• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ


ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކުވާ ކަމަށާއި، ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.”ކީރިތި މާތް ނަބިއްޔާގެ މުހައްމަދުގެފާނުގެ ދެކެ ލޯބުވުން” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާއި، ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަންޖެހޭ ކަމަށެވެ.ޚުތުބާގައި ބުނީ ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކުވާ ކަމަށާއި، މިއުންމަތުގެ މާތް ނަބިއްޔާއަށް ވެސް މިދުއްތުރާތަކާ ކުރިމަތިވެ ވަޑައިގަތްނެވި ކަމަށެވެ. ނަމަވެސް އެފަދަ ފުރައްސާރަވެރިން މާތްﷲ ވަނީ ނިކަމެތިކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަސްރު ދެއްވާފައިވާކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

އަޅުތަކުންގެ މައްޗަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެބޭކަލަކަށް އެއުރެން ފުރައްސާރަކުރާ ގޮތުގައި މެނުވީ، އެއުރެންގެ ގާތަށް އެއްވެސް ރަސޫލަކު ވަޑައެއް ނުގަންނަވަތެވެ.
~ މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ.

ޚުތުބާގައި ބުނީ މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށާއި، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަތުން ކަމަށެވެ. އަދި އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހުލާގީ މިންގަނޑުތަކަށް ތަބާވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.ޚުތުބާގައި ބުނީ ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، އަދުލުވެރިވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމާއި، މަޑުމޮޅިވުމާއި، މިނޫންވެސް އެކަލޭގެފާނު ގެނެސްދެއްވި އަހްލާގީ އެންމެހާ ސިފަތަކުން ޒީނަތްތެރިވާންޖެހޭ ކަމަށެވެ. އަދި މާތް ނަބިއްޔާގެ އަދުލްވެރިކަމާއި، އޯގާތެރިކަމާއި މާތްކަމާއި އެކަލޭގެފާނު ގެނެސްދެއްވި ޚަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި ހަތުރުން ހެކިވާނެ ކަމަށެވެ.މީގެ އިތުރުން ޚުތުބާގައި ބުނީ އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އިމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ. އެކަލޭގެފާނައި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތުކުރުމާއި ކުޑައިމީސް ބަސްބުނެ، ފުރައްސާރަ ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއްކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.



Source link

Leave a Reply

Related Articles