• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ އާދަމު އަލައިހިއްސަލާމް: އެންމެ ފުރަތަމަ އިންސާނާ 03

އާދަމު އަލައިހިއްސަލާމް: އެންމެ ފުރަތަމަ އިންސާނާ 03


ސުވަރުގޭގައި ވަޒަންވެރި ކުރުވުން

ޙައްވާގެފާނު ހެއްދެވުމަށްފަހު، އޭގެ ދެކަނބަލުން ދިރިއުޅުއްވާނެ ތަނެއްކަމުގައި، މާތްالله سبحانه وتعالى، ހަމަޖައްސަވައިފައިވަނީ ސުވަރުގެއެވެ. އެތަނުގެ ނިޢުމަތްތަކުން އެދެކަނބަލުން އުފާ ޙާޞިލު ކުރުމަށްޓަކައެވެ. ނަމަވެސް އެދެބޭކަނބަލުންނަށް ވަކި ވައްތަރެއްގެ ގަހަކުން ފަރީކުޅުއްވުން މަނާ ކުރެއްވިއެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލް އަޢުރާފު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވާފައިވެއެވެ.

وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴿١٩

މާނައީ: ”އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ.“

ދެން، އިބިލީސް ހިންމަތާއި މިންނަތް ކުރަންފެށީ، އެދެބޭކަނބަލުންނަށް މާތްالله سبحانه وتعالى، ފަރީއްކުޅުއްވުން މަނާކުރެއްވި ގަހުން، އެދެބޭކަނބަލުން ފަރީކުޅުއްވާތޯ އެކި ގޮތްގޮތުން މަސައްކަތްކުރުމެވެ. އެކިއެކި ބަހަނާތައް ދައްކައިގެން އެދެބޭކަނބަލުން އޭނާގެ މަކަރުވެރި ކަމުގެ ދަލުގައި ޖައްސައިލުމަށެވެ. ނަތީޖާއެއްގެ ގޮތުން އެދެބޭކަނބަލުން އިބިލީހުގެ ވަސްވާހުގައި ޖެހިގެން އެގަހުން ފަރީއްކުޅުއްވިއެވެ. މިކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ޤުރްއާނުގެ އަލް އަޢުރާފު ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ ﴿٢٠﴾ وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ ﴿٢١﴾فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ﴿٢٢

މާނައީ: ”ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ.އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން…



Source link

Leave a Reply

Related Articles