• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ މެކް ބާގަރ

މެކް ބާގަރ



ބޭނުންވާތަކެތި
3 ބަނަސް
3 ފޮތި ސްލައިސް ޗީޒް
1 އަލުވި ( ކައްކާފައި)
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ފިޔާ ( ހިމުންކޮށް ކޮށާފައި)
3 ފޮތި ކިއުކަމްބަރ ( ތުނިކޮށް ފޮތިކޮށްފައި)
1 ގްރީން ޕެޕަރ 4 /1 ހަނިދިގަށް ކޮށާފައި
3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
3 ސައިސަމުސާ މަސްޓަރޑް ސޯސް
2 /1 ޖޯޑު މިންސްޑް ބީފް
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ތަވާ އުދުންމައްޗަށް އުދާލުމަށްފަހު ވަރަށް ކުޑަ ތެޔޮފޮދެއް އަޅާފައި ފިޔާކޮޅު އަޅާލާށެވެ. ފިޔާކޮޅު ރަތްވީމާ ބީފްކޮޅު އަޅާލާފައި ބީފް ކޮޅު ރޯފިލުމުން ނަގާފައި ތަށްޓަކަށް އަޅާލާށެވެ. ލޮނާއި އަސޭމިރުސް، އަލުވި އެއާއި އެއްކޮށް މޮޑެލާށެވެ. މަސްރޮށި ސައިޒަށް ވަށްކޮށް ހަދާފައި ތަވާއުނދުންމައްޗށް އުދާލާފައި ތަވާގައި ކުޑަކޮށް ފިހެލާށެވެ. ދެން ބަނަސް ދެފަޅިކޮށްލުމަށްފަހު މަސްޓަރޑް ސޯސްކޮޅެއް ބަނަހުގެ އެތެރޭގައި ހާކާފައި ކިއުކަމްބަރ ފޮއްޗަކާއި ޕެޕަރކޮޅެއް މަތީގައި ފަތުރާލާފައި ދެން ޓޮމާޓޯ ސޯސްކޮޅެއް އަޅާލުމަށްފަހު ފިހުނު މަސްފޮތި ބާއްވާށެވެ. ޗީޒްފޮތި ބާއްވާފައި ބަނަހުގެ އަނެއް ފަޅި ތަތްކޮށްލާށެވެ.
 
ޖުވޭ



Source link

Leave a Reply

Related Articles