• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ފޯން ކޯލް ލީކުކުރައްވަނީ ނަހުލާ؟

ފޯން ކޯލް ލީކުކުރައްވަނީ ނަހުލާ؟


ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާ ދެބޭފުޅުންގެ މެދުގައި ކުރެވުނު ކޯލްތައް ލީކުކުރައްވަމުން ދަނީ ނަހުލާ ނުވަތަ ނަހުލާއާއި ގުޅުން ހުރި ބައެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަން ފަށައިފިއެވެ.މިނިސްޓަރ އަލީ ވަހީދު ސިޔާސީ ބައެއް ފަރާތްތަކަށް ފާޑު ވިދާޅުވާ އޯޑިއޯތަކެއް ލީކުކޮށްލާފައިވާ މިދަނޑިވަޅުގައި، މިމައްސަލައަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. މީގެ ތެރެއިން އެއް އޯޑިއޯގައި މިނިސްޓަރ އަލީ ވަހީދަށް މިނިސްޓަރ ނަހުލާ ފޯނު ކުރެއްވުމުން އަލީ ވަހީދުގެ މަސްމަގު ހުރި ގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.އޭގެ ފަހުން ލީކްކޮށްލާފައިވާ އެހެން އޯޑިއޯއެއް ގައި މިނިސްޓަރ އަލީ ވަހީދު، މިނިސްޓަރ ނަހުލާގެ ކޯލްތައް ސްޕީކަރަށް ލައިގެން ވާހަކަ ދެއްކެވުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ނަހުލާ ވާހަކަދައްކަވާ އަޑު އިވެއެވެ. އެ އޯޑިއޯއިން މިނިސްޓަރ އަލީ ވަހީދުގެ އަޑު ފޯންކޯލެއްގެ ގޮތުގައި އިވޭއިރު، މިނިސްޓަރ ނަހުލާގެ އަޑު ސާފުކޮށް އިވޭތީ، އެއީ ނަހުލާ ހުންނެވި ތަނުން ނުވަތަ ނަހުލާގެ ފޯނުން ރެކޯޑް ކޮށްފައިވާ ކޯލެއްކަން އެނގެއެވެ. އަދި ތިންވަނަ ފަރާތަކުން ފޯން ކޯލް އަޑު އަހައިގެން، ރެކޯޑް ކުރި ކޯލެއްނަމަ ދެ ވަޒީރުންގެ އަޑުވެސް އިވޭނީ ފޯނުކޯލެއްގައި އަނެއްކޮޅުން ވާހަކަ ދައްކާ މީހެއްގެ އަޑު އަންނަ ގޮތަށްކަން ފާހަގަކުރެވެއެވެ.އެންމެ ފަހުން ލީކުކޮށްލާފައިވާ އޯޑިއޯއިން އިވެނީ މިނިސްޓަރ ނަހުލާ އަނެއްކާވެސް މިނިސްޓަރ އަލީ ވަހީދަށް ގުޅުއްވައިގެން ވާހަކަ ދައްކަވާ އަޑެވެ. އަދި އަލީ ވަހީދު ލައްވާ ވާހަކަތަކެއް ދައްކުވަން މަސައްކަތް ކުރައްވާ ރާގަކަށް ނަހުލާގެ ވާހަކަ ހުރިއިރު، އަލީ ވަހީދު ސީދާސީދާ ޖަވާބު ދެއްވާފައެއް ނުވެއެވެ. މިކޯލްވެސް ރެކޯޑްކޮށްފައިވަނީ ނަހުލާ ހުންނެވި ތަނުން ނުވަތަ ނަހުލާގެ ފޯނުންކަން އަޑު އަހާލުމުން ސާފުވެއެވެ.ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޖުމްހޫރީ ޕާޓީތެރޭގައި ޖެހިފައިވާ މައްސަލައާއި ގުޅުން ހުރި ކަމެކެވެ. އަދި ފަހުން ލީކުކޮށްލާފައިވާ މިނިސްޓަރ ނަހުލާ ކުރެއްވި ފޯނު ކޯލްތަކަކީ ލީކުކޮށްލާފައިވާ އޯޑިއޯގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، ތަހުގީގު ނިމުމުގެ ކުރިން އާއްމުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރާމެދު ރުޅިވެރިކަން އުފައްދައި، ފުލުހުން މައްސަލަ ބަލާ ނިމުމުގެ ކުރިން އަލީ ވަހީދު މަޤާމުން ބޭރުކުރުމަށް ބަޔަކު ކުރަމުންދާ ކަމެއްކަމަށް މިނިސްޓަރ އަލީ ވަހީދުގެ ގާތް ބައެއް މީހުން ބުނެއެވެ.Source link

Leave a Reply

Related Articles