• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ރައީސް ނަޝީދު މަޑަވެއްޔަށް ވަޑައިގަތުމުން ޕީޕީއެމް ސަޕޯޓަރުން މުޒާހަރާކޮށްފި

ރައީސް ނަޝީދު މަޑަވެއްޔަށް ވަޑައިގަތުމުން ޕީޕީއެމް ސަޕޯޓަރުން މުޒާހަރާކޮށްފި


އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންއަށް ރައީސް މުހައްމަދު ނަޝީދު ގދ. މަޑަވެލި އަށް ވަޑައިގަތުމުން އެ ރަށުގެ ޕީޕީއެމް ސަޕޯޓަރުން މުޒާހަރާކޮށްފިއެވެ.ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ނަޝީދު މަޑަވެއްޔަށް ވަޑައިގަތުމުން އަޑުއުފުލި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާފައެވެ.އޭގެއިތުރުން، ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދު، ޔާމީން ގާއިމްކޮށްފައި ހުރި ކޯޒްވޭއަކުން މަޑަވެއްޔަށް ވަޑައިގަންނަވަން ލަދުގަންނަން ޖެހޭނެ ކަމަށް ގޮވާލާފައެވެ. އަދި އެއީ ރައީސް ނަޝީދުގެ ސަރުކާރުގައި ބަޖެޓު ކުރެވުނު ނަމަވެސް، ރައީސް ޔާމީން ނިންމެވި މަޝްރޫއެއްކަމަށް އަޑުއުފުލަމުން ދިޔައެވެ.މަޑަވެލީގައި އެމްޑީޕީގެ ޖަލްސާ ކުރިޔަށް ދިޔަ ސަރަހައްދާއި ގާތްގަނޑަކަށް 100 ފޫޓު ދުރުގައި ޕީޕީއެމްގެ ސަޕޯޓަރުން ތިބިއިރު، އެއްވެ ތިބި ފަރާތްތަކުން ވަނީ ޖަލްސާ ހިނގަމުން ދިޔަ ވަގުތު ހުއްޓާނުލާ އަޑުގަދަކުރާއިން ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް ދީފައެވެ.އެއްވެ ތިބި ފަރާތްތަކުން ވަނީ ރައީސް ނަޝީދު އަދި އެމްޑީޕީ ޓީމު އެ ރަށުން ފައިބަން ޖެހޭ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. ޖަލްސާ ނިމުމުން އެމްޑީޕީ ޖަލްސާ ހިނގި ސަރަހައްދާ ގާތަށް އައިސް ރައީސް ނަޝީދު އަށް ވަރަށް ހަޑިހުތުރު ބަސް ބޭނުންކޮށްގެން ވެސް އަޑު އުފުލާފައިވެއެވެ.ހުއްޓުމެއްނެތި ޕީޕީއެމްގެ ސަޕޯޓަރުން އަޑުއުފުލަމުން ދިޔަ ކަމުގައިވީ ނަމަވެސް، އެއްވެސް އިތުރު ހަމަނުޖެހުމެއް ނުހިނގާ އެމްޑީޕީގެ ޖަލްސާ ވަނީ ނިންމާލާފައެވެ. ޖަލްސާ ނިމުމަށް ފަހުވެސް އެ މީހުން ވަނީ އަޑުއުފުލާފައެވެ.



Source link

Leave a Reply

Related Articles