• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ރާއްޖޭގެ އިގްތިސާދު ހަތަރު އަގޮޅިއެއްގައި! ދެން ވާނީ ކިހިނެއް؟

ރާއްޖޭގެ އިގްތިސާދު ހަތަރު އަގޮޅިއެއްގައި! ދެން ވާނީ ކިހިނެއް؟


މީގެ މަހެއްހާ ދުވަސްކުރިއަށް ޖެހިލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފެނުނީ ޓޫރިސްޓުން ތޮއްޖެހި ފުރި ބާރުވެފައި ވަނިކޮށެވެ. ޓެކްސީތައް ކޮޅުކޮޅަށް ދުއްވަމުން ދިޔައީ ޓޫރިސްޓުން ބަރާކޮށް ފުރާލައިގެންނެވެ. މާލެއިން ފުރާ ފެރީ ގިމަތަތަކުގައި ވެސް ފެނުނީ އެކި ގައުމުތަކުގެ ޓޫރިސްޓުން ގިނަވެފައިވާ ތަނެވެ. އެކަމަކު އެ ހުރިހާ މަންޒަރެއް އެކީ ބަދަލުވީ، ޗައިނާގެ ވޫހާންއިން ފެތުރި އެތައް ބަޔަކު މަރާލި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެ ނައުމަށް ސަރުކާރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވީ ހިސާބުންނެވެ.

ޓޫރިސްޓުން ތޮއްޖެހިފައި އޮތް މި ތަންތަން މިހާރު ފެންނަނީ ގާތްގަނޑަކަށް ފަޅުވެފައިވާ ތަނެވެ. ޓޫރިސްޓުން ފެންނަލެއް ވަރަށް ވެސް މަދުވެއްޖެ އެވެ. ކޮރޯނާވައިރަހުގެ ވޭން އިގްތިސާދުގައި އަޅަމުން ދަނީ ކިހާ ވަރަކަށް ހެއްޔެވެ؟ އޭގެ އަސަރު އަހަރުމެންގެ ޖީބަށް ކުރީ ކިހާވަރަކަށް ހެއްޔެވެ؟

“އަހަރުމެން މީގެ ކުރިން ޓެކްސީ ކިޔުއަށް އެރީ ހަމަ ވަގުތުން ޕެސެންޖަރެއް ލިބޭ. ޓޫރިސްޓެއް އާންމުކޮށް ހުޅުމާލެއަށް ނޫނީ މާލޭ ގެސްޓްހައުސައަކަށް ގެންނަން ދަތުރެއް ލިބޭ. އެކަމަކު މިހާރު މިތަނަށް [އެއާޕޯޓްގައި] ކިތަންމެ އިރެއްގައި ކިޔޫގައި ތިބޭ އިރުވެސް ދަތުރެއް ނުލިބޭ،” އާންމުކޮށް އެއާޕޯޓުން ދަތުރުތައް ނަގާ، ޓެކްސީ ޑްރައިވަރަކު ބުންޏެވެ. “ހަމަ ގައިމުވެސް، އަހަންނަށް މިކަމުން [ވައިރަހުގެ ސަބަބުން] އެނގުން ވެއްޖެ،”

ޖެނުއަރީ 29، 2020: ޓޫރިސްޓުންތަކެއް އެއާޕޯޓްގައި: ޗައިނާގެ މާކެޓް ރާއްޖެއަށް ވަނީ އެކީ ގެއްލިފައި — ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ-ރާއްޖެ ސީދާ ދަތުރުތައް މެދުކަނޑާލުމާއި، ޗައިނާއިން ރާއްޖެއަށް މީހުން އައުން މަނާކުރުން ފަދަ ފިޔަވަޅުތަކުން ޔަގީނަށް ވެސް، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ޓޫރިޒަމަށް ލޮޅުން އަންނާނެ އެވެ. އެ ލޮޅުން މުޅި އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް އަންނާނެ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ޗައިނާ މާކެޓް ވެސް މި ވަނީ އެކީ ގެއްލިފަ އެވެ.

40،000 ބުކިންސް ކެންސަލް، 23 ޕަސެންޓް ދަށަށް!

ފެބުރުއަރީ މަހުގެ ޓޫރިސްޓް އެރައިވަލް ތަފާސްހިސާބުތަކަށް ބަލާއިރު، 23 ޕަސެންޓްގެ ކުރިއެރުމެއްގައި ހުރި ޗައިނާ މާކެޓް މިވަނީ، 95 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޗައިނާއިން އެވްރެޖްކޮށް 20،000 އެއްހާ ޓޫރިސްޓުން މަހެއްގެ މައްޗަށް ރާއްޖެ އަންނަމުން ދިޔަ އެވެ. އެކަމަކު މިހާރު އެ އަދަދު ވެއްޓިފައި ވަނީ ސުމަކަށެވެ. އަދި ކުރިއަށް އޮތް އެތައް މަސްތަކަކަށް އެކަން ދެމިގެން ދާނެ އެވެ.

ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިޓަލީގައި ވެސް ކޮރޯނާ ވައިރަސް މި ވަނީ ބާރަށް ފެތުރެން ފަށައިފަ އެވެ. އެއާ އެކު، އިޓަލީއިން އަންނަ ޓޫރިސްޓުން ވެސް މަދުވެގެން ދާނެ ކަމަށް ލަފާވެ އެވެ. ގާތްގަނޑަކަށް 10 ޕަސެންޓްގެ ކުރިއެރުމެއްގައި ހުރި އިޓަލީ މާކެޓް ވަރަށް ބޮޑުތަނުން ދަށްވާނެ ކަމަށް މިވަނީ ބެލެވިފަ އެވެ. ތަފާސްހިސާބުތަކަށް ބަލައި ލަފާކުރާ ހިސާބެއް ޖަހާނަމަ ރާއްޖެއަށް 9،500 އެއްހާ ޓޫރިސްޓުން މަހެއްގެ މައްޗަށް ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ، ގާތްގަނޑަކަށް 50 ޕަސެންޓްގެ ދަށްވުމަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބަކަށް ވަނީ، އިޓަލީގައި އެންމެ ބޮޑަށް ކޮރޯނާ…



Source link

Leave a Reply

Related Articles