• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ ރާއްޖެ އާއި ބޮލީވުޑް ގުޅުން ކުރީގެ ހަނދާންތަކުން

ރާއްޖެ އާއި ބޮލީވުޑް ގުޅުން ކުރީގެ ހަނދާންތަކުން


ދިވެހިންގެ ހިތާ އެންމެ ގާތް ބޮލީވުޑްގެ ފިލްމުތަކާއި ފިލްމީ ތަރިންގެ ވާހަތަކަކީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިވާ ކަމެކެވެ. ދުނިޔެ މިހާރު ހުޅުވިފައި އޮތް މިންވަރަށް ބަލާ އިރު، ބޮލީވުޑާއި ދިވެހިންނާ މިހާރު މާ ބޮޑަށް ވެސް ގާތްކޮށްދެ އެވެ. އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ޗުއްޓީ ހޭދަކުރަން މީގެ ކުރިން ރާއްޖެ ނާންނަހާ ގިނައިން އައުމާއި އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ވާހަކަތައް އެކި ގޮތްގޮތަށް ދެއްކުމަކީ ދިވެހިން ވަކިން ބޮޑަށް އުފާވާ ކަމެކެވެ.

މީގެ ކުރިން ބޮލީވުޑް ބައެއް ފިލްމުތަކުގެ މަންޒަރުތައް ވެސް ރާއްޖޭގައި ނަގާފައި އެބަ ހުއްޓެވެ. އެކަމަކު އިންޑިއާގެ ތަރިންނަށް ރާއްޖެ މިހާ ބޮޑަށް މަގުބޫލުވެފައިވާ ދުވަސްވަރެއްގައި، މި ފަހުން ފިލްމެއްގެ އެއްވެސް މަންޒަރެއް ރާއްޖޭގައި ނަފައިފައެއް ނެތެވެ. އަހަރުތަކެއް ކުރިއަށް ޖެހިލާ އިރު މިފަދަ މަސައްކަތްތަކެއް ފެނިގެން ގޮސްފައިވުމަކީ ދިވެހިން އަދި މިހާރު މާ ބޮޑަށް މިކަމަށް ބޭނުންވާނެ ކަމެއް ކަމަށް ގަބޫލުކުރެ އެވެ.

އެހެންވެ މިފަދަ ބައެއް ފިލްމުތަކުގެ މަތިން ހަނދާން އާކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟

ސަމަންދަރު (1986)

މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މަންޒަރުތައް ނެގި ފިލްމެވެ. ސަނީ ޑިއޯލް އާއި ޕޫނަމް ދިލަން އާއި އަމްރިޝް ޕޫރީ މުހިއްމު ރޯލްތައް ކުޅުނު “ސަމަންދަރު” އަކީ ސަނީގެ އަލަތު ފިލްމު 1983 ގެ “ބޭތާބު” އާއި ދިވެހިންގެ ތެރޭގައި އަދިވެސް މަގުބޫލު ފިލްމެއް ކަމަށްވާ ކުމާރު ގޯރަވްގެ “ލަވް ސްޓޯރީ” ގެނެސްދިން ޑައިރެކްޓަރު ރާހުލް ރަވައިލް ހެދި ފިލްމެކެވެ.

“ސަމަންދަރު” އަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް ކަމަށްވާ ކުރުނބާގައި ގިނަ މަންޒަރުތައް ނެގި ފިލްމެކެވެ. އެ ފިލްމު ބަލައިލުމުން އެ ރިސޯޓް އޭރު އޮތް ގޮތާއި މާލޭގެ މަލަމަތި އޭރު އޮތް ގޮތް ވެސް ހަނދާނަށް ގެނެސްދޭނެ އެވެ.

މޭނޭ ޕިޔާރު ކިއު ކިޔާ (2005)

ޑޭވިޑް ދަވަން 2005 ގައި ގެނެސްދިން “މޭނޭ ޕިޔާރު ކިޔާ” ގެ ލަވައެއް ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވެ އެވެ. “ޔެ ލަޅުކީ” ގެ ނަން ދީފައިވާ އެ ލަވައިން ފެނިގެން ދާނީ ސަލްމާން ޚާނާއި ކެޓްރީނާ ކެއިފެވެ.

“މޭނޭ ޕިޔާރު ކިޔު ކިޔާ” ގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާވާ ސަން އައިލެންޑް ހުޅުވަން ބޭރުން އައި މެހުމާނުންގެ ތެރޭގައި ހިމެނޭ ސުޝްމިޝްތާ ސެން އާއި އަރުޝަދު ވަރްސީ ވެސް ހިމެނެ އެވެ.

މި ފިލްމުގެ ލަވައެެއް ރާއްޖޭގައި ޝޫޓްކުރި އިރު، ސަލްމާނާއި ކެޓްރީނާ އަކީ ޗުއްޓީ އަށް ރާއްޖެ އެންމެ ގިނައިން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ. އަދި ސުޝްމިތާ އަކީ ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވާ ބަތަލާއެކެވެ.

ފައިޓް ކުލަބް (2006)

ދެހާސް ހައެއްގައި ރިލީޒްކުރި “ފައިޓް ކްލަބް: މެމްބާޒް އޮންލީ” އަކީ ސަލްމާން ކޮއްކޮ ސުހެއިލް ޚާން ޕްރޮޑިއުސްކުރި ފިލްމެކެވެ.

ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލުވި ލަވައެއް ކަމަށްވާ “ޗޯރޭ ކެ ބާތޭ” އަކީ ރާއްޖޭގައި ޝޫޓްކުރި ލަވައެކެވެ. އެ ލަވައިން ފެނިގެން ދާނީ ޑީނޯ މޯރިއާ އާއި ދޭތެރެ ދޭތެރެ އިން ރާއްޖެ އަށް އަންނަ މަލައިކާ އަރޯރާގެ ކޮއްކޮ އަމްރިތާ އަރޯރާ އެވެ. މި ލަވައިގެ މަގުބޫލުކަން ބޮޑުވި މިންވަރަކީ ފަހުން މީގެ ދިވެހި ލަވައެއް ވެސް ގެނެސްދިނުމެވެ.

“ފައިޓް ކުލަބް” އަކީ ވިކްރަމް ޗޯޕްޅާ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި ރާއްޖޭގެ ފިޓްނެސް އެމްބެސެޑަރަކަށް މިހާރު ހަމަޖައްސާފައިވާ އެކްޓަރު ސުނިލް ޝެޓީ އާއި ޒައިދު ޚާނާއި ރިތޭޝް ދޭޝްމުކާއި ސޮހައިލް ހިމެނެ އެވެ.

ކައިޓްސް (2010)

ރިތިކް ރޯޝަނާއި މެކްސިކޯގެ ބަތަލާ ބާބަރާ މޯރީ 2010 ގައި ކުޅުނު ފިލްމު “ކައިޓްސް” ގެ ލަވައެއް ރާއްޖޭގައި ޝޫޓްކޮށްފައިވެ އެވެ.

ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސްކޮށް، އަނޫރާގް ބާސޫ ޑައިރެކްޓްކުރި ފިލްމުގެ ލަވަތަކުގެ ތެރެއިން ރާއްޖޭގައި މަންޒަރުތަކެއް ނެގި ލަވަ އަކީ ފިލްމުގެ “ދިލް ކިއު ޔޭ މޭރާ” އެވެ.

މި ލަވައިން ރިތިކާއި ބާބަރާ އާއި ކަންގަނާ ރަނާވަތު ފެނިގެންދާ އިރު، ލަވައިގައި ދައްކާ ސަފާރީގެ މަންޒުތައް ނަގާފައި ވަނީ ރާއްޖޭގަ އެވެ.

އަދިތިޔާގެ ވީޑިއޯ ލަވަ

އާދީއްތަ ދުވަހުގެ ރޭ ސޮނީން ނިންމައިލި އިންޑިއަން އައިޑޮލް ސީޒަން 11 ހޯސްޓްކުރި ލަވަކިޔުންތެރިތާ އަދިތިޔާ ނާރަޔަން އެންމެ ފަހުން ގެނެސްދިން ވީޑިއޯ ލަވަ “ލިއްލާ” އަކީ ރާއްޖޭގައި މަންޒަރުތައް ނެގި ލަވައެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އާންމުކުރި އެ ލަވަ އަދާރަން ވާދޫ ރިސޯޓްގައި މޮޑެލް ސުޝްރީ މިޝްރާއާ އެކު އެކު އަދިތިޔާ ޝޫޓްކުރި އިރު ލަވަ އޭނާގެ އަޑުން ކިޔާފައިވާ އިރު، މިއުޒިކް ހަދާފައި ވަނީ އީޝާން ތުރިޕަތީ އާއި މިލްޓޯން ޑެނިއެލް އެވެ.

ލަވައާ ބެހޭ ގޮތުން އަދިތިޔާ ބުނީ މިއީ އިންޑިއާ އިން ބޭރުގައި އޭނާ ޝޫޓްކުރި ފުރަތަމަ ލަވަ ކަމަށެވެ.

ސަނަމްގެ ލަވަތަކެއް ރާއްޖޭގައި

ދެހާސް ފަނަރައިގައި ރާއްޖެ އަށް ޝޯތަކެއް ދޭން ކުރި ދަތުރުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ބޭންޑް ސަނަމް އިން ވަނީ ރާއްޖޭގައި އެ މީހުންގެ ލަވަތަކެއް ޝޫޓްކޮށްފަ އެވެ.

އޭގެ ތެރެއިން އެއް ލަވަ އަކީ ސަނަމާއި ރާއްޖޭގެ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ކިޔައި އައްޑޫ ކެނަރީފް ރިސޯޓް (ހެރަތެރަ) ގައި ޝޫޓްކުރި “ޔަ ވާދާ ރަހާ” އެވެ. މީގެ އިތުރުން ހަމަ އެ ރިސޯޓާއި އައްޑޫގެ އިތުރު ލޮކޭޝަންތަކެއް ސަނަމްގެ “ގުލާބީ އާނކޭ” ވެސް ޝޫޓްކޮށްފައިވެ އެވެ.



Source link

Leave a Reply

Related Articles