• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ އާންމުންގެ ޖަޒުބާތުތައް ފަޅައިގެން، އުންމީދުތައް ވަރަށް މަތީގައި!

އާންމުންގެ ޖަޒުބާތުތައް ފަޅައިގެން، އުންމީދުތައް ވަރަށް މަތީގައި!


“އަޅުގަނޑު މި ދާއިރާގައި [ޓޫރިޒަމް]ގައި މަސައްކަތް ފެށިއިރު އެންމެ ރިސޯޓެއް އޮތް އޯނަރު މިހާރު އަށް ރިސޯޓް ހުޅުވައިފި. މަންމައަކު ދަރިއަކު ބަލިވީމާ އަޅުގަނޑު މިޖެހެނީ ސަލާން ޖަހަންދާން. އެކަމަކު އެބޭފުޅުން ކޮންމެ އަހަރަކު ޔޫރަޕަށް މެޑިކަލްއަށް މިދަނީ. އަޅުގަނޑުމެން ސަލާން ޖެހުމުގައި. އެކަމަކު ތިޔަ ބޭފުޅުންގެ ވިސްނުން ތިހިރީ މިނިމަމް ވޭޖް ލަސްކޮށްފައި އަޅުގަނޑުމެން އަޅުންނަށް ހަދަން ދެއްތޯ؟،”

މިއީ މިނިމަމް ވޭޖް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދަން ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ފޯރަމްގައި ޓޫރިޒަމް ދާއިރާގައި 17 އަހަރު މަސައްކަތްކޮށްފައިވާ ސޯދިގު ކިޔާ މީހަކު ފާޅުކުރި އޭނާގެ ޝުއޫރުތަކެވެ. ސޯދިގު ނޫނަސް މި ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ ހިޔާލު ހުރީ މިކަހަލަ ގޮތަކަށެވެ.

ޖަލްސާ ފެށުމުގެ ގޮތުން، ވޭޖް ބޯޑްގެ ޗެއާޕާސަން މަރިޔަމް ޚާލިދާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެތީ މިވަގުތު މިނިމަމް ވޭޖެއް ތަންފީޒުކުރަން އޭނާއަށް ނުފެންނަ ކަމަށެވެ.

އާންމުންގެ މީހަކު ޝުއޫރު ފާޅުކުރަނީ — ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއަށް ފަހު އާންމުންގެ ހިޔާލަށް ހުޅުވާލުމާ އެކު، ބައެއް މީހުން ޝުއޫރުފާޅުކުރަމުން ބުނީ، ކޮރޯނާވައިރަހުގެ ސަބަބުން މިނިމަމް ވޭޖެއް ކަނޑައެޅުން މަޑުޖައްސާލަން ސަރުކާރުން ބުނަނީ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ. އަދި ސަރުކާރުން ވެސް ބޭނުން ވަނީ، ވިޔަފާރިވެރިންގެ ކޮޅަށް މިނިމަމް ވޭޖްގެ ކަންކަމުގައި ދީލައިލަން ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރި އެވެ.

“މިނިމަމް ވޭޖާ ހަމައިން މި ހުއްޓުން އަރަނީ. ޕީއެސްއައިޕީ ވެސް ހަމަ ކުރިއަށް، މުސާރަތައް ވެސް ހަމަ މައްޗަށް މިދަނީ. މިއީ ކޮން ކަހަލަ ވިސްނުމެއްތޯ؟” ފުރުގާން ކިޔާ ޒުވާނަކު ހިޔާލު ފާޅުކުރި އެވެ. “މި މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ވާހަކަ ދައްކާތާ ހަތް އަހަރު މިހާރު މިކަމެއް ހަމަ ވާގޮތެއް ނުވޭ،”

އެހެން އަންހެން ބޭފުޅަކު ފާހަގަ ކުރެއްވި ގޮތުގައި، ކޮރޯނާ ވައިރަހާ އެކު އާންމުންގެ ސާފު ތާހިރުކަމަށް ސަމާލުކަން ދޭވަރު ރަނގަޅު ކުރެވެން އޮތީ އެ މީހުންގެ ޖީބުތައް ތަނަވަސްވެގެންނެވެ. އެކަން ކުރެވޭނީ އާމްދަނީ ރަނގަޅު ކުރެވިގެންކަން އޭނާ ފާހަގަ ކުރި އެވެ. އެހެންވެ ކޮރޯނާ ވައިރަހުގެ ބިރާ އެކު މިނިމަމް ވޭޖް މަޑުޖައްސާނުލުމަށް އޭނާ ގޮވާލި އެވެ.

އެ ވާހަކަތައް އޯޑިއަންސުން ހިތްވަރުދީ ހެދި އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ފަރާތުން އަޑުއިވުނީ އެ މީހުންނަށް ލިބޭ ކުޑަ މުސާރައެކަށީގެން ނުވާ ކަމަށެވެ.

މިނިމަމް ވޭޖަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގެ ތެރެއިން — ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަހުން މަދަނީ ޖަމްއިއްޔާތައް ހަދައިގެން މަސައްކަތް ކުރާ ފާތިމަތު ސާއިރާ ބުނީ، އޭނާގެ އުމުރުން 15 އަހަރުން ފެށިގެން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރި ކަމަށެވެ. އެހެންވެ، އެ ދާއިރާގެ މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ އެކަށީގެން ނުވާ ކަމަށް އޭނާ ބުންޏެވެ. ވަރަށް ޖޯޝުގައި ވާހަކަ ދައްކަމުން އޭނާ ބުނީ، ރިސޯޓް މުވައްޒަފުންނަށް އަންހެނުންނާއި ދަރިން ކައިރިއަށް ވެސް ނާދެވޭ ކަމަށާއި އެ މީހުންނަ ޗުއްޓީތައް ވެސް، ނުލިބޭ ކަމަށެވެ.Source link

Leave a Reply

Related Articles