ކޮވިޑް-19ގެ ތޯތޯ ވާހަކަތަކުން ބިރު ނުގަންނަވާ!
ޗައިނާގެ ވުހާއިން ފެތުރެންފެށި ކޮވިޑް- 19 މިހާރު ވަނީ އެގައުމު ފަހަނައަޅާ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެން ފަށައިފައެވެ. އެކަމާ ގުޅިގެ ސަރުކާރުންވެސް މިހާރު ވަނީ ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
އެގޮތުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންއަށް ރާއްޖޭގެ ދޮރޯށިތައް ވަގުތީ ގޮތުން ބަންދުކުރިީ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ކްރޫސް ލައިނާތަކާއި ބަލި ފެތުރެންފެށި އެހެން ބައެއް ގައުމުތަކުންވެސް މީހުން އައުން ވަނީ ކޮންޓްރޯލްކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ކޮރާނޯ ވައިރަސްއަށް އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ. އެކަން އެޗްޕީއޭއިންވެސް ކަށަވަރުކޮށްދެއެވެ. ނަމަވެސް ބަލި ފެތުރެމުންދާ ދިއުން ނުހުއްޓޭތީ ދިވެހިންގެވެސް ކަންބޮޑުވުންތައް ކުރިއެކޭ އެއްގޮތަށް އޮތީއެވެ.
” ރާއްޖެއަށް ކޮރޯނާ ވައިރަސް ނާންނަނީ ކީއްވެތަ؟ ވަރަށް އުނދަގޫ އެކަން ގަބޫލްކުރަން.” ޓުވިޓާގައި ދިވެއްސަކު ބުނެފައިވެއެވެ.
ތެެދެކެވެ. މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ރާއްޖެއަށް އަންނަ އިރުވެސް ކޮވިޑް-19 ހަމަ ނުފެންނަނީ ހެއްޔެވެ؟ ހާއްސަކޮށް އިޓަލީ އަދި ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދެގައުމު ކަމަށްވެފައި ކޮވިޑް އައުން ރާއްޖެއަށް އައުން ވަރަށް ގާތް ކަމަށް ފެނެއެވެ.
ނަމަވެސް މައްސަލައަކީ އެއްވެސް ހަގީގަތަކަށް ބެލުމެއް ނެތި ޒިންމާދާރުކަން ކުޑަކޮށް ދޮގު ހަބަރު ފަތުރާތީއެވެ. އެގޮތުން ރޭވެސް ބ. އަތޮޅުގައި އޮންނަ ހޮސްޕިޓަލެއް ކަމަށްވާ ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ކޮވިޑް-19 ޖެހިފަިއވާ ކަމަށް އަޑުފެތުރުނެވެ. ނަމަވެސް އެކަން ބ. އަތޮޅު ހޮސްޕިޓަލްއިން ވަނީ ދޮގުކޮށްފައެވެ. ތުހުމަތުތައް އަމާޒުވި ފަތުުރުވެރިންވެސް ފަހުން ވަނީ ރިސޯޓަށް އަނބުރާގޮސްފައެވެ.
” ދެން ފަހަރަކުން ރާއްޖޭގައި ކޮރޯނާ ވައިރަސް އުޅެޔޭ ކިޔާފައި ވައިބާ މެެސެޖެއް ލިިބިއްޖިއްޔާ ޝެއާކުރާނަން ޓުވީޓާގައި. މިފަދަ ސީރިއަސް ވާހަކަތައް ދައްކާ މީހުން އެމީހުން އަމިއްލައަށް ޒިންމާ ނަގަންޖެހޭނެ. އެއްޗެއް ޝެއާ ކުރާއިރު އެކަން އެބަ ޖެހޭ ތެދުދޮގުވެސް ބަލަން” ޓުވިޓާގައި މީހަކު ބުނެފައިވެއެވެ.
ކޮވިޑް-19 ގައި މިހާތަނަށް އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީހުންނާއި ލޭމައްޗަށްދާ މީހުންނާއި ހަކުރު ބައްޔާއި ނޭވާލުމުގައި އެކި މައްސަލަތައް ހުންނަ މީހުންނެވެ. ޒިންމާދާރުކަން ކުޑަކޮށް ދޮގު ބުހުތާނު ތޯތޯ ވާހަކަ ދައްކާނަމަ އޭގެ ގެއްލުން ކިތަންމެ ހާވެސް ބޮޑެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެއެވެ.
ކޮވިޑް-19 ގެ ބިރުވެރިކަމާއެކު ރާއްޖެއިން އެފަދަ ބަލި މީހުން ފެނުނަސް ސަރުކާރުން އެކަން ސިއްރުކުރާކަމުގެ ތުހުމަތުވެސް ކުރެއެވެ. ދިވެހިންގެ ފުރާނައަށް ވުރެ މިގައުމަށް ވަންނަ ޑޮލަރު މުހިންމުތޯވެސް ބައެއް މީހުން ދަނީ ސުވާލުކުރަމުންނެވެ. އޭގެ ސަބަަކަށް އިޓަލީ ޖަރުމަަން ފަދަ ގައުމުތަކުން ފަތުރުވެރިން ރާއްޖެ އައުން އަދިވެސް މަނާ ނުކުރާ މައްސަލަ ހުއްޖަތަަކަށް ދައްކައެވެ.
” ކޮރޯނާ ވައިރަސް ރާއްޖޭގައި…