• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ އިތުރު ގަޑީގެ ފައިސާ ދީގެން ޖަލްސާއަށް ބޯ ގިނަކުރި ހަނދާން ހަމަ ނުވަނީތަ؟

އިތުރު ގަޑީގެ ފައިސާ ދީގެން ޖަލްސާއަށް ބޯ ގިނަކުރި ހަނދާން ހަމަ ނުވަނީތަ؟


ތެދެންމެ، ސަރުކާރު ހިންގާ މައި ޕާޓީން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ބޭއްވި ކެމްޕެއިން ހަފްލާގައި މީހުން މަދަކަމަކީ އެއްވެސް މީހަކު ދެބަސްވާނެކަމެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ދަނޑިވަޅުގެ ބޭނުން ހިފައި ދެއްކި ވާހަކައަށް ހުދު އެމްޑީޕީގެ ރައީސްވެސް ޖަވާބުދާރީވިއެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމުގައި ލަސްވުމަކީ އެކަމުގެ ހަގީގަތް ކަމަށް ރައީސް ނަޝީދުވެސް އެއްބަސްވެވަޑައިގެންނެވިއެވެ.ހަނދާން އައުކޮށްލަންޖެހެނީ މި ސަރުކާރަށް އަދި މިވީ 1 އަހަރާއި 3 މަސްދުވަސް ކަމެވެ. ސަރުކާރުގެ ދުވެލި ބައެއް ކަންތައްތަކުގައި ލަސްކަން ޕާޓީ މެމްބަރުންވެސް ގަބޫލުކުރެއެވެ. 5 އަހަރުގެ ދައުރެއް އެބައޮތް ތާއެވެ.އެކަމަކު މިހާރު ގައިދުކުރެވިފައިވާ ހުދުމުހުތާރު ވެރިޔާގެ ވެރިކަމުގައި ޖަލްސާތަކުގައި ބޯ ގިނަކުރަން ކުރި ކަންތައް މިއަދު ހަނދާން އާކޮށްލަން އެބަ ޖެހެއެވެ.ރައްޔިތުންނަށް އެތައް ވައުދުތަކެއްވެ ސުޕްރީމް ކޯޓުގެ އެހީތެރިކަމާއެކު ހޯދި ވެރިކަން ނިމިގެންދިޔައީ ވަރަށް ހިތިކޮށެވެ. ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ކަންތައް ވެގެން ދިޔަ ގޮތް ހަނދާނުން ކައްސާލައިގެން ގޮސްފައިވާކަމުގައި ވާނަމަ އަޅުގަނޑު އެކަން ހަނދުމަފުޅަށް ގެނެވޭތޯ މަސައްކަތްކޮށްލާނަމަވެ. ތެދެންމެ، ވެރިކަމުގައި ބޭއްވި ޖަލްސާތަކުގައި ކިތަންމެހާވެސް ބޯ ގިނައެވެ.96000 ވަޒީފާގެ ފުރުސަތު ހުޅުވިކަމަށް ބުނެ ފަހުރުވެރިކަމާއެކު ވާހަކަ ދެއްކެވިއިރު، މުވައްޒަފުންގެ އަނގައިގައި ކަސްތަޅު އެޅުވި ހަނދާނެއް މިހާރު ނެތީތޯއެވެ. ކަން ހިނގައިދިޔަ ގޮތަށް ނަޒަރު ހިންގާއިރު، ޕީޕީއެމްގެ ޖަލްސާއެއް އޮންނަ ރެއެއްކަމުގައި ވާނަމަ މުއައްސަސާތަކުން އިތުރުގަޑީގެ ފައިސާއަށް މުވައްޒަފުން އެތަނަކަށް ގެންގޮސްދެއެވެ. ކަދުރު ބަހަން ދާ ދަތުރުތަކުގައި ސިވިލް ސާރވިސް މުވައްޒަފުން ގެންދެއެވެ. އެއީ އެ ކަދުރު ބެހުމުގައި އެހީތެރިވެދިނުމަށެވެ. މި ދައްކަނީ ސިޔާސީ މަގާމުތަކުގައި ތިބި ބައެއްގެ ވާހަކައެއް ނޫނެވެ. ސިވިލް ސަރވިސް މުވައްޒަފުން ލައްވާ ކަންކުރުވި ގޮތުގެ ވާހަކަ އެވެ. ވަޒީފާގެ ބަރު ދައްކައި، އެކަންކަން ކުރުވުމަށް މަޖުބޫރުކުރި ވާހަކަ އެވެ.އެކަމާއި ދެކޮޅަށް ތެދުވި މަދު މީހަކަށް ހަދާލި ގޮތް އެނގޭތޯއެވެ؟ ޔާމީންގެ ދައުރުގައި ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން ފުލުފުލުގައި ބަދަލުވެގެންދިޔަ ސަބަބަކީވެސް އެއީއެވެ. ކުންފުނިތަކުން އެއްބާރުލުން ނުދިން ހާލަތެއްގައި މެނޭޖިންގް ޑިރެކްޓަރުން ބަދަލުކޮށް އެތަންތަނަށް ޕަޕެޓުން އައްޔަންކުރީވެސް އެ ސަބަބާއި ހުރެ އެވެ. އެ ދުވަސްވަރަކީ މަހާރެހެންދި ވިދާޅުވާގޮތަކަށް އެކަމެއް ނުކުރެވޭ މީހަކަށް މަގާމެއްގައި، އަދިކިޔެއްތަ ވަޒީފާއެއްގައިވެސް ނުހުރެވޭނެގޮތަށް ކަންތައް ހިންގި ދުވަސްވަރެވެ. ވަޒީފާއިން ކަނޑާލި މުވައްޒިފުންގެ އަދަދުވެސް ބަޔާންކުރަން ދަތިވާވަރަށް ވަޒީފާއިން މުވައްޒަފުން ކަނޑާ، މަޤާމު ދަށްކޮށް ހެދީ ޖަލްސާތަކުގެ ބޯ ގިނަކުރަން، ޖަލްސާތަކަށް ހާޒިރުވާން އެންގުމުން، އެ ޖަލްސާތަކަށް ހާޒިރުނުވުމުގެ ސަބަބުންނެވެ.އެވާހަކަ ބޭއްވުމަށްފަހު ރަށްތަކަށް ގެނެސްދެއްވި ތަރައްގީއަށް އަލިއަޅުވާލަމާތޯއެވެ. ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ރަށްވެހި ތަރައްގީ ފޮތެއް ނެރުނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގާފަހުރި މަޝްރޫއުތަކުގެ އަދަދާއި އެމަނިކުފާނުގެ ޑިކްޓޭޓަރޝިޕްގައި ހިންގާފައި ހުރި ކަންތައްތައް މިނެކިރުމަށެވެ. ދެރައީ، އަތޮޅުތަކަށާއި ވަކި ރަށްރަށަށް މިލިއަނުން ހަރަދުކޮށް އެ ޕްރޮޖެކްޓެއްގެ ނަންޖެހުމަށް ފަހު އާންމުކޮށްފައިވާއިރު، މިއަދު މިލިއަނުން ހަރަދުކުރިކަމަށް ބަޔާންކޮށް ގެނެސްފައިވާތަންތަން ބަލާލަން ދިޔުމުން ހުސްބިންތަކެއް ފެނުމެވެ. އެ ފައިސާއަށްވީ ކިހިނެއްކަމެއް އެ ޕްރޮޖެކްޓަކަށް ވީނުވީއެއް ނޭނގެއެވެ. ގައިމުވެސް ފައިސާ ހަރަދުކޮށްފައި ހުރެއެވެ. އެ މައްސަލަތައް ބެލުން ލަސްވެގެން ދިޔުމަކީ މި ސަރުކާރުގެވެސް މައްސަލައެވެ.ވާހަކަ ދައްކަން ފަށައިފިއްޔާ ދެއްކޭނެ ލައްކަ ބައިވަރު ވާހަކަ އެބަހުރި އެވެ. ބޯގިނަ ކުރަން ފްލައިޓް ޗާޓަރުކޮށް ރަށްރަށުން 2000 ރުފިޔާއާއި ކެއުން ދީފަ ގެނައި މީހުންގެ ވާހަކަވެސް ފާހަގަކޮށްލާނަމެވެ. އަދުރޭ މޮޅުކޮށް ހިސާބު ހެދި ދުވަހު އެތަން ފުރިފައި އޮތެއްކަމަކު، މަޖުބޫރުން ގެނައި މީހުންކަން ވަރަށް ހިތިކޮށް ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެނިގެންގޮސްފައިވެއެވެ. ރަށްރަށަށް ވަޑައިގަންނަވާއިރު މީހުން މަދުވެގެން ކެމެރާއަށް މަންޒަރު ރީތިކުރަން ފުރަތަމަ ސަލާމްކުރާ މީހުން ލައިނުގެ ފަހަތަށް އަރައި ލައިން ދިގުކުރަން ތީގެން ބޭފުޅުން ވިދާޅުވި ވާހަކަ ހަނދުމަފުޅު އެބަހުރިތޯ؟ ކެމްޕެއިން އާއި ދިމާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ބުނެ ކެމްޕެއިން ދޮރުން ދޮރަށް ނިކަމެތި ރައްޔިތު މީހާ ފޮނުވީ ފްލެޓެއް ދޭނެކަމުގެ ވައުދު ވެގެނެއް ނޫންތޯ؟ މިއީ ހައްތަހާވެސް ވެރިކަމުގެ ދުވަސްވަރުގައި ޖަލްސާތަކާއި، މަންޒަރު ރީތިކުރައްވަން ކަންކުރެއްވި ގޮތްތަކެވެ.ރައްޔިތުންނަށް ގައުމު ހަމަ މަގަށް އެޅުވުމުގެ ނަމުގައި ވޯޓެއް ދެއްވަން ބުނަން ހަގީގަތުގައިވެސް ލަދުގަންނަންޖެހެއެވެ. ހަޖަމް ކުރަން ކިތަންމެ ދައްޗަސް ފެންނަ މަންޒަރުތަކަށް ބަލާއިރު، ވާގި ނެތިފައިވާ އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް އިންތިހާބުގައި ނަތީޖާތަކެއް ނެރެވިދާނެކަމަކަށް ގަބޫލެއް ނުކުރެވެ.



Source link

Leave a Reply

Related Articles