• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މާލެ، ތިލަފުށި ބްރިޖް އަޅަނީ އިންޑިއާގެ އެހީގައި

މާލެ، ތިލަފުށި ބްރިޖް އަޅަނީ އިންޑިއާގެ އެހީގައި


މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަޅަން ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.ޕްލޭނިން މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރު އަކްރަމްކަމާލުއްދީން އެވެ. އަކްރަމް ވިދާޅުވީ، ބްރިޖް އަޅަން ހަމަޖެހިފައިވަނީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކަމަށެވެ. އޭނާ ވިދާޅުވީ، އަގު ސީދާ ފައިނަލް ނުވާ ކަމަށާއި، އެހެން ނަމަވެސް އެ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ.”ސީދާ އަގު އަދި ފައިނަލް ނުވޭ. އެކަމަކު އެއާ ބެހޭ އެހެން ނެގޯޝިއޭޝަންތައް އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ކުރިޔަށް އެބަދޭ” އަކްރަމް ވިދާޅުވި އެވެ.އަކްރަމް ވިދާޅުވީ، ބްރިޖްގެ ޕްރީކޮލިފިކޭޝަން އިންޑިއާގައި ކުރިއަށްދާނެ ކަމަށެވެ. އަދި ކުންފުނިތައް ޝޯޓްލިސްޓުކޮށް ޓެންޑަރ ކުރުމުގެ މަސައްކަތްވެސް ޖުލައި މަހު ކުރިޔަށްދާނެއެވެ. ބްރިޖަަށް އިންޑިއާ ސަރުކާރުން ދޭނީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމަށް އަދި ޔަގީންނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކޮންމެ ސަރުކާރަކުންވެސް، ބޭރުގެ ސަރުކާރަކުން ދޭ ލޯނުތައް އޮންނަ އުސޫލަކީ އެ ސަރުކާރުގެ ކުންފުނިތައް ބައިވެރިކުރަން ޖެހޭ. އެއީ ހަމަޖެހިފައި އޮންނަ އުސޫލަކީ. ލޯނުދޭއިރު ނުވަަތަ އެހީދޭއިރު އެ ސަރުކާރުގެ ކުންފުންޏެއް އޭގައި ބައިވެރިކޮށްގެން އެކަން ކުރިޔަށް ގެންދަން ޖެހެނީ.

ޕްލޭނިން މިނިސްޓްރީން ވަނީ، ބުރާސްފަތި ދުވަހު ބްރިޖްގެ މެރައިން ޖިއޯ ފިޒިކަލް ސަރވޭ އާއި ލޭންޑް ޖިއޯ ޕިޒިކަލް ސަރވޭ ހަދަން ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ސަރވޭ ހަވާލުކޮށްފައިވަނީ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.ތިލަފުށީ ބްރިޖްގެ ޑިޒައިން މައްސައްކަތަކީ 15 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.

މެރައިން ބޯހޯލްގެ 23 ލޮކޭޝަނެއްގައި މެރައިން ބޯހޯލް އަޅާނެ. އެއީ މެރައިން ޖިއޯ ފިޒިކަލް ސަރވޭ ކުރުމަށް. ދެން ލޭންޑް ޖިއޯފިޒިކަލް ސަރވޭ ކުރުމަށް ލޭންޑް ބޯހޯލް އަޅާނެ ފަސް ލޮކޭޝަނެއްގައި. ގާތްގަނޑަކަށް 75 މީޓަރު ފުންމިނުގައި

އެ ސަރވޭ މި މަހުގެ 15 ފަށައި، ޖުލައި މަހުގެ ހަތެއްގައި ނިންމާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ބުރިޖް އެޅުމުގެ މަސައްކަތް ފެށުމަށް 2020 ވަނަ އަހަރުގެ ބަޖެޓްގައި 411 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.ތިލަފުށި ބްރިޖަކީ މިސަރުކާރުން ކުރިއަށް ގެންދާނެ އެންމެ ބޮޑު މަޝްރޫއުއެވެ.Source link

Leave a Reply

Related Articles