• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ މުރަނގަ ތޮޅީގައި ނޭނގޭ އެތައް ސިއްހީ ފައިދާތަކެއް

މުރަނގަ ތޮޅީގައި ނޭނގޭ އެތައް ސިއްހީ ފައިދާތަކެއްމުރަނގަތޮޅި ( ޑްރަމް ސްޓިކް)ގެ ސައިންޓިފިކް ނަމަކީ މޮރިންގާ އޮލެއިފެރާ  (moringa oleifera ) އެވެ. ހިމަ ދިގު މި ތޮޅިއަކީ ތަފާތު އެކި ބާވަތްތަކުގެ ވިޓަމިން އެކުލެވޭ ތަރުކާރީ އެކެވެ. އަދި ކެއުމުގެ އިތުރުން ދިވެހި ބޭސްވެރި ކަމުގައި ވެސް މުރަނގަ ތޮޅި ބޭނުން ކުރެއެވެ.
މީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކާއި ސައުތު އިންޑިއާގެ ގައުމުތަކުގައި ކެއުމުގައި ގިނައިން ބޭނުން ކުރާ އެއްޗެކެވެ.
މުރަނގަތޮޅީގައި ހިމެނޭ ސިއްހީ މާއްދާތައް                ލިއްބައިދޭ މިންވަރު (ކޮންމެ 100 ގުރާމަކުން)
ކެލްސިއަމް                                 30 މިލިގުރާމް
ދަގަނޑު                                  0.18 މިލިގުރާމް
ފޮސްފަރަސް                                110 މިލިގުރާމް
ފައިބަރ                                  4.8 މިލިގުރާމް
ތިއެމިން                                  0.5 ގުރާމް
ރައިބޯފްލެވިން                               0.07 މިލިގުރާމް
އެހެނިހެން މައުދަންތައް                         2 ގުރާމް

މުރަނގަ ތޮޅި ގަސް

މުރަނގަ ތޮޅިއަކީ އޯލިކް އެސިޑްގެ މަސްދަރު ކަމަށްވާއިރު އޯލިއެކް އެސިޑަކީ ހަށިގަނޑަށް ފައިދާހުރި “މިނޮއަންސެޗިޔުރޭޓެޑް ފެޓް” އެކެވެ. މި ތޮޅީގައި ވިޓަމިން ބީގެ ތަފާތު ވައްތަރުތައް ކަމަށްވާ ޕައިރި ޑޮކްސިން ޕެންތޮނިކް އެސިޑް އެކަށޭނަ މިންވަރަކަށް ހިމެނެއެވެ
މުރަނގަތޮޅިން ލިބޭ ސިއްޙި ފައިދާތައް
1. ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން.            
2. ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން.
3. ހަންގަނޑު ރީތިކޮށްދިނުން.
4. ރޯގާ ޖެހުމާއި ހުމުން ދުރުކޮށްދިނުން.
5. ކަށި ވަރުގަދަ ކޮށްދިނުން.
6. އިންފެކްޝަން ތަކުން ދުރުކޮށްދިނުން.
7. ލޭ ދައުރުވުން އަވަސް ކޮށްދިނުން.
8. ލޭ ގައި ހަކުރުގެ މިންވަރު އެއް ހަމައެއްގައި ބަހައްޓައިދިނުން.
9. ލޭގެ ކްލޮސްޓްރޯލް މިންވަރު އެއްހަމައެއްގައި ބަހައްޓައި ދިނުން.
10. އުމުރުން ދުވަސްވުމުން ދިމާވާ އުނދަގޫތަކުން ދުރު ކޮށްދިނުން.
11. ދުޅަތައް ދުރުކޮށްދިނުމުގެ ބާރު މުރަނގަ ތޮޅިގައި ހިމެނޭ
12. ހަށިގަނޑަށް ހަކަތަ ލިއްބައިދޭ
10. ހަމަށް މަޑުކަމާއި އޮމާންކަން ގެނެސްދިނުމާއި މިނޫނަސް އެތައް ސިއްހީ ފައިދާތަކެއް މުރަނގަ ތޮޅިން ލިއްބައިދޭ
މީގެ އިތުރުންވެސް ހުންކޮށި ބޮޑުވުން، ފުރަމޭ ބޮޑުވުން، ވާގިނެތުން، ޖުޒާމް ބަލި، އިދިފުށަށް ދަމާބަލި، އަދި ހުޅުތަކުގައި ރިހުން ފަދަ މައްސަލަތަކަށް ފަރުވާއެއް ގެ ގޮތުގައި މުރަގަތޮޅިން ތައްޔާރު ކުރެވޭ ސުރުވާ ނުވަތަ ސޫޕް ބޭނުން ކުރެއެވެ.
މުރަނގަ ތޮޅިން ތައްޔާރު ކުރެވޭ ތަކެތީގެ ތެރޭގައި ރިހަ، ސެލެޑް ޕިކްލް، ސޫޕް މި ނޫނަސް ތަފާތު އެކި ބާވަތްތަކުގެ ކާނާގެ ބާވަތްތައް ތައްޔާރު ކުރެވެއެވެ.Source link

Leave a Reply

Related Articles