• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ބުޅަލަކީ ނަޖިސް އެއްޗެއްތޯ

ބުޅަލަކީ ނަޖިސް އެއްޗެއްތޯ


ސުވާލު: ބުޅަލަކީ ނަޖިސް އެއްޗެއްތޯ؟

ޖަވާބު: ބުޅަލަކީ ނަޖިސް އެއްޗެއް ނޫނެވެ. ބުޅާ ކައިފައި ހުންނަ ކާބޯތަކެތި އަދި ބުޅާ ބޮއިފައި ހުންނަ ދިޔާތަކެއްޗަކީވެސް އެބުއިމުގެ ސަބަބުން އޭގެ ތާހިރުކަމަށް އެއްވެސް ބަދަލެއް އަންނަ އެއްޗެއް ނޫނެވެ.
أن امرأة أرسلت بِهَرِيسَةٍ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا فَوَجَدَتْهَا تُصَلِّي فَأَشَارَتْ إِلَيَّ أَنْ ضَعِيهَا فَجَاءَتْ هِرَّةٌ فَأَكَلَتْ مِنْهَا فَلَمَّا انْصَرَفَتْ أَكَلَتْ مِنْ حَيْثُ أَكَلَتْ الْهِرَّةُ فَقَالَتْ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ”إِنَّهَا لَيْسَتْ بِنَجَسٍ إِنَّمَا هِيَ مِنْ الطَّوَّافِينَ عَلَيْكُمْ وَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ بِفَضْلِهَا “ . سنن أبى داود ( 69 ) وصححه الألباني في ”صحيح أبي داود“ وغيره .
އަންހެނަކު ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ހަރީސާ (ކާނާގެ ބާވަތެއް) ފޮނުއްވިއެވެ. އެހިނދު އޭނާއަށް ފެނުނީ ޢައިޝާ ރަޟިޔަﷲ ޢަންހާ ނަމާދު ކުރައްވަން ހުންނަވަނިކޮށެވެ. އޭތި އެތަނުގައި ބެހެއްޓެވުމަށް އެކަމަނާ އިޝާރަތް ކުރެއްވިއެވެ. ދެން ބުޅަލެއް އައިސް އޭގެން ބައެއް ކައިފިއެވެ. ފަހެ، އެކަމަނާ ނަމާދުން އަވަދިވެވަޑައިގަތުމުން އެ ބުޅާ ކޭތަނުން އެކަމަނާ ފަރިއްކުޅުއްވިއެވެ. އަދި ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން އެއީ (ބުޅަލަކީ) ނަޖިސް އެއްޗެއް ނޫނެވެ. ތިޔަބައިމީހުންގެ ތެރެއަށް އަބަދު އަބަދު ވަދެ ނުކުމެ އުޅޭ އެއްޗެކެވެ.“ އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ”ބުޅަލެއް ބޮއިފައި ބާކީ ހުރި ފެނުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫ ކުރައްވަނިކޮށް އަހުރެން ދުށީމެވެ.“
وفي رواية له ( 68 ) عَنْ كَبْشَةَ بِنْتِ كَعْبِ بْنِ مَالِكٍ وَكَانَتْ تَحْتَ ابْنِ أَبِي قَتَادَةَ أَنَّ أَبَا قَتَادَةَ دَخَلَ فَسَكَبَتْ لَهُ وَضُوءًا فَجَاءَتْ هِرَّةٌ فَشَرِبَتْ مِنْهُ فَأَصْغَى لَهَا الْإِنَاءَ حَتَّى شَرِبَتْ قَالَتْ كَبْشَةُ فَرَآنِي أَنْظُرُ إِلَيْهِ فَقَالَ أَتَعْجَبِينَ يَا ابْنَةَ أَخِي فَقُلْتُ نَعَمْ فَقَالَ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ”إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنْ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَات“ِ وصحح الروايتين : البخاري والدارقطني وغيرهما كما في “ التلخيص لابن حجر “ ( 1 / 15 ) .
އިބްނު އަބީ ޤަތާދާގެ އަނބިކަނބަލުން ކަބްޝާ ބިންތު މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ ޤަތާދާ ވުޟޫ ކުރުމަށްޓަކައި އެކަމަނާ ކަންވާރަކަށް ފެން އަޅުއްވައިދެއްވިއެވެ. ދެން ބުޅަލެއް އައިސް އޭގެން ފެން ބޮއެފިއެވެ. އެ ބުޅަލަށް ފެން ބުއިން ފަހިކުރުމަށްޓަކައި އޭނާ އެ ކަންވާރު އަރިކޮށްލިއެވެ. ކަބްޝާ ވިދާޅުވިއެވެ. ”އަހުރެން އޭނާއާ ދިމާ ބަލަން ހުރިތަން ފެނިގެން އޭނާ ބުންޏެވެ. ތިބާ ޢަޖައިބުވީ ހެއްޔެވެ؟ އޭ މަގޭ އަޚާގެ ދަރިފުޅާއެވެ!“ އަހުރެން ބުނީމެވެ. ”އާއެކެވެ.“ އޭނާ ވިދާޅުވިއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ބުޅަލަކީ ނަޖިސް އެއްޗެއް ނޫނެވެ. ތިޔަބައިމީހުންގެ ތެރެއަށް އަބަދާ…



Source link

Leave a Reply

Related Articles