• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ކަޅަކި

ކަޅަކި


318270

ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
———-
އަހަރެން ޖަލުގެ ތޭރިތަކުގެ ތެރޭގައި އެކަނިވެރި ކަމާއި އެކު ﷲއަށް ކުއްތަންވެ ފަތިސް ނަމާދު ކުރަމުން ގެންދިޔައީމެވެ.
“ﷲއަކްބަރު”
ސަޖިދައަށް ތިރިވުމާއި އެކު އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގެން ދިޔައެވެ. ލޮލުން ފައިބަމުންދިޔަ ކަރުނައިން އަޅާފައިވާ މުސައްލަ ފޯކުރަމުންދެއެވެ. ގިސްލަގިސްލާފައި އަހަންނަށް ރޯން ފެށިއްޖެއެވެ.
“ޔާﷲ..!! ޔާﷲ..!! މިއަޅާއަށް ވަނީ ބޮޑެތި ކުށްތަކަަކަށް އަރައިގަނެވެފަ… އެކުށްތަކަށް މަޢާފު ދެއްވާ ދޭވެ… މަޢާފު ދެއްވާ ދޭވެ…. މަޢާފު…. ދެއް… ވާ… ދޭވެ….” އަހަރެންގެެ އަޑުބެދި މުޅި ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. ނޭވާ ހާސްވާ ގޮތްވިއެވެ. އިސާހިތަކު އަހަރެންގެ ސިކުނޑި އަހަރެންގެ ހިތްދަތި މާޒީގެ ތެރެއަށް ގަންބުވާލިއެވެ.
**********
އެއީ މީގެ 10 އަހަރު ކުރިއެވެ. އަހަރެންގެ އެންމެ ޒުވާން ކަމުގެ ޖޯޝާއި ފޯރި ހުރި ދުވަސްވަރެވެ. އޭރު އަހަރެން ފާހަގަ ކުރެވެނީީ މުޅި ރަށަށް ވެސް ނަމޫނާ އަކަށެވެ. އަހަރެންގެ މައިންބަފައިން ވަނީ ކިތަންމެހާ ވެސް ރަނގަޅަށް އެމީހުންގެ ޒިންމާ އަދާކޮށްދީފައެވެ. ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި އަހަރެން ހެޔޮލަފާާ މީހަކަށް ހަދައި ދިނެވެ. ދީނަށް އަހުލުވެރި ކުރުވިއެވެ. ހެޔޮ ނުބައި ވަކި ކޮށްދިނެވެ. އަހަރެންގެ ޚުލްޤުހެޔޮ އުޅުމަށް އެތައް ބަޔެއްގެ ތަޢުރީފު އަހަންނަށް އޮހެމުން ދިޔައީ އަހަރެންގެ މައިންބަފައިންގެ މިންނެތް ބުރަ މަސައްކަތުންކަން ޔަޤީނެވެ.
ދުވަސްތައް މިގޮތަށް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ހިތުގައި ޒަވާޖީ ޙަޔާތެއްގެ ބިންގާ އެޅުމުގެ ޚިޔާލު އާލާވާ ފެށިއެވެ. އެހެންކަމުން ރަށުގައި ހުރި ކިޔަމަންތެރި ދީންވެރިި ކުއްޖެއް ކަމަށްވާ ޝައިނާއަށް އަހަރެންގެ އަންބަކަށް ވުމަށް ހުށަހަޅައިފީމެވެ. ޝައިނާއަކީ އޭނާގެ ވަނާތައް ﷲއަށްޓަކައި ކަޅު ބޮޑެތި ފޭރާމުން ނިވާކޮށްފައިވާ ދީންވެރި ގެވެހި އަންހެން ކުއްޖެކެވެ. އަހަރެން އުއްމީދު ވެސް ނުކުރާހާ އަވަހަށް އަހަރެންގެ ހުށައެޅުން އޭނާ ޤަބޫލު ކުރިއެވެ. އެކަމާއި އަހަރެން އިންތިހާއަށް އުފާވެ ހުރެ އެވާހަކަ އަހަރެންގެ މަންމައާއި ބައްޕައަށް ޙިއްޞާ ކުރީމެވެ. އަހަރެންގެ މައިންބަފައިން މި ކައިވެންޏަށް ވަރަށް ރުހުނެވެ. ޝައިނާގެ އާއިލާއިން ވެސް މިކަމަށް ވަރަށް ރުހޭނެ ކަމަށް އަހަރެން ހީކުރީމެވެ.
އެހެންނަމަވެސް ކަންތައްވީ އަހަރެން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. ޝައިނާގެ އާއިލާއިން އަހަރެންނާއި ކައިވެނި ކުރުމަށް ދެކޮޅު ހެދިއެވެ. އޭނާގެ މަންމަމެން ވަނީ މާކުރިންސުރެ އޭނާގެ ކައިވެނި އެހެން މީހަކާއި ކުރުމަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް ޝައިނާއަށް އޭނާގެ މަންމަމެންގެ ނިންމުން ޤަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ޝައިނާ ބޭނުންވީ އަހަންނާއި ކައިވެނި ކުރާށެވެ. އަހަންނާއި އެކު ޒަވާޖީ ޙަޔާތެއް ފަށައި ރަނގަޅު ހެޔޮ އިސްލާމީ ދަރިފަސްކޮޅެއް ބިނާކުރާށެވެ.
ޖުލައި މަހުގެ 16 ވަނަ ދުވަހުގެ އިރު އުދަރެހުން ފަަައުޅުވީ އަހަރެންނާއި ޝައިނާގެ ކައިވެންޏަށް މަރުޙަބާ ކިޔަމުންނެވެ. ކޮވެއްޔާއި ކާޅުތައް އެކި ރާގުތަކުގައި ކައިވެނީގެ ޚަބަރު މުޅި ރަށުތެރެއަށް ގުގުމަމުން ދިޔައެވެ. ހިތްގައިމު މިޔުޒިކެއް ފަދައިންނެވެ.
ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުން ކ.މާލެއަށް ބަދަލުވެގެންދިޔައެވެ. ޝައިނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޝައިނާ އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. އަހަރެންގެ އަންބަކަށް ވީތީ އުފާ ކުރާ ވާހަކައެވެ. އާއިލާގެ ނުރުހުމުގައި ނަމަވެސް ދީންވެރި ރަނގަޅު ފިރިއެއް ލިބުނީތީ ﷲއަށް ޝުކުރު ކުރާ ވާހަކައެވެ. އަހަންނާއި ޝައިނާ ވަރަށް އުފަލުގައި ދުވަސްތައް ގުނަމުން ދިޔައެވެ. ވަރަށް ލޯތްބާއި އެކު ދެމީހުން އުޅެމުން ގޮސް ދުވަސްތައް ހަފުތާއަށްވެ، ހަފުތާ މަހަށްވެ ދެމީހުންގެ ކައިވެންޏަށް އަހަރު ފުރިއްޖެއެވެ.
މިހާރު އަހަންނަކީ އޮފީހެއްގެ ޒިންމާދާާރު ވެރިއެކެވެ. ޝައިނާ އިނީ އަހަރެންގެ ފުރަތަމަ އަލަތު ދަރިފުޅަށް ބަލިވެއެވެ. އަހަރެން އޮފީހުގައި އުޅޭއިރު އަހަރެންގެ މައިންބަފައިން ޝައިނާއަށް ވަރަށް އަޅާލައެވެ. އޮފީސްގެ މަސައްކަތްތައް ނިންމުމަށްފަހު އަހަރެންގެ ހުރިހާ ވަގުތު ތަކެއް ހޭދަ ކުރަނީ އަހަރެންގެ ލޯބިވާ އަނބިމީހާ އާއިއެކު ގައެވެ. ޝައިނާގެ މާބަނޑު ދުވަސްތައް ނުހަނު އުފަލާއި ހިތްހަމަޖެހުމާއިއެކު ވޭތުވަމުންދިޔައެވެ.
ޝައިނާއަށް ލޯބިލޯބި ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. އަހަރެން ބައްޕައަކަށް ވެއްޖެއެވެ. އާއިލާއަށް އިތުރުވި އަހަރެންގެ ތުއްތު ތުއްތު ދަރިފުޅުން މުޅި ގެއަށް އުފާވެރިކަން ގެނެސްދީފިއެވެ. ﷲއަށް ޙަމްދުކޮށް ދަރިފުޅުގެ އަޤީޤާ ކަތިލައި ދަރިފުޅަށް “މާލިކު” ގެ ނަމުން ނަން ދިނެވެ.
އާދައިގެމަތިން ދުވަސްތައް ފައްވަމުންދިޔައެވެ. އޮފީސް ނިންމާލައިފައި އަހަރެން ހިނގައިގަތީ އޮފީހަށް އަލަށް ވަތް ކުއްޖެއް ކަމަށްވާ ދީމާގެ ގެެއާއި ދިމާއަށެވެ. އެއީ އަހަރެންގެ ލެޕްޓޮޕް އޭނާގެ އަތުގައި އޮތުމުން އެބަލައި ދިޔުމަށެވެ. ދީމާގެ ގޭގެ ދޮރުގައި ޓަކި ޖެހުމާއި އެކު އެތެރެއަށް ވަނުމަށް ދީމާ އެދުނެވެ. އަހަރެން ގޭތެރެއަށް ވަތް އިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ކުއްލިއަކަށް އަހަރެންގެ ކުރިމަތީގައި ހުރި ކޮޓަރިން އަހަންނަށް ގޮވަަައިލި އަޑުއިވުނެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ފެނުނު މަންޒަރުން އަހަރެންގެ ދެލޯ މަރާލީމެވެ. އޭރު ދީމާ ބަރަހަނާ ޙާލުގައި އެނދުމަތީގައި އޮށޯވެގެން އޮތެވެ. އަހަރެން އަވަސްވެގަތީ ކޮޓަރިން ނުކުންނާށެވެ. އެހެންނަމަވެސް އެޔަށްވުރެ ދީމާ މާހުށިޔާރެވެ. އޭނާ އަހަރެންގެ އަތުގައި ހިފަމުން ފަަައުޅުގައި އަހަންނަށް ޒިނޭއަށް ދައުވަތު ދިނެވެ. އަހަރެެން ބިރުގަންނަ ގޮތް ވުމާއި އެކު އޭނާ އަހަރެން ހެދީ ނުކެރޭ ބޮޑު ފިނޑިއަކަށެވެ. ރަޑަކަށެވެ. ކަޓު ފިރިހެނަކަށެވެ. އެއާއި އެކު ޝައިތާނާ އަހަރެން ހިތުގެ ތެރެއަށް ވަދެގަތެވެ. ހަމަ އެންމެ ފުންމިނަށެވެ. އަހަރެންގެ ކެރޭކަން ދައްކާލުމަށް އަހަރެންގެ ހިތް ބުނަން ފަށައިފިއެވެ.
ބަލާކަށްނެތި އަހަރެންގެ ކުރިމަތީގައި ހުރި ދީމާގެ ބަރަހަނާ ހަށިގަނޑުގައި އަހަރެން ބައްދާލަމުން އެނދު މައްޗަށް ދެމީހުން ވެއްޓިގަތެވެ. އިސާހިތަކު އަހަރެން މަސްތީ ހާލަތަށް ހަމަ ރަނގަޅަށް ވެސް ގެނބިއްޖެއެވެ. ގެނބި ޤަރަޤު ވެއްޖެއެވެ. އަހަންނަށް ނިކަމެތިކޮށް މިލެވުނީ ތުއްތު ތުއްތު މާލިކެވެ. ކެހި ދެވުނީ ދީންވެރި ސޯލިހު އަންބަކަށެވެ. މަންމަމެން އަހަންނަށްޓަކައި ކުރަމުން އައި ހުރިހާ އުއްމީދު ތަކެއް ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ފުޑުފުޑު ކޮށްލެވެއްޖެއެވެ. މައިންބަފައިން ދަސްކޮށް ދިން ރަނގަޅު ހެޔޮ އަޚްލާޤު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ނެތި ގެއްލިގެން ގޮސްފިއެވެ.
ގަޑިން ދަންވަރު 2:30 ވަނީއެވެ. އަހަރެން އޮތީ ފާހިޝް އަމަލުގެ ޝިކާރައަކަށް ވެ މަސްތުވެފައެވެ. އޭރު ޝައިނާ އަހަރެން ލަސްވެގެން މޮޔަވަނީއެވެ. އެތަކެއްފަހަރު އަހަރެންގެ ފޯނަށް ގުޅަމުންދިޔައެވެ. ދުވަހަކުވެސް މިފަދަ ލަސް ކަމެއް އަހަރެންގެ ފަރާތުން ފެނިފައި ނުވާތީއެވެ.
ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން ދީމާމެން ގެއަށް ވަދެގަތެވެ. އޭރުވެސް ވަހުޝީ އިޙުސާސް ތަކެއްގައި އަހަރެންގެ ހިތް ވަނީ ކަސްތޮޅު އެޅިފައެވެ. އަހަންނަށް ހޭވެރިކަން ވިއިރު ފުލުހުން އަހަންނާއި ދީމާގެ އަތުގައި ބިޑި އަޅުވަމުން ފުލުހުންގެ ވެހިކަލަށް އަރުވަނީއެވެ. އެއާއިއެކު އަހަންނަށް ވަރަށް ބާރަށް ރޯން ފެށުނެވެ. އާނކެވެ. އަހަންނަށް ކުރެވުނީ ކުށެކެވެ. އަރައިގަނެވުނީ ބޮޑު ފާފަ އަކަށެވެ. ފުލުހުންގެ ގާތުގައި އަހަރެން ދޫކޮށްލުމަށް އެދި އާދޭސް ކުރެވެން ފެށުނެވެ. އަހަރެންގެ މައިންބަފައިންނާއި އަނބިމީހާއާއި ދަރިފުޅަށް އަހަރެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެމީހުން އަހަންނަށް މަޢާފު ކުރާނެ ހެއްޔެވެ؟ އަހަންނަށް ގިސްލެވެން ފެށުނެވެ.
އެރޭގެ ފަތިހުގެ ވަގުތެވެ. އަހަރެން ހައްޔަރު ކުރި ޚަބަރު ލިބުމާއާއި އެކު އަހަރެންގެ މަންމައާއި ބައްޕަ ދުވެފައި ކަހަލަ ގޮތަކަށް ޕޮލިސް ސްޓޭޝަނަށް ވަތްތަން ޚުދު އަހަރެންގެ ދެލޮލުން ދުށީމެވެ. މަންމަމެންގެ ފަހަތުން ޝައިނާ ވެސް ވަނެވެ. އޭރު އަހަރެން ހުރީ އެމީހުންނާއި ތަންކޮޅެއް ދުރުގައި ބިޑި އަޅުވާފައެވެ. އަހަރެން ފެނުމާއި އެކު ޝައިނާގެ ދެލޯ ކަރުނައިން ފުރި ބާރުވިއެވެ. އެތާގައި ހުރި ފުލުހަކު ގޮސް އަހަރެންގެެ މަންމަމެން ކައިރީގައި އަހަރެން ހައްޔަރުކުރި ސަބަބު އޮޅުންފިލުވައިދިނެވެ. އެވާހަކަތައް އަހާކަށް އަހަރެންގެ މަންމަގެ ލަގޮނޑިއަކަށް ކެތެއް ނުވިއެވެ. އެފަކީރު ހުރިތަނަށް ދެމިއްޖެއެވެ. އޭރު ޝައިނާ އަޑުގެ ނެތްތަނަށް ރޮމުން ދަނީއެވެ. ހުރިހާ ކަމެއް ހިނގަމުން ދިޔައީ އަހަރެންގެ ލޯ ކުރިމަތީގައެވެ. އަހަރެންވީ ދެރައިން ހިތްފަޅައިގެން ނުދިޔައީ ހަމަކިރިޔާއެވެ. އިސާހިތަކު ފުލުހަކު އަހަރެން ގެންގޮސް ޖަލަށްލިއެވެ.
އޭގެ ހަފުތާއެއް ފަހުން ޝައިނާ އަހަރެންގެ ކައިރިން ވަރިވާން އެދުނެވެ. އަހަރެން އާދޭސް ކޮށްކޮށް ހުއްޓައެވެ. އަހަރެން މުޅި ދުނިޔެއަށް އެކަނިވީއެވެ. މުޅި ޙަޔާތް ބަރުބާދުވީއެވެ. އުމުރުގެ ޒުވާން ދުވަސްތައް ޖަލުގައި ހޭދަ ކުރަން ޖެހުނީއެވެ. އަހަރެންގެ މައިންބަފައިންގެ ޙާލެއްވެސް ނޭނގެއެވެ. އަހަރެންގެ ދަރިފުޅުގެ ހާލަކީ ކޮބާބާއެވެ؟؟ ކުރެވުނު ބޮޑު އެންމެ ކަޅަކި އަކުން އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ވީއެވެ. ތަޢުބާ ވުން ނޫން އިތުރު މަގެއް މިއަދު އަހަރެންނަކަށް ނެތެވެ.
ކުއްލިއަކަށް ސަޖިދަގައި އޮތް އަހަންނަށް ތެޅެ ގަނެވުނީ ނޭވާ ނުލެވިގެންނެވެ. އަހަރެން މޭމަތީގައި އަތްއަޅާލަމުން ކޮޅަށް ތެދުވުމަށް މަސައްކަތްކުރީމެވެ. އެެއާއިއެކު މެޔަށް އަރައިގެން ތަދަކާއިއެކު އަހަރެންގެ ހަށިގަނޑު މުސައްލަ މައްޗަށް ދެމިއްޖެއެވެ. ދެންވީ ގޮތެއް ޚުދު އަހަންނަކަށް ވެސް ނޭނގުނެވެ.
ނިމުނީ
ކެޓެގަރީ: ހަޤީޤީ ވާހަކަ ހިތާމަވެރި ކުރުވާހަކަ އިބުރަތްތެރި ވާހަކަ ލޯބީގެ ވާހަކަ

3182

♥️ Manjjeh Manjjeh

0.0

?mi vhk reecheh bunii✨

1

2 days ago

ޏަމްޏަމް

0.0

Thee varah bodu imthihaaneh eyna aa kurimathivi…dhelo maraalaafa gaiga huribaareh laafa beyrah dhuvvaigain nama qiyaamaiy dhuvahun Arsheege hiyaavahikan libunees….imthihaanun fail vee! Ekamaku thaubaa veveyne neyvaa holhiah elhumuge kurin.

22

2

3 weeks ago

Anonymous

0.0

V reethi mi vaahaka, iburatheh ves libey. Migothah vaahaka liyuneema zihuneeaa varah gulhey. Badi style vaahaka zihunee aa nugulhey.

11

5

3 weeks ago

Most women r trouble

0.0

Ehenvegenney mi anhenverin bunaahaa echeh emeehunnah nudheynvee, laptop nudheynamey bunefa thun anburaalafa moonu kuni kolleema onnaanee rangalha.

16

1

3 weeks ago

Radioactivity

0.0

Dhn keevve thaubaa nuvy?

13

3 weeks ago

ހަބީބު

0.0

Dheenveri meeheh nama engeyne hiley anheneh athun laptop beynunveema
hadhanveegoi
Dheema ofeehah annairu e genesdheynves buneveyne.
Noony ge kairygaey laptop gey dhoru kairyga baindhaalaasheyves buneveyne.
Kotariah vannaakah nujeheyne kommehen laptop balaa

29

1

3 weeks ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles