• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވިހެއުމާ ގުޅިގެން ބީއެމްއެލްއިންވެސް ހަ މަހުގެ ޗުއްޓީ

ވިހެއުމާ ގުޅިގެން ބީއެމްއެލްއިންވެސް ހަ މަހުގެ ޗުއްޓީވިހެއުމާ ގުޅިގެން މުވައްޒަފުންނަށްދޭ ޗުއްޓީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރުކޮށްފި އެވެ. އެގޮތަށް ޗުއްޓީ އިތުރުކޮށްދޭން ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ. އާ ގަވައިދުގެ ދަށުން ވިހެެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަ މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އަދި މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތަށް ބަލައި ދެ މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ. އޭގެތެރޭގައި މުސާރަ އާއެކު އެއް މަސް ދުވަހުގެ ޗުއްޓީ އެއް ދިނުމަށްވަނީ ކަނޑައަޅާފަ އެވެ. އޭގެ އިތުރުން ދަރިފުޅު ލިބުމާ ގުޅިގެން ފިރިންހެން މުވައްޒަފުންނަށް ވެސް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދަރިފުޅު ލިބޭތާ ހަތް މަސްދުވަސްތެރޭ މި ޗުއްޓީ ނެގޭނަކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. ވިހެއުމާ ގުޅިގެން މިހާރު އަންހެން މުވައްޒަފުންނަށް ލިބެނީ ދެ މަހުގެ ޗުއްޓީއެކެވެ. އަދި ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ދެމުން އައީ 3 ދުވަހެވެ. އެ ގެނައި ބަދަލުގައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެ އެވެ. ސަރުކާރު މުވައްޒަފުންގެ ތެރެއިން އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީ އަދި ފިރިހެނުންނަށް އެއް މަހުގެ ޗުއްޓީ ދޭން ފެށީ، މިދިޔަ އަހަރު އެވެ. އޭގެ ފަހުން ސަރުކާރުގެ ގިނަ ކުންފުނިތަކުންވެސް ވަނީ އެ ގަވައިދަށް އަމަލުކުރަން ފަށައިފަ އެވެ.Source link

Leave a Reply

Related Articles