• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީންކޮށްފި

އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީންކޮށްފި


އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީންކޮށްފި އެވެ.ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސެއް#ކޮވިޑް19އަށް މޮނިޓަރ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭގެއިތުރުން އެއްވެސް ތަފްސީލެއް އެ އެޖެންސީ ހާމައެއް ނުކުރެއެވެ.މީގެކުރިންވެސް ވަނީ ޗައިނާއިން އައި ދިވެހިންތަކެއްވެސް ކަރަންޓީންކޮށްފަ އެވެ. އަދި ޓެސްތުތައް ހަދައި، އެ މީހުންނަށްދެންޖެހޭ ފަރުވާދީފައިވާއިރު، މިހާތަބަށް ޓެސްޓުކުރި އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.ހަލުވިމިނެއްގައި ކޮވިޑް19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާއިރު، އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީ ތައްޔާރީ ޙާލަތުގައި ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން މިހާތަނަށް ފަރުކޮޅުފުށީގައި 12 ކަރަންޓީން ރޫމް ޤާއިމުކޮށްފައިވާއިރު، ފަރުކޮޅުފުށީގައި 40 އެނދުގެ ކެޕޭސިޓީއާއެކު 02 އައިސީޔޫ އެނދު ޤާއިމުކުރެވިފައިވާ ކަަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީން ރޫމް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގައިވެސް ވަނީ ކަރަންޓީން ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް އަތޮޅުތަކުގައި ޖުމުލަ 406 އެނދުގެ ކެޕޭސިޓީގެ ކަރަންޓީން ވަނީ ޤާއިމުކޮށްފައެވެ.މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި މިހާތަނަށް އައިއިރު މުޅި ދުނިޔެއިން 3،285 މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން 3،012 މީހުންނަކީ މި ވައިރަސް އަށް ފެނުނު ޗައިނާއިންނެވެ. ޗައިނާއިން އެކަނިވެސް މިވައިރަސްގައި 3012 މީހުން ވަނީ މަރުވެފައެވެ. ޗައިނާއިން ބޭރުން ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީއާއި، އިރާނާއި، ދެކުނު ކޮރެއާއިންނެވެ.ދުނިޔޭގެ 75 ޤައުމަކަށް މިހާރު މިވައިރަސް ފެތުރިފައިވާއިރު، 95،481 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.



Source link

Leave a Reply

Related Articles