• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި


ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ރަސޫލާ މުހައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމޫނާއެއް ކަމުގައި ބެލުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.ކީރިތި ރަސޫލާގެ ސުންނަތަކީ ޝަރީއަތުގެ ދެވަނަ މަސްދަރު މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ސުންނަތަކީ ކީރިތި ރަސޫލާ މުހައްމަދުގެފާނުގެ އަރިހުން ސާބިތުވެފައިވާ ބަސްފުޅުތަކާއި އަމަލުފުޅުތަކާއި ކީރިތި ރަސޫލާގެ ކުރިފުޅުމަތީގައި ކަމެއް ހިނގަނިކޮށް ފެނިވަޑައިގެން އެކަމަށް އިންކާރު ނުކުރައްވާ ކޮންމެ ކަމަކާއި، އެކަލޭގެފާނުގެ ޒަމާނުގައި ހިނގި ކަމެއް އެނގިވަޑައިގަތުމުން އެކަމަކާ އިންކާރު ނުކުރައްވާ ކޮންމެ ކަމެއް ކަމަށެވެ.ނަމަވެސް ސުންނަތޭ ބުނުމުން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ އެއީ ކުރުމާއި ނުކުރުން ހަމަހަމަ ކަންތައް އެކަނިކަން ކަމަށާއި، ޝަރުއީ ކަމެއް ސުންނަތުން ސާބިތުވި ނަމަވެސް ގުރުއާނުގައި ސަރީހަކޮށް އޭގެ ހުކުމް އައިސްފައިނުވާނަމަ އެއީ ކުރުމުން ސަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލި ނަމަވެސް އަޒާބު ނުލިބޭ ކަމެއް ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.މުސްލިމުން އަމަލުކުރަންޖެހޭ ހުރިހާ ކަމެއް މާތްﷲ ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށާއި، އޭގެން ބޭރުން އެހެން އެއްޗެއް ބަލަން ނުޖެހޭ ކަމަށް ބައެއް މީހުންދެކޭކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ މިއީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި، އެހެނީ އިސްލާމީ ޝަރީއަތުގެ ވަރަށް ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫއަނުވެ، ގުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަހީލު (އެއްގޮތަކަށްވެސް ނުވާނެ) ކަމެއް ކަމަށެވެ.މީގެއިތުރުން ޚުތުބާގައި ބުނީ ކީރިތި ﷲ އަހަރުމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ ސީދާ މަގަށް މަގު ދެއްކެވުމަށް ކަމަށެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެކަލޭގެފާނު، ނަމޫނާއެއް ކަމުގައި ބަލަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވި ވަޙީގެ ތެރެއިން ބައެއް ކަމަށް ކީރިތި ﷲ ވަނީ އަންގަވާފައެވެ. އެކަލާނގެ ވާޚީކުރެއްވިއެވެ.
މާނައީ ”އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަހީއެއް ކަމުގައި ނޫނީ ނުވެއެވެ.”
~ ޚުތުބާ

ރަސޫލާގެ ސުންނަތަށް އިންކާރުކުރާ މީހުން ބުނާ ވާހަކަތަކަށް އަލިއަޅުއްވާލައްވާ ޚުތުބާގައި ބުނީ ރަސޫލާގެ ސުންނަތް އައިސްފައިވަނީ އެހާ އިތުބާރު ހުރިގޮތަށް ނޫންކަމަށް އެމީހުން ބުނި ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.އެހެނީ ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި، ކީރިތި ރަސޫލާގެ ސުންނަތް އަހަރުމެންނާ ހަމައަށް އައިސްފައިވަނީ ކީރިތި ގުރުއާންވެސް އަހަރުމެންނާ ހަމައަށް އައިސްފައިވާ މަގުން ތަވާތުރުކޮށް (އެކެއްގެ ކިބައިން އަނެކެއްގެ ކިބައިން) އަސްހާބު ބޭކަލުންގެ އަރިހުން ކަމަށެވެ.



Source link

Leave a Reply

Related Articles