• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ދެމަފިރިންނަށް އެ މީހުންގެ އިޙުސާސްތައް އެނގޭ މިންވަރު ކުޑަ: ދިރާސާ

ދެމަފިރިންނަށް އެ މީހުންގެ އިޙުސާސްތައް އެނގޭ މިންވަރު ކުޑަ: ދިރާސާ


ދެމަފިރިންގެ ގުޅުމަކީ އެންމެ ގާތް ގުޅުންކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެހެން މީހުންނާ އަޅާ ބަލާއިރު ދެމަފިރިން އެކަކު އަނެކަކުގެ ވާހަކަތައް މާބޮޑަށް ދެނިގަންނަކަމަށް ހުރިހާ މީހުންވެސް ޤަބޫލުކުރެއެވެ.

ހަމަޔަޤީނުން ވެސް ތިބާގެ ވިސްނުން ވެސް ހުންނާނީ އެގޮތަށްކަން އެނގެ އެވެ. ނަމަވެސް ސައިންސްވެރިންގެ ހޯދުމަކުން އެކަން އެހެން ނުވާކަމަށް ދައްކައިފިއެވެ. ދެރަހުމަތްތެރިންނަށް އެކަކު އަނެކަކު އެނގޭއިރު ދެމަފިރިންނަކަށް ނޭނގެއެވެ.

ދެމަފިރިންގެ ގުޅުމަކީ އެންމެވަރުގަދަ، އެންމެ ނިކަމެތި ،އެންމެ ނާޒުކު، އެންމެ ހަމަޖެހުންލިއްބައިދޭ، އަދި ބައެއްފަހަރު އެންމެ ހިތްދަތިކަން ގެނެސްދޭ ގުޅުމެވެ. ޖޯކު ލިޔާމީހުން އެންމެގިނަ ޖޯކު ހަދާފައިވަނީވެސް ދެމަފިރިންގެ ގުޅުމާބެހޭގޮތުންނެވެ.

އަދި ވަރަށްގިނަ އަންހެނުން ބުނާވާހަކައެއް އޮވެއެވެ. އަހަރެންގެ ފިރިމީހާ އެއްގޮތަކަށްވެސް އަހަރެން ބުނާގޮތަކަށް ނަހަދައެވެ. ގިނަފިރިހެނުން ބުނަމުންދަނީ އަނބިމީހާ އޭނާގެ ވާހަކަތަކަށް ސަމާލުކަން ނުދޭވާހަކައެވެ. ނަފުސާނީ ޢިލްމުވެރިންބުނާގޮތުގައި މިފަދަ ޝަކުވާތައް އެއުފެދެނީ އެދެމީހުން އެކަކު އަނެކަކު ރަނގަޅަށް ނުދަންނާތީއެވެ. ކޮންމެ އަންބަކު ނުވަތަ ފިރިޔަކުވެސް ބުނަމުންދަނީ ހަޔާތުގެ ބައިވެރިޔާގެ ހުރިހާ ކަމެއްވެސް އެނގޭކަމަށެވެ.

ނަމަވެސް ނަފުސާނީ ޢިލްމުވެރިން ބަޔާން ކުރަނީ އެހެން އެބުނަނީ އެދެމީހުންގެ ދެމެދުގައިވާ އުފާވެރި ގުޅުމެއްގެ ސަބަބުންނެވެ. ދެމަފިރިންނަށްވުރެ ދެ ރަހުމަތްތެރިން އެކަކު އަނެކަކު މާރަނގަޅަށް ދެނިގަނެއެވެ. ދައްކާވާހަކަ ނޭނގިގެން އުޅެނީކާކުތޯ ސުވާލުއުފެދިއްޖެނަމަ ވިސްނަވީ ދެމީހުންކުރެ އެކަކުގެ ވާހަކަ އަނެކަކަށް ނޭނގިގެން އެއުޅެނީ ދެމަފިރިންނަށްކަން ޔަޤީންކުރާށެވެ.

އިނގިރޭސި މުޙާވަރާއެއްގައިވެއެވެ. “ ކައިވެންޏަކީ ދެމީހުންގެ ކުށްހީތަކަށް ކިޔާނަމެކެވެ.“
ނަފުސާނީ ޢިލްމުވެރިން ވިދާޅުވަނީ މި މުޙާވަރާ ހަމައެކަނި ޖޯކަކަށް ހަދާ ނިންމާލާކަށް ނުވާނެއެވެ. އެހެނީ ގިނަ ދެމަފިރިން ޤަބޫލުކުރާގޮތުގައި އޭނާގެ ޙަޔާތުގެ ބައިވެރިޔާއަށް އޭނަޔާބެހޭ ވަރަށް ގިނަ އެއްޗިހިއެނގެއެވެ. އެހެންވުމުން ވާހަކައެއްބުނާއިރު ކޮންމެހެން އެހާތަފުޞީލް ކުރާކަށް ނުޖެހޭނެއެވެ. މާހިރުން ވިދާޅުވަނީ ދެމަރިންގެ މައްސަލަ އުފެދުމުގެ އަސްލަކީ މީއެވެ. އަހަރެމެން ރައްޓެހިންނަށް ނުވަތަ ބީރައްޓެހިންނަށްވެސް ކަމަކާމެދު އެއްޗެއް ބުނާނަމަ އެކަމެއް ވަރަށް ތަފުޞީލްކޮށް ކިޔައިދެއެވެ. މީގެ ބަދަލުގައި ވިސްނަނީ ހަޔާތުގެ ބައިވެރިޔާއަށް އެހާތަފުޞީލް ކުރާކަށް ނުޖެހޭނެކަމަށެވެ. އެއީ އޭނާއަށް އަހަންނާބެހޭގޮތުން ވަރަށް ގިނައެއްޗިހިއެނގޭނެއެވެ.

އެމެރިކާގެ ޔުނިވަސިޓީއެއްކަމުގައިވާ ޝިކާގޯގެ މާހިރުން ވިދާޅުވާގޮތުގައި ދެމަފިރިން ވަރަށްބޮޑަށް ވިސްނަން ވީ ކަމެއް އެބައޮތެވެ. އެއީ ދެމަފިރިން އެކަކު އަނެކަކު ވަރަށް ރަނަގަޅަށް ދަންނަކަމަށް ޤަބޫލުކޮށްފިނަމަ ދެމީހުންގެ ދެމެދުގައި ކުށްހީތައްއުފެދި އެކަމުގެ ސަބަބުން ދެމީހުން ދުރުވެ މައްސަލަތައް އުފެދޭތަން އަންނާނެކަމެވެ. މިކަން ދިރާސާކުރުމުގައި ބައިވެރިވި ޕްރޮފެސަރަކު ވިދާޅުވިއެވެ. ދެމަފިރިން އެކަކު އަނެކަކާ ލޯބިން…



Source link

Leave a Reply

Related Articles