• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ދުވެލި މަޑުވާނަމަ، ކީއްކުރާ ކޯލިޝަނެއް؟

ދުވެލި މަޑުވާނަމަ، ކީއްކުރާ ކޯލިޝަނެއް؟


2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޅ. ހިންނަވަރު ނޫރާނިއާގެ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ، ދިވެހި ރައްޔިތުންނަށް އުއްމީދު ތަކާކައި އެކުއެވެ. ރައްޔިތުން ބޭނުންވާ އިންސާފު ހޯދައިދީ ގައުމުގެ އަމާންކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ވައުދުތަކަކާއި އެކުއެވެ.ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ، ގައުމު އިސްލާހުކޮށް ހަމަ މަގަށް އެޅުވުމަށް އަތުކުރި އޮޅާލައިގެން ތިބި ބަޔަކާއި އެކު ކޯލިޝަނެއްގެ ތެރެއިންނެވެ. ކޯލިޝަން ސަރުކާރުގައި ހިމެނޭ ހުރިހާ އެންމެންނަކީ ވެސް ރައީސް ޔާމީންގެ އާރާއި ބާރާއި އޮތް ދުވަސްވަރު އެތަކެއް އަނިޔާތަަކެއް ތަހައްމަލު ކުރަން ޖެހުނު ބައެކެވެ. އެކަން ހަނދާން ނެތޭހާ ގިނަ ދުވަހެއްވެސް ނުވެއެވެ. އެއް އަޒުމެއްގައި އެއް ޖޯޝެއްގައި އެންމެ އެކައްޗެއް ކިޔައިގެން ގެނައި ވެރިކަމަކީ ރައްޔިތުން ފެންބޮވައިގެންފައި ތިބި ވެރިކަމެކެވެ. ކޯލިޝަނެއްގެ ތެރެއިން ސަރުކާރު ހިންގުމަކީ އެންމެ ފަސޭހަގޮތެއް ނޫން ކަމަށް ވިޔަސް އޭރު މަޖުބޫރުކުރިވީ ކޯލިޝަނެއް ހެދުމެވެ.އެކަމަކު އެ ކޯލިޝަން ތެރޭގައި ރެނދުލައި ދެންމެ ދެންމެ ކޯލިޝަން ރޫޅިގެންދާހެން ހިވާން ފަށަން މާ ގިނަ ދުވަހެއް ނުނަގައެވެ. އެންމެ ފުރަތަމަ މޫނާ މޫނު ޖެހެން ފެށި ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާ، ޖުމްހޫރީ ޕާޓީއާ އެވެ. ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް އެ ދެ ޕާޓީގެ މެދުގައި ފެށުނު ކޯޅުން އަދިވެސް ހަމަދަނީ ކުރިޔަށެވެ.ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ދަނީ ފޮނުވަމުންނެވެ. މި ދެ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދެ ޕާޓީއެވެ. އެކަމަކު ދެ ޕާޓީގެ އޮންނަނީ ކަނޑިއާ ކަނޑި ޖެހިފައެވެ.ސަރުކާރަށް އަހަރެއްވެގެން ދިޔައިރުވެސް މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި، ރައްޔިތުންނަށް ބޭނުންވާ ހައްގު މިންވަރު ނުދެވިގެން އުޅެނީ ކޯލިޝަން ތެރެއިން ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެެވެ. އަދި ސަރުކާރުގެ ވުޒާރާތެރެއިން އެމްޑީޕީން ބޭނުންވާ ކަންތައްކުރަން ލަސްވާ ސަަބަބަކީވެސް ކޯލިޝަން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެެވެ. ދެން އޮތީ ވަޒީރުންގެ ވާހަކައެެކެވެ.ދައްކަން މިއުޅެނީ ރައްޔިތުންނަށް ވައުދުތަކެއް ވެގެންއައި ސަރުކާރެއްގެ ވުޒާރާތައް ނުހިނގާ ވާހަކައެވެ. ހާއްސަކޮށް ބައެއް ވުޒާރާތައް ހިނގަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ރައްޔިތުން ވާހަކަ ދައްކައެވެ. އަމިއްލަ ވުޒާރާ ނުހިންގިގެން ޖެންޑަރ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފް އަކީ އޭގެ މިސާލެކެވެ.އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޓޭންޑަކީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމެވެ. އެމަނިކުފާނުގެ އެ ނިންމުމަކީވެސް ގޯސް ނިމުމެއްވެސް ނޫނެވެ. އެކަމަކު ކޯލިޝަންގެ ތެރޭގައި އެއް ޕާޓީއާ އަނެއް ޕާޓީއާ ދެމެދު މިހާވަރަށް ކޯޅޭނަމަ މި ކޯލިޝަން ދެމެހެއްޓިދާނެ ކަމާއި މެދު އުފެދޭ ސުވާލުތައް ގިނައެވެ.ރައީސް ސޯލިހު ވެފައިވާ ވައުދުތައް ފުއްދަން ހުރި ހުރަހަކަށް ކޯލިޝަންވާނަމަ އެއިން އެގޭ އެއްޗަކީ އެކި ޕާޓީތައް ބޭނުންވަނީ އެ ޕާޓީން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމަށެވެ. އެ ހުރިހާ ގޮތަކީ އަދި ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. ރައްޔިތުން ރެއާއި ދުވާލު ނިކުމެ އަޑު އުފުލައިގެން ގެނައި ވެރިކަމުގެ ފޮނި މީރުކަން ކޯލިޝަނެއްގެ ސަބަބުން ހިނގާދާނަމަ ސަރުކާރުން އެކަމާއި މެދު ވިސްނަން ޖެހޭއެވެ.އަހަރަކަށްވުރެ ދިގުލައިގެން ދިޔައިރުވެސް ރައްޔިތުން ބޭނޫންވާ ގިނަ ކަންތައްތަކެއް ނުވެއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކުރަން ބޭނުންނަމަ ކޯލިޝަން އެއް ގަލަކަށް އަރަން އެބަޖެހެއެވެ. އެހެން ނޫންނަމަ ކޯލިޝަނެއް އޮތުމުގެ މާ ބޮޑު ބޭނުމެއްނެތެވެ. ކޯލިޝަންގެ ލީޑަރުންނެވެ. ތިބޭފުޅުން އެންމެން އެކުވެގެން ގެނައި ވެރިކަން ދެމެހެއްޓުމަކީ ހަމަތިބޭފުޅުންގެ ޒިންމާއެކެވެ. ފުރާވަރު ކުދިން ކޯޅޭހެން ނުކޯޅި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން އަވަސް ވެގަންނާށެވެ. އިމްތިހާނުކުރާނީ ހަމަ އެ ރައްޔިތުންނެވެ.



Source link

Leave a Reply

Related Articles