• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ކުޅިވަރު ⁄ ނިއު ކޮޅަށް ޖެހުމުގެ ޒިންމާ މޮސްޓާއަށް

ނިއު ކޮޅަށް ޖެހުމުގެ ޒިންމާ މޮސްޓާއަށް



ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ނުދިނުމުގެ މައްސަލައިގައި ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު އަދި ކްލަބުގެ ދުވަސްވީ ސަޕޯޓަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފި އެވެ. ދިވެހި ފުޓުބޯޅައިގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓުގެ ޗެއާމަނަކަށް އެންމެ ފަހުން ހުރި މުހައްމަދި ޒިޔާދު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ތެރޭ އެކުލަބު އެންމެ ހާލުގައި ޖެހިފައި އޮއްވަ އެވެ. ޒިޔާދު އޭރު ވިދާޅުވީ ކުލަބު ދޫކޮށްލަން ނިންމެވީ އެ މަގާމަށް ޝައުގުވެރި އެހެން ފަރާތްތަކެއް ތިބުމުން ކަމަށެވެ. https://twitter.com/MNA_MosTaaA/status/1234924830522167296 އެކަމަކު ނިއުރޭޑިއަންޓް މިއަދު އޮތް ހާލަތަށް ދިއުމުގައި ޒިންމާ ނަގަން ޖެހޭނީ ޒިޔާދު ކަމަށް ބުނެ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި އެކުލަބުގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަންޏަކީ ކުލަބުގެ މެނޭޖްމެންޓްގެ ސަބަބުން ކުލަބަށް ދިމާވި ކަމެއް ކަމަށް އެކުލަބުގެ ކުރީގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ބުނެފަ އެވެ. ނިއު އިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ. އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީ 703،707ރ. ދޭން ފީފާ އިން ވަނީ އަންގައިފަ އެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342ރ. ދޭން ޖެހެ އެވެ. މީގެ ތެރެއިން އަމީރީ އަށް ދޭން ޖެހޭ ފައިސާ ނުދޭހާ ހިނދަކު، ކުރިއަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ނިއު އަށް ކުޅުންތެރިޔަކު ނުގެނެވޭނެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބު މި ހާލަތުގައި ވެސް މަސައްކަތް ފަށާފައިވަނީ ކުލަބު އަލުން އަނބުރާ ކޮޅަށް ނެގުމަށެވެ. އެގޮތުން ނިއު ރޭޑިއަންޓުގެ ޒަމާންވި ސަޕޯޓަރު މޮސްޓާ އެކުލަބުގެ އައު ޗެއާމަންގެ މަގާމަށް ހަމަޖެއްސިކަން ރޭ އެ ކްލަބުން ވަނީ އިއުލާންކޮށްފަ އެވެ. މޮސްޓާ 2013 ވަނަ އަހަރު ނިއު އިން ހޯދި ތައްޓަކާއެކު އޭރުގެ ޗެއާމަން އަލީ ވަހީދު (ބަލަކް)އާ އެކު. ޗެއާމަންގެ މަގާމަށް މޮސްޓާ ހަމަޖެއްސުމުގެ އިތުރުން އެ ކްލަބުން ވަނީ ވައިސް ޗެއާމަނާއި ހަތް ބޯޑު މެމްބަރުން ވެސް ހަމަޖައްސައިފަ އެވެ. ވައިސް ޗެއާމަނަކަށް ހަމަޖެއްސީ ކުރިން އެކްޓިން ޗެއާމަނުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެވެ. ބޯޑު މެމްބަރުންގެ ގޮތުގައި ހަމަޖެއްސީ ޒަހީނުއްދީން ސައީދު، ހުސައިން ޝާމް އާދަމް، ހަސަން ހުސައިން، އަބްދުލްމުއިޒް މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއީލް ރަޝީދު އެވެ. “އަލްޙަމްދުލިﷲ ހަޔާތުގެ އެންމެ ބޭނުންވި ދެވަނަ ކަންތައް ވެސް ހާސިލް ވެއްޖެ.” ނިއުރޭޑިއަންޓްގެ ޗެއާމަންކަމާ ހަވާލުވުމަށްފަހު މޮސްޓާ ކުރެއްވި ޓްވީޓެއްގައި އޭނާ ބުނެފައިވެ އެވެ.





Source link

Leave a Reply

Related Articles