ މެންބަރު ގައުމުތަކަށް ގޮވާލާފައި ވަނީ، އިގްތިސާދީ ހަރަކާތްތަކާއި ވަޒީފާގެ ފުރުސަތުތައް މަދުނުވާނެ ފަދަ ފިޔަވަޅުތައް ގައުމުތަކުން އެޅުމަށެވެ.Source link

Leave a Reply

Related Articles