• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާ

އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާއާފަލަކީފޮނި މީރު މޭވާއެކެވެ. އަހަރުތަކެއް  ވަންދެން ޔޫރަޕާއި އޭޝިޔާގެ ގައުމުތަކުގައި އާފަލު ގިނަ އަދަދަކަށް ހައްދާފައި ވެއެވެ. އޭގެ ފަހުގައި ނޯތް އެމެރިކާގެ ގައުމުތަކުގައި ވެސް ގިނަ އަދަދަކަށް އާފަލު ހައްދައެވެ. ތަފާތު އެކި ކުލަކުލައިގެ އާފަލު ހުންނައިރު ސިއްހަތަށް އެންމެ ފައިދާ ބޮޑީ ފެހި އާފަލު ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. 
އާފަލަކީ ގިނަބައެއްގެ މެދުގައި މަގުބޫލު މޭވާއެކެވެ. އާދައިގެ އާފަލެއްގައި ހުނނަނީ ތިން އިންޗިއެވެ. އެއީ 7.6 ސެންޓި މީޓަރެވެ.
އާފަލުގައި ހިމެނޭ ބައިތައް
ކެލޮރީ: 95 ޕަސެންޓް
ކާރބްސް:25 ގުރާމް
ފައިބަރ: 4 ގުރާމް
ވިޓަމިން ސީ:14 ޕަސެންޓް
ޕޮޓޭސިއަމް: 6 ޕަސެންޓް
ވިޓަމިން ކޭ: 5 ޕަސެންޓް  
އާފަލަކީ ޕޮލިފެނަލުން މުއްސަނދި ވެފައިވާ މޭވާއެކެވެ.
އާފަލުގައި ހިމެނޭ ފައިބަރގެ ތެރެއިން ދެބައި ކުޅަ އެއްބައި ފައިބަރ ހުންނަނީ އާފަލުގެ ތޮށީގައެވެ. އަދި މި މޭވާގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބެނީވެސް ތޮއްޓާއި އެކު ކެއުމުންނެވެ.
 
އާފަލުގައި ހިމެނޭ ސިއްހީ ފައިދާތައް
އާފަލަކީ ފެން، ގިނަ އަދަދަކަށް އެކުލެވޭ މޭވާއެއް ކަމުން ކެއުމުގެ ކުރިން ނުވަތަ ކާ ތަކެތީގެ ތެރޭގައި އާފަލު ހިމެނުމުން ބަނޑުހައި ނުވެ ގިނަ ވަގުތު ހިފަހައްޓާދެއެވެ. އަދި ދުވަސް ފެށުމުގެ ނާސްތާއެއްގެ ގޮތުގައި އާފަލު ހިމެނުމަކީ މުހިންމު ކަމެކެވެ. ޑައިޓް ޕްލޭންތަކުގައި އާފަލަކީ ކޮންމެހެން ހިމަންޖެހޭ މޭވާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
މީގެ އިތުރުން ވެސް އާފަލަކީ ހިތުގެ ބައްޔާއި ޑައިބެޓީސް ( ހަކުރު ބަލި) އިން ދުރުކޮށްދޭ މޭވާއެކެވެ. މި މޭވާގައި ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާ ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. އެކި ބާވަތުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ މި މޭވާގައި  އެކުލެވޭ  ހާބްސް، ވިޓަމިން ސީ، ވިޓަމިން ކޭ، ޕޮޓޭސިއަމްގެ ސަބަބުން  ނޭވާ ހިއްލުމުން ދުރުކޮށްދެއެވެ. އަދި އުމުރުން ދުވަސް ވުމުން ހަށިގަނޑުގެ ކަށިތަކުގެ ބާރު ދެރަވާ ދެރަވުމުން ދުރު ކޮށްދެއެވެ. ކިޔަވާ ދުވަސްވަރު ދަރިވަރުން އާފަލު ކާނަމަ އެކުދިންގެ ސިނކުނޑި ތާޒާވެ ސިކުނޑި އިތުރަށް ހުޅުވުމަށް މަގުފަހި ވެއެވެ.
ދުޅަހެޔޮ ސިއްހަތެއްގައިހުރުމަށް އާފަލަކީ ކޮންމެހެން ކެއުން މުހިންމު މޭވާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
އާފަލުން ތައްޔާރު ކުރެޗިދާނެ ފޮނި ކާއެއްޗެއް
އެޕަލް ކެންޑީ
އެޕަލް ކެންޑީ ހެދުމަށް ބޭނުންވާ ތަކެތި
2 ޖޯޑު ހަކުރު
4/3 ބައި ޖޯޑް ފެން
½ މޭޒުމަތީސަމުސާ  ކޯން ސިރަޕް
½ މޭޒުމަތީ ސަމްސާ ރެޑް ޖެލް ފުޑް ކަލަރ
½ ބައި މޭޒުމަތީ ސަމުސާ ސިނަމަން އެކްސް ޓްރެކްޓް
4/1 ބައި މޭޒުމަތީ ސަމުސަލުގެ ޑެމަރަތާ
½ މޭޒުމަތީ ސަމުސާ ލައިޓް ކޯން ސިރަޕް
6 އާފަލު

އެޕަލް ކެނޑީ ހެދުމަށް ބޭނުންވާ ސިރަޕް ތައްޔާރު ކުރެވިފައި 

 
 
ހަދަން ޖެހޭގޮތް 
ހަކުރާއި ލައިޓް ކޯން ސިރަޕާއި ފެން  ތެއްޔެއްގެ ތެރެއަށް އަޅާ އެއްކޮށްލުމަށް ފަހު 280 ޑިގުރީ ފެރަން ހައިޓްގައި ބެހެއްޓުމަށް ފަހު އަވަނުން ނަގާ އޭގެ ތެރެއަށް ސިނަމަން އެކްސް ޓްރެކްޓް، ރެޑް ޖެލް ފުޑް ކަލަރ އެޅުމަށް ފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. ބާކީ ހުރި ތަކެތިވެސް އަޅާ 5 މިނެޓް ވަންދެން މިކްސް ކުރާނީއެވެ. ދެން އާފަލުގެ އޮށާހިސާބަށް ދާ ވަރަށް ފުނަށް އާފަލުގެ ތެރެއަށް ކުޑަ ދަނޑި ކޮޅެއް ކޮއްޕާލުމަށް ފަހު ތައްޔާރު ކުރި ކުރީމް ގަނޑުގެ ތެރެއަށް އާފަލު ލުމަށް ފަހު ރަނގަޅަށް އާފަލުގައި ކްރީމްތައް ހާކާލުމަށް ފަހު ގުރީސް ކުކީ ޝީޓެއްގެ މަތީގައި ބަހައްޓާށެވެ އެއަށް ފަހު 10 މިނެޓް ވަންދެން މަޑު ހޫނުކަމެއްގައި އަވަންގައި ބަހައްޓައިގެން ފިހެލާނީއެވެ.

އެޕަލް ކެންޑީ ތައްޔާރު ކުރެވިފައި 

މި ރެސިޕީގައި އެކުލެވޭ ނިއުޓްރިއަންޓް ފެކްޓްސް
468 ގުރަމް ކެލޮރީ
ޕޮޓޭސިއަމް 0.4 ގުރާމް
ސޯޑިއަމް 21.6 ގުރާމް
ކެލްސިއަމް 115.6 ގުރާމް
ވިޓަމިން އޭ 5.5 ގުރާމް
 ކާބޯ ހައިޑްރޭޓްސް 122.2ގުރާމް
ވިޓަމިން ސީ 8.4 މިލި ގުރާމް ހިމެނެއެވެ.
 Source link

Leave a Reply

Related Articles