• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މަސްތުވާތަކެއްޗާއެކު ވާދޫ އިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ވާދޫ އިން ބަޔަކު ހައްޔަރުކޮށްފިމަސްތުވާތަކެއްޗާއެކު ގދ ވާދޫ އިން ތިން މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ވާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ގދ. އަތޮޅުގައި އަލަށް ހަދަމުންދާ ރިސޯޓަކުން ފުރައިގެން ވާދުއަށް ދަތުރުކުރަމުންދާ ޑިންގީއަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައ ކަމަށެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، ޑިންގީން ދަތުރުކުރި ތިން މީހުންނަށް ފުލުހުން ފެނުމުން އެތަނުން އެކަކު ވާދޫ ނެރުބައްތިއާ ދިމާލުން މޫދަށް ފުންމާލާފައިވާކަމަށާއި ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން މިނިސްޓްރީ 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ވާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.Source link

Leave a Reply

Related Articles