• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ އާދަމު އަލައިހިއްސަލާމް: އެންމެ ފުރަތަމަ އިންސާނާ 02

އާދަމު އަލައިހިއްސަލާމް: އެންމެ ފުރަތަމަ އިންސާނާ 02


އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. އިބްނު އަބީޙާޠިމް ޙަސަން ދަރަޖައިގެ ސަނަދަކާއެކު އުބައްޔު ބުން ކަޢުބުގެ އަރިހުން މަރުފޫޢުކޮށް ރިވާކުރައްވައިފައިވެއެވެ. ”މާތްއާދަމުގެފާނު ހައްދަވައިފައިވަނީ، އިސްކޮޅުފުޅުން ދިގު، އިސްތަށިފުޅު ދިގު އަދި އިސްތަށިފުޅުގެ އިސްތަށިފުޅުތައް ގިނަ ބޭކަލެއްގެ ގޮތުގައެވެ. {އިބްނު ޙަޖަރު، ފަތުޙުލްބާރީ، ހަވަނަ ޖިލްދުގެ 260 ވަނަ ޞަފްޙާ}

އަބޫ ހުރައިރާ ރަޟިޔަ ޢަންހު ގެ އަރިހުން މަރުފޫޢުކޮށް ރިވާވެގެންވެއެވެ. ”މާތް އާދަމުގެފާނު ހެއްދެވިފަހު އެކަލޭގެފާނަށް ކިނބިއްސެއް އެޅުއްވުނެވެ. އެހިނދު އެކަލޭގެފާނު ‏ الْحَمْدُ لِلَّهِ  އޭ ވިދާޅުވިއެވެ. މާތް ވަޙީ ކުރެއްވިއެވެ. رحمك الله يا آدم އޭ އާދަމުގެފާނެވެ. މާތްކަލޭގެފާނަށް ރަޙްމަތްލެއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު އެއްވަނަ ޖިލްދު ޞަފްޙާ 97/ އަލްޙާފިޡު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މިރިވާޔަތުގެ ސަނަދަކީ ޤަބޫލުކުރެވޭ ފެންވަރުގެ ސަނަދެކެވެ.}

އަރަހުށި މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވުމަށްފަހު، އެކަލޭގެފާނަށް އެންމެހައި ތަކެއްޗެއްގެ ނަންތައް އުނގަންނަވައިދެއްވިއެވެ. ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވިއެވެ. ދެން އެތަކެތި މަލާއިކަތްބޭކަލުންނަށް ހުށައެޅުއްވުމަށްފަހު، އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށް މަލާއިކަތްބޭކަލުންނަށް އެންގެވިއެވެ. މިކަން ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنبِئُونِي بِأَسْمَاءِ هَـٰؤُلَاءِ إِن كُنتُمْ صَادِقِينَ ﴿٣١﴾ 

މާނައީ: ”އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوى ގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!“

މަލާއިކަތްބޭކަލުންނަށް އެންމެހައި، ތަކެތީގެ ނަންތަކާއި އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށް އެންގެވުމުން އެބޭކަލުން ވިދާޅުވި ބަސްފުޅު ބަޔާން ކުރައްވައި ބަޤަރާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢

މާނައީ: ”އެ ملائكة ން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.“

ދެން މާތްالله سبحانه وتعالى، آدم عليه السّلام އަށް އެންގެވީ، އެތަކެތީގެން ނަންތަކާއި ޙަޤީޤަތްތައް މަލާއިކަތްބޭކަލުންނަށް ބަޔާންކޮށްދެއްވުމަށެވެ. މިކަން ބަޔާންކުރައްވަމުން ބަޤަރާ ސޫރަތުގެ 33 ވަނަ…



Source link

Leave a Reply

Related Articles