• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިނިމަމްވޭޖް ކަނޑައެޅުމާއެކު ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ ހޭދަވާނެ: މިނިސްޓަރު ފައްޔާޒު

މިނިމަމްވޭޖް ކަނޑައެޅުމާއެކު ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ ހޭދަވާނެ: މިނިސްޓަރު ފައްޔާޒު


މިނިމަމްވޭޖް ކަނޑައެޅުމާއެކު، ގާތްގަނޑަކަށް ސާރުކާރުގެ ބަޖެޓުން 3.8 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް، މިމަހުގެ 04 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ގިނަ ދިރާސާތަކެއް ހެދިގެން ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކަށް ވެސް ގެއްލުން ނުވޭނެ ގޮތަށް ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން 3.8 ރުފިޔާގެ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިސާލަކަށް ސަރުކާރުގެ އިމީޑިއޭޓް ބަޖެޓްރީ އިމްޕެކްޓަކީ ސީދާ ޑިރެކްޓްލީ 1.5 ބިލިއަން ރުފިޔާ އެބަ އިތުރުވޭ. އަދި އޭގެއިތުރުން މީގެން އަންނާނެ ރިޕުލް އިފެކްޓްސް އެބައާދޭ. އެންމެ ދަށް މުސާރައަކަށްތާ މިނިވަންވޭޖް ވާނީ. އެހެންވާއިރުގަ މިހާރު އެންމެ މަތިން ހުރި އެލެވަލްގައި މިހާރު ތިބި މީހުން މިހާރު އެންމެ ދަށް ވަޒީފާއަށްވުރެ މަތި އެއަށްވެސް ޕްރެޝަރތަކެއް އައިސްގެން ރިޕެލް އިފެކްޓްސްތަކެއް ވަކި ހިސާބަކަށް ދަންދެން ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ އަންދާޒާއަކީ 3.8 ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓަށް މިއާގުޅިގެން ހިޓްވާނެ ކަމަށް.
~ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއީ ދައުލަތުގެ ބަޖެޓުން ހޭދަވާ ވަރަށް ބޮޑު އަދަދެއް ކަމަށާއި، ކޮންމެވެސް ގޮތަކުން މިފައިސާ ދައުލަތަށް ހޯދަދޭންޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާގެން ޕީއެސްއައިޕީގެ ބަޖެޓުން އުނިކޮށް ނުވަތަ އިތުރު ޓެކްސް ނަގާގެން ނަމަވެސް އިތުރަށް ފައިސާ ހޯދާނެ ގޮތެއް ހޯދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްވެސް ގޮތަކަށް މިދަންނަވަނީ ޕީއެސްއައިޕީގެ ބަޖެޓް ހުއްޓާލާވާހަކައެއް ނޫން. ކޮންމެވެސް ގޮތަކަށް އެ ހޯދަންޖެހޭނެ. އެފައިސާ އެހެން ވެއްޖެއްޔާ. ދެން އެހެންވީމަ މިއަށް ވިސްނާފަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިމަމް ވޭޖެއް ކަނޑައަޅާގެން އިގްތިސޯދަށް އެގެއްލުންވާނީ އެރަނގަޅު މިއަދުގެ ހާލަތަށް ބަލާފައި ރަނގަޅު އަދަދެއް ނޫން އަދަދެއް ކަނޑައެޅިއްޖެއްޔާ.
~ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި މިނިމަމްވޭޖެއް ކަނޑައެޅުމުގެ ވަރު އެބަހުރި ކަމަށެވެ. އަދި އެއަދަދަކީ ކޮބައިތޯ އާއި، އެވަޒީފާ އަދާކުރާ ފަރާތްތައް ވެސް އެންމެ ބޭނުންވާ އަދަދު ހޯދުމަށް މަސައްކަތްތައް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވިޔަފާރިތަކަށް ކުޑަކޮށްދަތިވިޔަސް ވިޔަފާރިތަކަށް ތެދުވެ ތިބެވޭކަމަށްވަންޏާ މިނިމަމް ވޭޖެއް އެއަދަދަކާ ހަމައަށް ދިއުމަކީ އަޅުގަނޑުގެ ހިތުން މައްސަލައެއް ނޫން. އޭގެ ރަނގަޅު ބަދަލު އިގްތިސާދަށް އަންނާނެ އެއްޗެއް ކަމަށް އަޅުގަނޑު ބަލަނީ.
~ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު

މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިނދޭސީންނަށް މިނިމަމްވޭޖެއް ކަނޑައެޅަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އިންސާނީ ހައްގުގެ ނަޒަރުން ބަލަނީނަމަ ނުރަނގަޅުވި ނަމަވެސް ރާއްޖޭގެ އިގްތިސާދުގައި އެވަރުގެ ކެޕޭސިޓީ ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.Source link

Leave a Reply

Related Articles