• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ކުށް ފާފަތަކާއި އުރެދުންތައް ގިނަވުމަކީ ކޭތަ ހިފުމުގެ ސަބަބެއް: ޚުތުބާ

ކުށް ފާފަތަކާއި އުރެދުންތައް ގިނަވުމަކީ ކޭތަ ހިފުމުގެ ސަބަބެއް: ޚުތުބާ


ކުށްފާފަ ކުރުމާއި އުރެދުންތަކަށް އަރައިގަންނަ މީހުން ގިނަ ވުމަކީ ކޭތަ ހިފުމުގެ ސަބަބެއް ކަމަށް ބުރާސްފަތި ދުވަހު ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ.ބުރާސްފަތި ދުވަހުގެ ހެނދުނު 8:50 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައިވާއިރު، ކޭތަ ނަމާދުގެ ޚުތުބާގައި ބުނީ، ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެން ނޫން ކަމަށާއި، މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށެވެއަދި އެއީ ހަމައެކަނި ޤުދުރަތީ ކަމެއްގެ ގޮތުގައި ނުދެކި، އެކަމާއި މެދު ޝަރުޢީ ނަޒަރަކުން ވިސްނުމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދުކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިއުމަކުންނެވެ. އެހެންކަމުން ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ޤިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށްދެއްވުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަންކަމެވެ. އެ ދުވަހަށް ސަމާލުވުމަށް ގޮވާލާ ގޮވާލުމެކެވެ.
~ ބުރާސްފަތި ދުވަހު ކުރި ކޭތަ ނަމާދުގެ ޚުތުބާ

އޭގެ އިތުރުން، ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން ނުވަތަ ވަކި މީހަކު އުފަން ވެގެން ނޫން ކަމަށާއި، ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.އޭގެ އިތުރުން، ﷲ އަށް ބިރުވެތިވެ ތައުބާ ވުމަށާއި، ކުށްފާފަ ފުއްސަވައިދެއްވުމަށް އެދި ދުއާ ކުރުމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.Source link

Leave a Reply

Related Articles