• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ



ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކަނާ 90 ޕަސެންޓް މީހުން ނުކެވެއެވެ.
ފައިބާ އަކީ ގުދުރަތީގޮތުން ހާޓްއެޓޭކް، ސްޓްރޯކް، އަދި ދިގުމުއްދަތަށް ބޭސް ކުރަންޖެހޭ ހަކުރުބަލި ފަދަ ބަލިތަކަށް ރަނގަޅު އެއްޗެކެވެ. އަދި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި ލޭގެ ޕްރެޝަރ އަދި ކްލެސްޓްރޯލް އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ.
ފައިބަރއަކީ ފަސޭހައިން އަތްފޯރާ ފަށުގައި ލިބެންހުންނަ ގިނަ ކާނާއިން ހަށިގަނޑަށް ލިއްބައިދޭ އެއްޗަކަށް ވާއިރު ފައިބާގެ ސަބަބުން ސިއްހީ ގިނަ އުނދަގޫތަކުން ދުރުކޮށްދީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ކަމަށް އޮސްޓްރޭލިޔަގެ ޕްރޮފެސަރ ޖޯންކަމިންގް ކުރި ދިރާސާއިން ދައްކައެވެ.
ނިއުޒިލެންޑްގެ އޯޓެގޯ އާއި ޑަންޑީ ޔުނިވާރސިޓީން ކުރި ދިރާސައަކުން ދައްކާ ގޮތުގައި ކޮންމެ މީހަކަށްވެސް ދުވާލެއްގެ މައްޗައް މަދުވެގެން 25 ގްރާމް ފައިބަރ ބޭނުން ވެއެވެ. އަދި 30 ގްރާމަށްވުރެން އިތުރަށް ފައިބަރ އެކުލެވޭ ކާނާ ބޭނުން ކުރާ މީހުންނަށް ގިނަ ބަލިތަކުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑެވެ.
އާންމުކޮށް ދުނިޔޭގެ ގިނަމީހުންނަށް ދުވާލަކަށް ކެވެނީ 20 ގުރާމް ފައިބަރ އެކުލެވޭ ކާނާއެވެ. އެގޮތުން ފައިބަރ އެކުލެޥޭ ކާނާ ކެވެނީ އިނގިރާސިވިލާތުގެ ކޮންމެ 10 މީހަކުން އެކަކަށްކަމަށް ދިރާސާތަކުން ދައްކައެވެ. އެވްރެޖްކޮށް އަންހެނަކަށް 17 ގްރާމް ފައިބަރ އެކުލެވޭ ކާނާ ކެވޭއިރު ފިރިހެނަކަށް މިފަދަ ކާނާ ކެވެނީ ދުވާލެއްގެ މައްޗަށް 21 ގަރާމެވެ.  



Source link

Leave a Reply

Related Articles