• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ނައިޓްމާރކެޓް ވެސް ކެންސަލް

ކޮވިޑް-19: ނައިޓްމާރކެޓް ވެސް ކެންސަލް


މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރަމަޟާން މަހާއި ދިމާކޮށް އާއްމުގޮތެއްގައި ބާއްވަމުން އަންނަ ނައިޓް މާރކެޓް ނުބާއްވަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެމުން ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ވިދާޅުވީ ކޮރޯނާ އާއި ގުޅިގެން ނައިޓް މާރކެޓް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.ކޮވިޑް-19 ގަދަޔަށް ފެތުރެމުންދާ މި ދަނޑިވަޅުގައި އެޅުމަށް ގަސްދުކުރާ ފިޔަވަޅުތަކާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، ހެލްތު މިނިސްޓްރީގެ އިތުރުން ކަމާބެހޭ އިތުރު މިނިސްޓްރީތަކާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލަށް ޑިޒާސްޓަރ މެނޭޖްމެންޓުން ވަކި ކަންތައްތަކެއް ކުރުމަށް މީގެ ދެ ދުވަސް ކުރިން އަންގާފައިވާ ކަމަށެވެ.އެގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭނީ ކައުންސިލްގެ މުވައްޒަފުންނާއި ޚާއްސަކޮށް އެކި ޕާކުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވައިރަހަށް ހޭލުންތެރިކުރުވުމަށް ކަމަށެވެ. އެގޮތުން ޕާކުތަކުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އިތުރު އިސްކަމެއްދެއްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.މީގެއިތުރުން ޝިފާ ވިދާޅުވީ ސައިހޮޓާތަކާއި ކެފޭތައް ހިންގާ ފަރާތްތަކާއި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެ ބައްދަލުކުރުންތަކަށް ފަހު ޑިޒާސްޓަރ މެނޭޖްމެންޓުގެ ފަރާތުން ދެއްވާފައިވާ މައުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރައްވާނެ ކަމަށެވެ. އަދި ސައިހޮޓާ އަދި ކެފޭ ތަކުގައި ކުރިއަށް އޮތްތަނުގައި ހޭންޑް ސެނިޓައިޒަރ ބެހެއްޓުމަށް އިރުޝާދު ދެއްވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މީގެއިތުރުން ސިޓީ ކައުންސިލުން ބުނީ ކޮންސްޓްރަކްޝަން ސައިޓުތަކާއި ބިދޭސީން އުޅޭ ތަންތަންވެސް ވަރަށް ރަނގަޅަށް ބެލޭނެ ކަމަށެވެ.ޝިފާ ވިދާޅުވީ މިސްކިތްތަކުގެ ކަންކަން ވަކި ގޮތަކަށް ތަރުތީބު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިސްކިތްތަކުގެ ކާޕެޓުތައް ސާފުކުރުން މުހިއްމުކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ މިހާރު ކާޕެޓު އަޅާފައިވާ ހުރިހާ ތަނެއް ދެނެގަނެފައިވާނެ ކަމަށެވެ. އަދި މި ދުވަސްވަރު ކާޕެޓު އަޅާފައި އޮތުމުން ގެއްލުންވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއްވާފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުންޏެވެ.ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާއިރު މި ވަރައިސްއިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.Source link

Leave a Reply

Related Articles