• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!



ލޯކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މި މައްސަލަތައް ދިމާވުމަށް ވަކި އުމުރެއް ނުވަތަ ވަކި ޖިންސެއް ނޯވެއެވެ. ރޯދަ މަހު ވެސް މިކަން ބޮޑުވެދާނެ އެވެ. 
ލޯކައިރި  ކަޅުވަނީ ކީއްވެ؟
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ލޯކައިރި ކަޅުވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެގެތެރޭގައި ވަރުބަލިކަން މަތީ ގިނަ ވަގުތު އުޅުމާއި، އަވީގައި އުޅުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅުމުގެ އިތުރުން ރޭގަނޑު ހޭލާ ހުރުން ހިމެނެއެވެ.
މީގެ އިތުރުން ވެސް މި ކަމަކީ އާއިލީގޮތުން ވެސް ވާރުތަވާ ކަމެކެވެ. އެގޮތުން އާއިލާގައި ލޯކައިރި ކަޅުވާ މީހަކު ހުރިނަމަ އާއިލާގައި ދެން ތިބޭ މީހުންނަށް މި މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވެގެން ދާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެންމެ ޚާއްސަގޮތެއްގައި ފާހަގަ ކުރެވެނީ މޭކަޕް ކުރުމުގެ ސަބަބުން ލޯކައިރި ކަޅުވުމެވެ.
ލޯކައިރި ކަޅުވުމުގެ ނިޝާނެއްގެ ގޮތުގައި އާންމުކޮށް ފެންނަ ނިޝާނަކީ ލޮލުގެ ކައިރި ނުވަތަ ލޮލުގެ ތިރީ ކައިރި ކުޑަކޮށް ފުއްޕާފައި ހުރުމާއި އެކު އެ އޭރިޔާ ކަޅުކޮށް ހުރުމެވެ. މިގޮތަށް ހުރުމުގެ ސަބަބުން އެ ހިސާބުގެ ލޭ ދައުރުވުމަށް އުނދަގޫ ތަކާއި ދިމާވެއެވެ.
މިކަމަށް އޮތް ފަރުވާ އަކީ ކޮބާ؟
ބޭކިން ސޮޑާ އަކީ ލޯކައިރި ކަޅުވުމަށް އޮތް އެންމެ ރަނގަޅު އެއްފަރުވާއެވެ. އެގޮތުން އެއް ސައިސަމުސާ ބޭކިން ސޮޑާ ތާފަނާ ފެންތަށްޓަކަށް އެޅުމަށް ފަހު މިކްސް ކޮށްލުމަށް ފަހު ކަފަބުރަކުން ލޯ ކައިރީގައި މަޑުމަޑުން ޖައްސާށެވެ. މިގޮތަށް ދުވާލަކު އެއްފަހަރު ތިން ހަފްތާ ވަންދެން ހަދަން ޖެހޭނެއެވެ.

 

މި ތިން ހަފްތާގެ ތެރޭގައި އެއްވެސް ވަރަކަށް މޭކަޕް ކޮށްގެން ނުވާނެއެވެ. މީގެ އިތުރުން ވެސް ހަށިގަނޑަށް ގެއްލުންވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އޭގެ ތެރޭގައި ސިނގިރޭޓް ބުޔުމާއި ދުފުމުގެ އިތުރުން އަވީގައި އުޅުން ހިމެނެއެވެ.
މި ދުވަސްތަކުގައި ފިނިކޮށްފައި ހުންނަ ކިއުކަންބާ ކެއުމާއި، މިންޓް ލީވްސް ކެއުމާއި، ފިނިކޮށްފައި ހުންނަ ކިރު ( ފްރެޝްމިލްކް) ބުޔުމާއި، އެލޯވެރާ ހުންނަ ބާވަތްތަކުން މޫނުދޮވުން ހިމެނެއެވެ.  



Source link

Leave a Reply

Related Articles