• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުޑަކުދިންގެ ހިޔާގެ ވަޒީފާ އިން އެކަހެރި ކުރި ޝުކޫރަށް ޑެޕިއުޓީ މިނިސްޓަރުކަން

ކުޑަކުދިންގެ ހިޔާގެ ވަޒީފާ އިން އެކަހެރި ކުރި ޝުކޫރަށް ޑެޕިއުޓީ މިނިސްޓަރުކަން


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒު، ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާގެ މަގާމުގައި މަގާމުން މިދިޔަ ޖެނުއަރީ މަހު އެކަހެރި ކުރި އަބްދުއްޝުކޫރު އަބްދުލް ހަކީމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވައިފި އެވެ.

އޭރު ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގައި ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް، ޖެނުއަރީ 23 ގައި، ގއ. ކޮލަމާފުށި، އޯކިޑްވިލާ، އަބްދުއްޝުކޫރު ސަސްޕެންޑް ކުރީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ. އަދި އެ ފިޔަވަޅު އެޅީ އެ ކޮމިޝަންގެ އެންގުމަކަށް ކަމަށް ވެ އެވެ.

އެކަމަކު، މަގާމު ދަށްކުރުމަށް ފަހު ވިޔަސް ޝުކޫރަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބަލަމުން ދިޔަ މައްސަލަ ނިމުނު ގޮތެއް، އެ މައްސަލައިގެ އެެއްވެސް ތަފްސީލެއް އެ ކޮމިޝަނުންނާއި ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުން ބުނީ، ޝުކޫރަކީ، ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ހޯއްދަވާފައިވާ ބޭފުޅެއް ކަަމަށެވެ. އަދި، 26 އަހަރުގެ ދިގު މުއްދަތަކަށް ތައުލީމީ ދާއިރާގައި އޭނާ ޚިދުމަތް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެކަމަކު، މަގާމު ދަށްކުރުމަށް ފަހު ވިޔަސް ޝުކޫރަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބަލަމުން ދިޔަ މައްސަލަ ނިމުނު ގޮތެއް، އެ މައްސަލައިގެ އެެއްވެސް ތަފްސީލެއް އެ ކޮމިޝަނުންނާއި ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އަކާއި 12،500ރ. ގެ އެލަވަންސެކެވެ. ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން މަހަކު 15،000ރ. ގެ އެލަވަންސެއް ސްޓޭޓް މިނިސްޓަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

ޝުކޫރާ އެކު، ޖެންޑާ މިނިސްޓްރީގައި މިހާރު ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ އަދަދަކީ ވެސް މިހާރު ހަތަރެކެވެ.

މި ސަރުކާރުގައި މިހާރު 52 ސްޓޭޓް މިނިސްޓަރުންނާއި 78 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ އެ ދެ މަގާމުގެ ފެންވަރުގައި އެކި އޮފީސްތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުނާ އެކުގަ އެވެ.

ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުކަމުގައި އަދި އެ ފެންވަރުގެ މަގާމުތަކުގައި 10 ބޭފުޅަކު ތިއްބަވަ އެވެ. ޑެޕިއުޓީ މިނިސްޓަރުކަމުގެ ފެންވަރުގެ މަގާމުތަކުގައި ރައީސް އޮފީހުގައި ތިއްބެވި ބޭފުޅުންގެ އަދަދަކީ 13 އެވެ.Source link

Leave a Reply

Related Articles