• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮރޯނާވައިރަސް ރާއްޖެއަށް އައުން ވަރަށް ގާތް، އަޅަންޖެހޭ ފިޔަވަޅުތައް މި އަންނަނީ އަޅަމުން: ރައީސް ސޯލިހު

ކޮރޯނާވައިރަސް ރާއްޖެއަށް އައުން ވަރަށް ގާތް، އަޅަންޖެހޭ ފިޔަވަޅުތައް މި އަންނަނީ އަޅަމުން: ރައީސް ސޯލިހު


މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސް ރާއްޖެއަށް އައުން ވަރަށް ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ބޭއްވި ރ. އަތޮޅުގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމާއި ރައްޔިތުންނަށްޓަކައި, ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މިހާރު އެހެން ކަމަމާ މެދުވެސް ވިސްނަން ޖެހޭ ކަމާށެވެ.ރައީސް ސޯލިހު ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަސް އޮތީ ރާއްޖެއާ ހަމައަށް އައުން ގާތުގައި ކަމަށާއި، 80 އަށްވުރެ ގިނަ ގައުމުތަކުން މިވަރައިސް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ނައިސް ނުދާނެއެކޭ ބުނެވެން ނެތް ކަމަށެވެ. އަދި އެ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެވަރިއަސް ރާއްޖެއަށް އަތުވެދާނެ ކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. އެއާއެކު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަކުރަން.
~ ރައީސް ސޯލިހު

ކޮރޯނާވައިރަސް ހަލުހިމިނެއްގައި ފެތުރެމުންދާއިރު މިހާތަނަށް މިވަރައިސްއިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެންކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ލަސްކުރުން ނުވަތަ ނުކުރުމަކީ މިވަގުތު އެންމެ ރައްކާތެރިގޮތް ކަމަށާއި، ދަތުރުތައްނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.



Source link

Leave a Reply

Related Articles