• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އޮޑިޓްގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި

އޮޑިޓްގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި


އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ އޮޑިޓްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަޤްސަދުގައި ހާއްސަ ޕޯޓަލްއެއް މިއަދު ތައާރަފްކޮށްފިއެވެ.މި ޕޯޓަލް އިފްތިތާާޙްކޮށްދެއްވީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު އެ އޮފީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިލްޔާސް ލަބީބެވެ. މި ޕޯޓަލްއަކީ އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް އެއްބާރުލުމާއެކު މަސައްކަތް ފުރިހަމައަށް ކުރުމުގެ ބޭނުމުގައި ދެ ބަޔަކަށް ބަހާލައިގެން ތައްޔާރު ކޮށްފައިވާ ޕޯޓަލްއެކެވެ.ޖަލްސާގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން އިލްޔާސް ވަނީ މި ޕޯޓަލްގެ ސަބަބުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް އަންނާނެކަން ޔަގީން ކުރައްވާ މި ޕޯޓަލްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އޮޑިޓާއި ގުޅުންހުރި މަޢުލޫމާތު އަަވަހަށް ހިއްސާ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.މި ޕޯޓަލް މެދުވެރިކޮށް ޕާފޯރމެންސް އޮޑިޓް ކުރާނެ މައުޟޫއުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިިފައިވެއެވެ. މިއީ ދައުލަތުން ހިންގާ މަޝްރޫއުތަކާއި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮށްފައިވާ ނުވަތަ ކުރިއަށްދާ ގޮތުގެ މައްޗަށް ބިނާކޮށް ކުރެވޭ އޮޑިޓްތަކެވެ. އަދި މިހާރު ފަށައިގެން ކުރިއަށްދާ ޕާފޯރމެންސް އޮޑިޓްތަކަކީ ކޮބައިކަމާއި އެ އޮޑިޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު މި ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ. މީގެ އިތުރުން އެ އޮޑިޓަކާ ބެހޭގޮތުން މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.އޮޑިޓް މައުޟޫއުތަކާއި އޮޑިޓާ ގުޅުންހުރި މައުލޫމާތުތައް ހިއްސާ ކުރާއިރު ކާކުކަން ނޭނގޭގޮތަށް ހުށަހެޅުމުގެ އިޚްތިޔާރު ވަނީ ލިބިދީފައިވެއެވެ. މީގެ ސަބަބަކީ އޮޑިޓްގެ މަސައްކަތުގައި މުހިންމު މައުލޫމާތު ހިއްސާ ކުރުމަށް ރައްޔިތުންނަށް އިތުރު ހިތްވަރެއް ދިނުމެވެ.



Source link

Leave a Reply

Related Articles