• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ކޮވިޑް-19: ނާސާގެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ވައި ތަޣައްޔަރުވުން ކުޑަވެ، ސާފުވަމުންދާ މަންޒަރު

ކޮވިޑް-19: ނާސާގެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ވައި ތަޣައްޔަރުވުން ކުޑަވެ، ސާފުވަމުންދާ މަންޒަރު


ހަލުވިކަމާއެކު ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ, މުޅި ޗައިނާ ވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފައެވެ. ޗައިނާއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު ހޫބެއި ޕްރޮވިންސް ޖެނުއަރީ މަހުގެ ފަހު ހަފުތާއިން ފެށިގެން އެއްކޮށް ބަންދުކޮށްފައިވާއިރު، އެ ޤައުމުގެ ގިނަ ފެކްޓްރީތަކާއި ފިހާރަތަކާއި އޮފީސްތަކާއި މަސައްކަތްކުރާ ތަންތަން އެއްގޮތަކަށްވެސް ނުހުޅުވާތާ މަހެއްހާ ދުވަސް މިވަނީ ވެފައެވެ. ކޮންމެހެން ހުޅުވަންޖެހޭ ތަނެއް ނޫނީ ނުހުޅުވައެވެ. އަނެއްކޮޅުން ހޫބެއި ޕްރޮވިންސްގެ އެތައް މިލިއަން ބަޔަކު ވަނީ ގެތަކުގައި ތާށިވެފައެވެ.އެއްގަމު ދަތުރުފަތުރުގެ ބޮޑު ނިޒާމަކުން ގުޅާލެވިފައިވާ ޗައިނާގެ ޕްރޮވިންސްތަކުގެ ދަތުރުފަތުރުގެ ނިޒާމު ވަނީ ހުއްޓަމަކަށް އައިސްފައެވެ. މީހުންނަށް ބޭރު ނިކުމެ އުޅުން ވަނީ ގިނަ ހިސާބުތަކުގައި މަނާކޮށްފައެވެ. ހަލުވިކަމާއެކު ޗައިނާގައި ވައިރަސް ފެތުރެމުންދާތީ އެކަން ކޮންޓްރޯލްކުރުމުގެ ގޮތުން އަަޅާފައިވާ މި ފިޔަވަޅުތައް އަދިވެސް ނިމުމަކަށް ނާދެއެވެ. ކޮންމެވެސް ވަރެއްގެ ދޫތަކެއް ދީފައިވީނަމަވެސް އަދިވެސް އެއްކޮށް މިކަންކަން ހަމައަކަށް ނޭޅެއެވެ.އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ޤައުމު އަދި އިޤުތިޞާދީ ގިނަ މަސައްކަތްތަކެއް ކުރާ މައި އެއް ޤައުމު ވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. އެއާއެކު އެންމެ ގިނަ ޢަދަދަކަށް ނުރައްކާތެރި ގޭސްތައް ޖައްވަށް ދޫކުރާ މި ޤައުމުގެ ވައި ފަށަލަވެސް މިވަނީ ސާފުވާން ފަށާފައެވެ.ނާސާއިން އެންމެ ފަހުން ހާމަކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާލާއިރު ޖެނުއަރީ މަހާއި އަޅާބަލާއިރު، ފެބްރުއަރީ މަހު އެ ޤައުމުގެ ވައިގެ ފަށަލަ ވަނީ ސާފުވެފައެވެ. ވައި ތަޣައްޔަރުވުން ކުޑަވެ ޗައިނާ ފެންނަލެއް ސާފުކަމަށް އެފޮޓޯތަކުން ފެނެއެވެ. ނާސާއިން ހާމަކޮށްފައިވާ މެޕަކީ ވައިގައި ނައިޓްރޮޖަން އޮކްސައިޑްގެ ލެވެލް ހުރި މިންވަރު ދައްކުވައިދޭ މެޕެކެވެ. މި މެޕުން ފެންނަގޮތައް ޗައިނާގެ ފެކްޓްރީތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވުމުން އެ ޤައުމުން ޖައްވަށް ދޫކުރާ ނައިޓްރޮޖަން އޮކްސައިޑްގެ މިންވަރު މިވަނީ ދަށަށް ގޮސްފައެވެ.ނާސާގެ ސައިންޓިސްޓުން ބުނާގޮތުން އުޅަނދުތަކުންނާއި، އިންޑަސްޓްރިއަލް ފެސިލިޓީތަކުން ޖައްވަށް ދޫކުރާ ނައިޓްރޮޖަން ޑައިއޮކްސައިޑްގެ ލެވެލް ދަށްވަމުންދާތަން އެންމެ ފުރަތަމަ ފެނިގެންދިޔައީ ވުހާން ސިޓީންނެވެ. ވުހާން ސިޓީއަކީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ގިނަ މީހުންނަށް މިވައިރަސް ޖެހިގެން ރިޕޯޓުކުރަމުންދާ ސިޓީއެވެ. އަދި އެއަށްފަހު، މުޅި ޗައިނާއިން އެމަންޒަރު ފެންނަން ފެށިއެވެ.ނާސާއިން ވަނީ މިދިޔަ އަހަރުގެ މި ދުވަސްވަރާއި، މިއަހަރުގެ މި ދުވަސްވަރާ ވައިގެ ތަޣައްޔަރުވުން ހުރި މިންވަރުވެސް އަޅާކިޔާފައެވެ. ނާސާއިން ބުނާގޮތުން އެ ޤައުމުގެ އެތައް މިލިއަން ބަޔަކު ގޭގައި ތިބުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމާއި، އެހެނިހެން އިގްތިޞާދީ އަދި އުމްރާނީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން އެ ޤައުމުގެ ވައި ތަޣައްޔަރުވުން ވަނީ ކުޑަވެފައެވެ. ނާސާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ މިހާ އަވަހަށް އެހާ ބޮޑު ހިސާބަކުން ވައި ތަޣައްޔަރުވުން ކުޑަވެގެން ފެނިފައިވާ ފުރަތަމަ ފަހަރެވެ. މީގެކުރިން 2008 ވަނަ އަހަރު އައި އިކޮނޮމިކް ރިސެޝަންގައިވެސް ނައިޓްރޮޖަން ޑައިއޮކްސައިޑް ލެވެލް ދަށްވަމުން ގޮސްފައިވާކަން ވަނީ ފާހަގަވެފަ އެވެ.

ވުހާންގައި މިދިޔަ އަހަރާއި މިއަހަރު ވައި ތަޣައްޔަރުވެފައިވާ މިންވަރު ދައްކުވައިދޭ މެޕް

މީގެއިތުރުން ނާސާއިން ބުނެފައިވަނީ ކޮންމެ އަހަރެއްގެވެސް ޗައިނާގެ އައު އަހަރާ ދިމާކޮށް ޖެނުއަރީ މަހުގެ ފަހު ކޮޅާއި ފެބްރުއަރީ މަހުގެ ކުރީކޮޅު އެ ޤައުމުގެ ވައި ތަޣައްޔަރުވުން ދަށަށް ދާކަން ފާހަގަކުރެވެއެވެ. އަދި އައު އަހަރަށް ފަހު އަނެއްކާވެސް ވައިގެ ތަޣައްޔަރުވުން އިތުރުވަމުން ދެއެވެ. އެހެންނަމަވެސް މިފަހަރު ވައިގެ ތަޣައްޔަރުވުން ދަށަށް ގޮސްފައިވަނީ ފާހަގަކުރެވޭހާ މައްޗަށް ކަމަށް ނާސާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މިއީކީ އެއްވެސް ބަޔަކު ހައިރާންވާނެ ކަމެއް ނޫނެވެ.މުޅި ޗައިނާ ކޮރޯނާވައިރަސް އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، އެ ޤައުމުގެ ގިނަ ޞަަރަޙައްދުތައް ވަނީ ބަންދުކޮށްފަ އެވެ. އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގެ މަގުތައް ވަނީ ފަޅުވެފައެވެ. މިހާތަނަށް ޗައިނާއިން މިވައިރަސް ޖެހިގެން 2870 މީހުން މަރުވެފައިވާއިރު، ޗައިނާއިން މިވައިރަސް 79,824 މީހުންނަށް ވަނީ މިހާތަނަށް އާއިރު ޖެހިފައެވެ.



Source link

Leave a Reply

Related Articles