• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ އަނެކުންނަކީ މޮޔައިންނަށް ހައްދަވަނީތޯ އެވެ؟

އަނެކުންނަކީ މޮޔައިންނަށް ހައްދަވަނީތޯ އެވެ؟


ކުރިން ރައްޔިތުންގެ މަޖިލީސް ހިންގި، ނާދީ އިމާރާތުގެ ފެންޑާމަތީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު މަޖިލީސް ކަވަރު ކުރުމަށް ތިބި ހަނދާން އަޅުގަނޑު ބޮޑުކޮށްވެ އެވެ. އެ ދުވަސްވަރު މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވަނީ ކުރީގެ ބޮޑުވަޒީރު އަދި ފަހުން މަޖިލީހުގެ ރައީސް އޯކިޑްމާގެ އަހުމަދު ޒަކީ އެވެ. މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި ޒަކީ އިންނަވާ އިރު ގިނަ ފަހަރަށް އިންނަވާނީ ލޯފުޅު މަރުއްވައިގެންނެވެ. ބަލާ މީހުންނަށް ހީވާނީ އެ އިންނަވަނީ އަވަހާރަޅު ލައްޕަވައިގެން ކަމަށެވެ. އެކަމަކު އެހެނެއް ނޫނެވެ؛ މެންބަރުންގެ ބަހުސަށް ޖާގަދެއްވައިގެންނެވެ. ފަހަރެއްގައި ވެސް އަވަހާރަފުޅުލައްޕަވައިގެން އިންނަވަނީއެއް ނޫނެވެ. ވަރަށް ހުޝިޔާރަށް އިންނެވުމަށް ފަހު، އެއް މެންބަރަކު ވާހަކަ ދައްކަވައި ނިމުމުން އަނެއް މެމްބަރަކަށް ފުރުސަތު ދެއްވަ އެވެ. އަދި އެހެންމެ މުޅި ހައުސް ދިމާކްރާތީ އުސޫލުން ކޮންޓްރޯލުގައި ގެންގުޅުއްވި އެވެ. ބަހުސުގައި ބައިވެރިވެވަޑައިނުގަތުމުގެ އިތުރަށް، ދެ ފަރާތް ހަމަހަމަވުމުން ނޫނީ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ގަވާއިދުގައި އޮންނަ ގޮތަކީ ވެސް އެއީ އެވެ.

ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ ވެސް އެއީ އެވެ. ހުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކިޔަވައި ވިދާޅުވި އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި ވެސް އަމަލު ކުރަނީ އެ ގޮތަށެވެ. އަދި ތަހުޒީބީ ގިނަ މުޖުތަމައުގައި ވެސް އަމަލުކުރާ ގޮތަކީ އެއީ އެވެ. މަޖިލީހުގެ ސުޕީކަރު ބަހުސުގައިބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި ސުޕީކަރު ކަމަށް އިންތިހާބުވުމަށް ފަހު، އިހުތިޔާރު ކުރައްވަނީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ބޭފުޅެއްގެ ގޮތުގަ އެވެ. އެއީ މަޖިލީހުގެ ހަމަހަމަ ކަން ގާއިމުކުރުމަށް ޓަކަ އެވެ. ވަކި ޕާޓީއަކުން ހޮވުނު ބޭފުޅަކަށް ވިއަސް، އެހާލަތުގައި ކުޅުއްވަނީ “ފަނޑިޔާރެއްގެ” ދައުރެވެ. އެއީ މަޖިލީހުގެ ގާނޫނާއި ގަވާއިދު ހިންގާ އެންމެ އިސް އޮފިޝަލަށް ވާތީ އެވެ.

އެހެނަސް އަޅުގަނޑެމެންގެ މަޖިލީހުގައިކަން ހިނގަނީ އެ ގޮތަށްތޯ އެވެ؟ މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅުނު ކުއްލި މައްސަލައަކަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސްގެ ބަޔާނެއް އިއްވި އެވެ. އަދި ވިދާޅުވި އެވެ. މެންބަރުން ވޯޓު ދެއްވާ އިރު، ކްރޯނާ ވައިރަސްއާ ގުޅިގެން ދަތުރުފަތުރު ނުކުރުމަށް ޑަބްލިޔުއެޗުއޯ އިން ނުބުނާ ކަމަށާއި އެ މަގަށް ވޯޓު ދެއްވުމުގެ ކުރިން މެންބަރުން ވިސްނައިވަޑައިގުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެދިވަޑައިގަތެވެ. މިއީ ސީދާ ވޯޓަށް ނުފޫޒުފޯރުވުމެއް ނޫންތޯ އެވެ؟

އެއީ އެ ދުވަހަ އެވެ. އެއޭގެ ކުރީ ދުވަހު ވެސް ހަމަ އެހެންނެވެ. ރައްޔިތުންގެ މަޖިލީހަށް ސުވާލު ކުރުމަށް ހާޒިރު ކުރެވިފައި އިންނެވީ ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވަޒީރާ ކުރެއްވި އެއް ސުވާލަކީ ޔޫރަޕަށް ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހަށް 24 ޕަސެންޓްގެ ޑިއުޓީއެއް ނަގަން ފެށީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ކިހާވަރަކަށް މަސްވެރިން ނިކަމެތިކުރަން މަސައްކަތްކޮށްގެންތޯ އެވެ؟…



Source link

Leave a Reply

Related Articles