• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ


މަސައްކަތްތައް އަލުން ފަށާ ޤައުމަށް ދިމާވެފައިވާ އިގްތިޞާދީ އަޑިގުޑަނުން އަރައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވާފައިވާއިރު އެގައުމުގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮރޯނާވައިރަސް އެންމެ މަދު މީހުންނަށް ޖެހިގެން ރިޕޯޓުކޮށްފައި މިވަނީ އިއްޔެ އެވެ. ހޯމަ ދުވަހު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާލާއިރު އާދީއްތަ ދުވަހަކީ ފާއިތުވި މަހެއްހާ ދުވަހުގެތެރޭގައި އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ރިކޯޑުކުރެވިފައިވާ ދުވަހެވެ.ޗައިނާގެ 31 ޕްރޮވިންސްގެ ތެރެއިން 24 ޕްރޮވިންސަކުން މިވައިރަސް އެއްވެސް މީހަކަށް އާދިއްތަ ދުވަހު އަލަށް ޖެހިފައެއް ނުވެއެވެ. އޭގެތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިންގ އާއި ޝަންހާއީ ފާހަގަކޮށްލެވެ އެވެ. އެއީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހާމަކުރަމުން އަންނަ ތަފާސްހިސާބުތަކުން މިހާތަނަށް އެންމެ ހިތްހަމަޖެހޭ ފަދަ ނަތީޖާ އެއް ނިކުތް ދުވަހެވެ.މިވައިރަސް ފެނުނު މައި ހޫބޭ ޕްރޮވިންސުން އަލަށް މިވައިރަސް ޖެހިގެން ރިކޯޑް ކޮށްފައިވަނީ 398 މީހުންނަށެވެ. އޭގެ ކުރީ ދުވަހު 630 މީހުންނަށް އެވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. ޗައިނާގެ އެހެން ޕްރޮވިންސްތަކުން އަލަށް މިވައިރަސް ޖެހިގެން ރިކޯޑްކޮށްފައިވަނީ 11 މީހުންނަށެވެ.މިތަފާސްހިސާބުތަކާއެކު ޗައިނާގެ ރައީސް ޝީ ވަނީ މަދުން މިވައިރަސް ޖެހިގެން ރިކޯޑުކުރެވިފައިވާ ޕްރޮވިންސްތަކުގެ މަސައްކަތް އަލުން ފެށުމަށް އެދިވަޑައިގެންފަ އެވެ. ކުންފުނިތަކާއި އޮފީސްތަކުގެ މަސައްކަތް ފަށާ ޗައިނާގެ އިގްތިޞާދު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.މީގެއިތުރުން، ޗައިނާގެ 4 ޕްރޮވިންސެއްގައި އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ ދަށްކޮށްފައެވެ. އެމަރޖެންސީ ރެސްޕޯންސް ލެވެލް ދަށްކޮށްފައިވާ ޕްރޮވިންސް ތަކަކީ ޔުނާން، ގުއިންޒޮންގ، ޝެންޒީ އަދި ގިޒޫ އެވެ. މީގެތެރެއިން ޔުނާން އާއި ގިޒޫ ގެ އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ އެކަކުން ތިނަކަށް ދަށްކޮށްފަ އެވެ. ގުއިންޒޮންގ އާއި ޝެންޒީގެ އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ އެކަކުން ދޭކަށް ދަށްކޮށްފަ އެވެ. ޗައިނާގައި އެމަރޖެންސީ ރެސްޕޯންސް ލެވެލް ހުންނަނީ 1 ން ފެށިގެން 4 އާ ހަމައަށެވެ. އެމަރޖެންސީ ރެސްޕޯންސް ލެވެލް 1 އަކީ އެންމެ ސީރިއަސް ހާލަތެވެ.ހޫބޭ ޕްރޮވިންސުން ބޭރުގައި މަޑުމަޑުން އަންނަނީ ފެކްޓްރީތަކާއި ބިޒްނަސްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންނެވެ. ޗައިނާގެ އައު އަހަރުގެ ޗުއްޓީއަށްފަހު އަދިވެސް މަސައްކަތްތެރިން އަނބުރާ މަސައްކަތަށް ނުނިކުންނާތީ އުފެއްދުންތެރިކަމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ޗައިނާގައި ވަނީ ތަކެއްޗަށް ޖެހިފަ އެވެ.ޗައިނާގެ އިޤުތިޞާދުގެ ދުވެއްޔަށް މަޑުޖެހުމެއްއިޤްތިޞާދީ ބައެއް މާހިރުން ބުނާގޮތުން ޗައިނާގެ އުފެއްދުންތެރިކަން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ހުންނާނީ 3 އިންސައްތައި ގައި ނުވަތަ އެއަށްވުރެ ދަށުގަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެގައުމުގެ އުފެއްދުންތެރިކަމުގެ އިންސައްތަ ހުރީ 6 އިންސައްތައިގަ އެވެ. މިއީ ފާއިތުވި 30 އަހަރުތެރޭގައި މިހާބޮޑަށް އެގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށަށްދާ ފުރަތަމަ ފަހަރު ކަމަށް އިގްތިޞާދީ މާހިރުން ބުނެއެވެ.ޗައިނާގެ ބައެއް ހިސާބުތަކުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވީނަމަވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން މެނުވީ އެމީހުންނަށް މަސައްކަތް ކުރުމުގެ ހުއްދަ އެއް ނެތެވެ. އެގޮތުން މާސްކު އަޅައިގެން ނޫނީ މަސައްކަތަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ.މީގެއިތުރުން ގޭގައި ތިބެގެން މަސައްކަތްކުރެވޭ ސެކްޓަރ ތަކުގެ މީހުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެގައުމުގެ ސަރުކާރުން އަންނަނީ ބާރުއަޅަމުންނެވެ. ކޮރޯނާވައިރަސް ކޮންޓްރޯލްވަމުން އަންނަ މިންވަރަކުން އެގައުމުގައި އަންނަނީ އެކިއެކި މަސައްކަތްތަކަށް މީހުން ނެރެމުންނެވެ. އެނޫންގޮތަކަށް އެގައުމުގެ އިގްތިޞާދަށް ދިމާވެފައިވާ މިއަޑިގުޑަނުން އެމީހުންނަށް ސަލާމަތެއް ނުވެވޭނެ އެވެ.



Source link

Leave a Reply

Related Articles