• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މަލްޓިމީޑިއާ ⁄ މަ ލޯތްބެއް ދެން ނުވާނަމޭ… -26

މަ ލޯތްބެއް ދެން ނުވާނަމޭ… -26


“ހޭ ބޭބީ” ކުއްލިއަކަށް ފަހަތުން އިވުނު އަޑާއެކު އައިރީން ފަހަތް ބަލާލި އެވެ. އެއާއެކު އޭނާއަށް ރެއިލިން ދޫކޮށްލެވުނެވެ. ކިރިރާ ބަނޑު ފޮރުވާވަރުގެ އަތްކެނޑި ޓޮޕް ކޮޅަކާއި ކަކުލާ ހިސާބަށް އަންނަ ހަރުވާޅުކޮޅެއްގައި ހުރި އަންހެން ކުއްޖާ ފެނި އޭނާއަށް އިޔާންއަށް ބަލާލެވުނެވެ. އެ ކުއްޖާ ހުރީ އިޔާންގެ އަތުގައި އޮޅުލައިގެންނެވެ. އިސްތަށިގަނޑު ފަނެވެ. މޫނުހީވަނީ ފުއްބަސްތާއެއް ތެރެއަށް ލާފައި ނަގާފައި ހުރިހެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތް ކުލައިގެ ސަބަބުން ތުންފަތް ހީވަނީ ރަތް ލޭކޮޅެއް ހެންނެވެ. އައިރީންއިޔާން އަށް ބަލާލުމާއެކު އިޔާން ދުރުބަލާލާ އައިރީންއިން ނަޒަރު ވަކިކޮށްލި އެވެ. އައިރީންގެ ދެފައިން ވާގި ދޫވެ މީހާ އަރިއަޅާލި އެވެ. އެހެންނަމަވެސް އޭނާ ރެއިލިންގެ އެހީ ހޯދި އެވެ. ދެލޮލުން ހޯސްލާފައި ކަރުނަށް އޮހެމުންދިޔަ އިރު އިޔާން އާ މެދު އެތައް ޝަކުވާއެއް ކުރެވެމުން ދިޔަ އެވެ. އައިރީންއަށް ވަމުން ދިޔަ ގޮތް ފެނި އިޔާންގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާ އިތުރަށް ތުއިވެލާ އިޔާންއާއި ގާތްވެލި އެވެ. އޭނާގެ ޝަހާދަތް އިނގިލިން އިޔާންގެ ކޯތާފަތުގައި އަތް ހިންގާލި އެވެ. އެއާ އެކު އައިރީން ދެލޯ މަރާލީ އެ މަންޒަރު ނުބެލުމުގެ ގޮތުންނެވެ. އިޔާންގެ ސަބަބުން އަނެއްކާ ވެސް ޒަހަމްތަކެއް ހިތަށް ލިބިގެން ހިނގައްޖެ އެވެ. އިޔާން އައިރީން ގާތަށް ދާންވެގެން ފިޔަވަޅެއް އެޅިވެސް މެއެވެ. އެހެންނަމަވެސް ގާތުގައި ހުރި އަންހެން ކުއްޖާއާހެދި އޭނާއަށް އެކަން ކާމިޔާބު ވާގޮތް ނުވީ އެވެ. އައިރީންގެ ކުރިމަތީގައި އިޔާންގެ އަތުގައި ހިފައިގެން ގޮސް އެ ކުއްޖާ ވަނީ އެމީހުންގެ ކޮޓަރިއަށެވެ. ކުރިއެކޭ އެއްގޮތަށް ކޮޓަރި ތަޅުލި އަޑު އިވުނެވެ. ރޮވެމުން ދިޔަ އައިރީން އަމިއްލަ އަތުން އަނގަމަތީގައި އަތް އަޅާލީ އޭނާގެ ރުއުމުގެ އަޑު ނުކުތުނަ ނުދިނުމަށެވެ. އެހެންނަމަވެސް އެކަން އޭނާއަށް ކާމިޔާބެއް ނުކުރެވުނެވެ. އެތެރޭގައި ހުރި އިޔާންއަށް ވެސް އައިރީންގެ ރުއިމުގެ އަޑު އިވުނެވެ. އޭނާ ކުރިއަށް އަނެއްކާ ވެސް ފިޔަވަޅެއް އަޅާލި އެވެ. ހަލާލު އަނބިމީހާގެ ރުއިމުގެ އަޑާއެކު އޭނާއަށް ވެސް ދެލޯ މަރާލަން މަޖުބޫރުވި އެވެ. ލިބެން އުޅޭ ދަރިފުޅާ މެދު ވެސް ވިސްނާލެވުނެވެ. އެހެންނަމަވެސް އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް އިޔާން އަކަށް ނުކެރުނެވެ. އައިރީން ބަނޑުގައި އަތް ޖައްސާލިއެވެ. ލިބެން އުޅޭ ދަރިފުޅާ މެދު ވެސް ފިކުރު ކުރެވުނެވެ. އިޔާންގެ ފަރާތުން މި ދިޔަ ދުވަސްތަކުގައި އޭނާއަށް ލިބުނު ލޯތްބާއި އަޅާލުމަކީ ދެއްކުން ތެރި ކަމެއް ހެއްޔެވެ؟ އެއީ އޭނާއަށް އަނެއްކާ ވެސް އިތުރު ހިތްދަތިކަމެއް ދޭން އިޔާން ގެންގުޅުނު އުކުޅެއްހެއްޔެވެ؟ މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ގޮސް ކުރިން އޭނާ އުޅުނު ކޮޓަރިއަށް ވަނެވެ. އަނެއްކާ ބަނޑު ބޮޑުވުމުން އިޔާން އޭނާ ދެކެ ފޫހި ވީ ހެއްޔެވެ؟ އައިރީން ދެލޯ ފޮހުނު ނަމަވެސް ކަރުނަތަކަށް ހުއްޓުމެއް ނަ އެވެ. މަޑުމަޑުން އެނދުގެ އެއްފަރާތުގައި ލެނގިލައިގެން އިނުމަށް ފަހު އެނދުގައި ބޯ ޖަހާލި އެވެ. އައިރީންއަށް ނިދުނީ ވެސް އެހެން އިންދައެވެ. ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. މަޑުމަޑުން ދެލޯ ހުޅުވާލިއައިރީންގެ ނަޒަރު ސީލިންގަށް…Source link

Leave a Reply

Related Articles