• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން: އެޗްޕީއޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން: އެޗްޕީއޭ


ދެކުނު އެމެރިކާގެ ޗިލީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ރާއްޖެއަށް ދަތުރުކޮށްފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި އަދި ރާއްޖޭގައި އޭނާ އުޅެފައިވާ ތަންތަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.ކޮވިޑް 19 އާއިގުޅޭ ފަހުގެމަޢުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ އެމީހާ ދަތުރުކޮށްފައިވަނީ 3 މާރިޗު 2020 ގައި ކަމަށާއި އެއީ ކާކުކަމާއި، ރާއްޖޭގައި އޭނަ އުޅެފައިވާ ތަންތަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެތަންތަނުގައި ބަލީގެ އަލާމާތްހުރި މީހުން އުޅޭކަން ބަލާ މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.އެޗްޕީއޭ އިން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެގޮތުން ރާއްޖޭގެ ހުރިހާ ބައިނަލްއަޤްވާމީ ވައިގެ އަދި ކަނޑުގެ ބަނދަރުތަކެއްގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ގެންދަނީ ސްކްރީންކޮށް މޮނީޓަރ ކުރަމުންކަމަށެވެ.މީގެއިތުރުން އިޓަލީވިލާތުން ރާއްޖެއަށް ދަތުރުކުރި ދިވެއްސެއް ކޯވިޑް-19 އަށް މޮނިޓަރ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ގެންގޮސްފައިވާކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން ބުނީ އޭނާ މޮނިޓަރިންގްއަށް ގެންދެވިފައިވަނީ ހަލުވިކޮށް ބަލި ފެތުރޭ ޤައުމަކުން އައުމަށްފަހު ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯރޓްކުރެވިފައިވާތީ ކަމަށެވެ. އެގޮތުން ކޯވިޑް-19 އަށް ކުރެވުނު ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން ބުރާސްފަތި ދުވަހުގެރޭ އޭނާ މޮނިޓަރިންގއިން ދޫކޮށްލެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.



Source link

Leave a Reply

Related Articles