• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ކުޅިވަރު ⁄ ނިއުރޭޑިއަންޓް ކޮޅަށް ނެގުމުގައި ޓީސީން އެހީތެރިވަނީ

ނިއުރޭޑިއަންޓް ކޮޅަށް ނެގުމުގައި ޓީސީން އެހީތެރިވަނީރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް ކްލަބް އަދި އެންމެ ތާއީދު ބޮޑު އެއް ކްލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ ހާލަތުން ކްލަބް ސަލާމަތް ކުރުމަށް ސަޕޯޓަރުން ނިކުމެ ކުރާ މަސައްކަތުގައި އަމަލީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވެދޭނެ ކަމަށް 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން ބުނެފި އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވައި ހިންގާ ހުރިހާ ހަރަކާތަކުން ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ސަސްޕެންޑް ކުރަން ނިންމުމަށްފަހު އެފްއޭއެމްއިން ނެރުނު ބަޔާނުގައި އެއިދާރާއިން ބުނީ އެ އިދާރާގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާއިން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ނިއުއިން މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާއާއި އުޖޫރަ ދައްކާ ހަލާސްކުރުމާ ހަމަޔަށް އެފްއޭއެމްއިން ހިންގާ ހުރިހާ ކަންކަމުން ސަސްޕެންޑުކުރެވިފައިވާ ކަމަށެވެ. ނިއުއިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީއަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީ 703،707 ރުފިޔާ ދޭން ފީފާއިން ވަނީ އަންގައިފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 ރުފިޔާ ދޭން ޖެހެ އެވެ. މީގެ ތެރެއިން އަމީރީއަށް ދޭންޖެހޭ ފައިސާ ނުދޭހާ ހިނދަކު، ކުރިއަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ނިއުއަށް ކުޅުންތެރިޔަކު ނުގެނެވޭނެއެވެ. ނިއުރޭޑިއަންޓުގެ ދަރަނިތައް ދެއްކުމަށް އެކުލަބުގެ ސަޕޯޓަރުން އިސްވެ ހަރަކާތްތަކެއް ފަށާފައިވާ އިރު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެކުލަބުން ދަނީ އަަހަރެންގެ ޓީމް، އަހަރެންގެ ހިއްސާ ނަމުގައި ވަރުގަދަ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ. އަދި މި ކެމްޕޭނުގައި ފުރިހަމައަށް ބައިވެރިވާނެކަމަށް އެ ކުލަބުގެ އަވަށްޓެރި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ބުނެފައެވެ. https://twitter.com/TC_Fraternity/status/1234850361736912896 “ނިއުރޭޑިއަންޓަކީ އަހަރުމެންގެ އައިޑޯލް. އެކުލަބު އެނބުރި އައުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވާނެކަމުގެ ޔަގީންކަން ދެން.” ޓީސީ ސްޕޯޓްސް ކުލަބުން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ. ނިއުރޭޑިއަންޓް ފާހަގަވެގެން ގޮސްފައިވަނީ ސަޕޯޓަރުން އެންމެ ގިނަ ކްލަބްގެ ގޮތުގައެވެ. އެގޮތުން ނިއުރޭޑިއަންޓް ކުޅޭ މެޗުތަކަށް ގަލޮޅު ދަނޑުގެ މަޖީދީމަގާ ވީ ފަޅީގެ ސިޑިބަރި ފުރޭއިރު އެ ސިޑި ބަރިއަކީ ނިއުރޭޑިއަންޓް ސަޕޯޓަރުންގެ ރަސްމީ ސިޑިބަރިއެވެ. ސަޕޯޓަރުންގެ އިތުރުން ނިއުރޭޑިއަންޓް ފާހަގަވެގެން ގޮސްފައިވަނީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމަށެވެ.

Source link

Leave a Reply

Related Articles