• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވިޔަފާރި ⁄ މިއީ ކޮންމެ ގެއެއް ކާޑު ގުދަނަކަށް ހަދަން ޖެހޭ ވަގުތެއް ނޫން: އެސްޓީއޯ

މިއީ ކޮންމެ ގެއެއް ކާޑު ގުދަނަކަށް ހަދަން ޖެހޭ ވަގުތެއް ނޫން: އެސްޓީއޯ



ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ވައިރަސްގެ ސަބަބުން ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމަށް ހީކޮށް އާންމުންގެ ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ގަނޑުކޮށް ގަތްނަމަވެސް މިވަގުތަކީ ކޮންމެ ގެއެއް ކާޑު ގުދަނަކަށް ހަދަން ޖެހޭ ވަގުތު ނޫން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ބެލެވޭތީ އެކަމަށް ދުރާލާ ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އަމްރު މިއަދު ވިދާޅުވީ ސްޓޮކްގައި ރައްޔިތުން ބޭނުންވާ ވަރަށް ކާޑުގެ ބާވަތް އެބަހުރި ކަމަށާއި މިހާރުވެސް ކާޑުގެ ބާވަތްތައް ބޭނުންކުރާ ގޮތަށް އެއްވެސް ދަތިކަމެއް ނެތި ކާޑުގެ ބާވަތްތައް ބޭނުންކުރެވޭނެ ކަމަށެވެ. “ރަށެއް ކަރަންޓީނު ކުރުމަކީ ރަށަކަށް މުދާ ގެންދިޔުމަށް އޮންނަ ހުރަހެއް ނޫން. އަދި މާލެއިން މިސާލަކަށް އެ ވައިރަސް ޖެހިފައި ހުރި މީހަކު ފެނުނު ކަމުގައިވިނަމަވެސް އެއަކީ އަދި އަޅުގަނޑުމެން ކާޑު ވިއްކުން ހުއްޓާލާނެ ކަމެއްވެސް ނޫން،” އޭނާ ވިދާޅުވިއެވެ. މިހާރުވެސް ކާޑު ދޫކުރާ އުސޫލުން ދަތި ކަމެއް ނެތި ކާޑުގެ ބާވަތްތައް ދޫކުރެވޭނެ ކަމުގެ ޔަގީންކަން އަމްރު ދެއްވިއެވެ. އެހެންނަމަވެސް ހާސްކަން މަތީގައި ގޮސް ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަދައިފި ނަމަ އޭގެ ސަބަބުން އެކި ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



Source link

Leave a Reply

Related Articles