• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ދަރަވަންދޫގެ ވެލިމަލަ ހިމާޔަތްކޮށްދިނުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

ދަރަވަންދޫގެ ވެލިމަލަ ހިމާޔަތްކޮށްދިނުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިބ. ދަރަވަންދޫގެ އުތުރު ފަރާތު އަތިރިމަތި (ވެލިމަލަ) ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެދި، 250 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. އެ ޕެޓިޝަން މަޖިލީހަށް ހުށަހަޅެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ. އެ ޕެޓިޝަނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ދަރަވަންދޫ އަތިރިމައްޗަކީ ދަތުރުވެރިންނާއި ފަތުރުވެރިންގެ އިތުރުން ރަށުގެ ރައްޔިތުން ވެސް މޫދަށް އެރުމާއި މޫދުގެ ކުޅިވަރުތަކަށް ނުހަނު ގިނައިން ބޭނުންކުރާ ތަނެއް ކަމަށެވެ. ގޮނޑުދޮށުގެ ބޭނުންހިފާ މިންވަރު ބޮޑުވަމުން ދިއުމާއެކު ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށުގެ މީހުން، މޫދަށް އެރޭ ސަރަހައްދު ކަމުގައިވާ ހުޅަނގުކޮޅު އުތުރު ފަރާތް (ރަސްގެއޮޑި އަތިރިމަތި) އާދަޔާ ހިލާފަށް ގިރަމުންދާތީ، މި ގޮނޑުދޮށުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ދަތިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، އެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިގޮތުގައި ބޭނުންހިފޭނެ ގޮތް ހަދައިދިނުމަށް ސިޓީގައި ވަނީ އެދިފައެވެ. ޕެޓިޝަންގެ އިތުރުން ދެ މޫސުމުގައި ގޮނޑުދޮށަށް އަންނަމުންދާ ބަދަލުތަކުގެ ފޮޓޯވެސް ވަނީ ހުށަހަޅައިފައެވެ.Source link

Leave a Reply

Related Articles