• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ގައުމު ތަރައްގީ ކުރަން ބޭނުންވާނަމަ، ރައްޔިތުން ތަރައްގީވެ ހޭލުންތެރިވާންޖެހޭ: ރައީސް ސޯލިހު

ގައުމު ތަރައްގީ ކުރަން ބޭނުންވާނަމަ، ރައްޔިތުން ތަރައްގީވެ ހޭލުންތެރިވާންޖެހޭ: ރައީސް ސޯލިހު


ގައުމު ތަރައްގީކުރަން ބޭނުންވާނަމަ ރައްޔިތުން ތަރައްގީވެ ހޭލުންތެރިވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ބޭއްވި ރ. އަތޮޅުގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ އިސްކަމަކަށްދޭންވީ ރައްޔިތުން ތަރައްގީކުރަން ކަމަށާއި، މިހާރު އެމަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާއަށް އިސްލާހުތަކެއް ގެނެވިފައިވާ ކަމަށާއި، މިހާރު ވެސް ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ހަމަހަމަ އުސޫލަކުން ދިވެހިންނަށް ތައުލީމުގެ އުނގެނުމުގެ ފުރުސަތު ހޯދަދީފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.ހެނދުނުގެ ނާސްތާ ޕްރޮގްރާމްއާއި، ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތުގެ އިތުރުން ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުނަށް ލޯނުގެ ފުރުސަތުތައް ހޯދާދީފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ވެރިކަމަށް އަޅުގަނޑުމެން އައިރުގައި ގައުމަށް ހުރި ގޮންޖެހުންތައް ތިޔަ ހުރިހާ ބޭފުޅުންނަށް އެގޭނެ. ޝަރުއީ ދާއިރާ އޮތް ހާލު ބަދަލުކުރަން ޖެހިފައިވާ މިންވަރު އެއީ ހަނދާން ނައްތާލެވޭނެ ކަމެއް ނޫން. ކޮރަޕްޝަނާއި ވައްކަން އޭރުގެ ސަރުކާރުގެ ތެރޭގައި އޮތް މިންވަރު ފެނި ހާމަވެފައިވާ ކަންތައްތަކެއް. ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ދަތުރުފަތުރުގެ ނިޒާމު، ބޯހިޔާވަހިކަން މިހެން ގޮސް ކުރަންޖެހިފައިވާ ހުރި ބައިވަރު މަސައްކަތް އޮތް ކުރަން. ފަހަރަކު ކަމެއް އަޅުގަނޑުމެން މިގެންދަނީ ކުރަމުން.
~ ރައީސް ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އާންމުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްދަތިކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ތެރޭގައި މާލެއަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އިއުލާން ކުރެވި އަތޮޅުތެރޭގައި ވެސް މިމަސައްކަތް ކުރެވޭނެ ކަމަށެވެ.ލާމަރުކަޒީ ނިޒާމަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ބާރުތައް ދޫކުރުމުގެ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން ނިޒާމުގެ އެންމެހައި ކަންކަން ތަންފީޒުކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށެވެ.Source link

Leave a Reply

Related Articles