• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުރީގެ ރައީސް ޔާމީން ގަޑިއެއްހާއިރަށް ގެޔަށް ބަދަލުކޮށްފި

ކުރީގެ ރައީސް ޔާމީން ގަޑިއެއްހާއިރަށް ގެޔަށް ބަދަލުކޮށްފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަޑިއެއްހާއިރަށް ގެޔަށް ބަދަލުކޮށްފި އެވެ.ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނާއި ހަވާލާދެއްވައި މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ޔާމީން ގަޑިޔެއްހާއިރަށް ގެޔަށް ބަދަލުކޮށްފައިވާކަމަށާއި، ބަދަލުކުރީ އެމަނިކުފާނު އެދިވަޑައިގަތުމަކަށް ކަމަށެވެ.ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސަރވިސްގެ ތަރުޖަމާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފުލުހުންގެ ތަހުޤީޤަކަށް، އެ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކަރެކްޝަނަލް ސަރވިސްއިން އެމަނިކުފާނު ގެޔަށް ބަދަލުކޮށްފައިނުވާނެކަމަށް ތަރުޖަމާން ވިދާޅުވި އެވެ.އެކަމާއި ގުޅެގޮތުން ފުލުހުން ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.ރައީސް ޔާމީން ގެޔަށް ބަދަލުކުރެވުނު ވަގުތާއި ދިމާކޮށް، އެމަނިކުފާނަށް ތާއީދުކުރައްވާ މަދު އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެފައިވެއެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑަރ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.ފުލުހުން ބުނީ ޔާމިނު ފުލުހަށް ހާޒިރުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77,504,912.00 (ހަތްދިހަ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމް.އެމް.ޕީ.އާރް.ސީ އަށް 220,704,546 ރުފިޔާ (ދުއިސައްތަ ވިހިމިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާލޯންޑަރ ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަގައި ކަމަށެވެ.ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމް.އެމް.ޕީ.އާރް.ސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1,900,000 ރުފިޔާ (އެއްމިލިއަން ނުވަލައްކަ ރުފިޔާ) ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.



Source link

Leave a Reply

Related Articles