• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ކުޅިވަރު ⁄ ކޮވިޑް-19 އާ އެކު ރާއްޖޭގައި ބާއްވަން އުޅުނު ބައިނަލްއަގުވާމީ މެރަތަން ފަސްކޮށްފި

ކޮވިޑް-19 އާ އެކު ރާއްޖޭގައި ބާއްވަން އުޅުނު ބައިނަލްއަގުވާމީ މެރަތަން ފަސްކޮށްފިއައިރަނާޒް އިން ރާއްޖޭގައި ބާއްވަން އުޅުނު ބައިނަލްއަގުވާމީ މެރަތަން ފަސްކޮށްފި އެވެ. އެ މަރަތަން ބާއްވަން ނިންމާފައި އޮތީ އަންނަ ހުކުރާއި ހޮނިހިރު ދުވަހު ހުޅުމާލޭގަ އެވެ. އައިރަނާޒް އިން މިއަދު ބުނީ އެ މެރެތަން ފަސްކުރީ މިދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއާއި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އިރުޝާދުތަކާ ގުޅިގެން ކަމަށެވެ. ޑަބްލިއުއެޗްއޯ އަދި އެޗްޕީއޭ އިން ވެސް ވަނީ މީހުން ގިނައިން އެއްވާފަދަ ބޮޑެތި އިވެންޓްތައް ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ. އެ ދުވުމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެ މެރަތަން ބާއްވާނެ ތާރީހު، ކޮވިޑް-19 މައްސަލަ ހަމައަކަށް އެޅުމުން އަންގާނެ ކަމަށް އައިރަނާޒްއިން ބުންޏެވެ. އޭގެ އިތުރުން ދުވުމުގައި ބައިވެރިވި ފަރާތްތަކުގެ ކިޓް މިހާރު ކަލެކްޓް ކުރެވޭނެ ކަމަށް ވެސް އައިރަނާޒްއިން ބުންޏެވެ. ކޮވިޑް-19 އާ ގުޅިގެން ހުޅުމާލޭގައި މިމަހު ބާއްވަން ނިންމާފައި އޮތް ސްކައުޓް ޖަމްބަރީ ވެސް ވަނީ ފަސްކޮށްފަ އެވެ. ޗައިނާގެ ވޫހާން ސިޓީގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ފެތުރެން ފެށި އެވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި މިހާތަނަށް 93,147 މީހަކަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 3202 މީހަކު ވަނީ މަރުވެފަ އެވެ.Source link

Leave a Reply

Related Articles