• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ ސިދާތު ޝުކްލާ އިންނާނެ އަންހެނަކު ހޯދަނީ

ސިދާތު ޝުކްލާ އިންނާނެ އަންހެނަކު ހޯދަނީ


Share

ބިގްބޮސް 13 ކާމިޔާބުކުރި ސިދާތު ޝުކްލާ، އިންނާނެ އަންހެނަކު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.

Advertisement
އިންނާނެ ރަނގަޅު އަންހެނަކު ހޯދުމުގެ މަސައްކަތް ސިދާތު ކުރަމުން އަންނައިރު އޭނާ ވަނީ އެކަމުގައި އެހީތެރިވުމަށް ދެވޮލީނާ ބަޓަޗަރްޖީ ކައިރީ އެދިފަ އެވެ. ގިނަ ބަޔަކަށް ދެވޮލީނާ އެނގެނީ ގޯޕީ ބަހޫގެ ނަމުންނެވެ. އެއީ އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރި ޓީވީ ޝޯ “ސާތު ނިބާނާ ސާތިޔާ” ގައި ގޯޕީ ބަހޫގެ ރޯލުން އޭނާ ފެނިގެން ގޮސްފައިވާތީ އެވެ. އިންސްޓަގްރާމުގައި ސަޕޯޓަރަކު ސިދާތުއާ ކުރި ސުވާލަކާއި ގުޅިގެން ގޯޕީ ވެސް ވަނީ އެ ސުވާލު ތަކުރާރުކޮށްފަ އެވެ. އެއީ މީހަކާއި އިންނަނީ ކޮންއިރަކުތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ސިދާތު ވަނީ އޭނާއަށް އިންނާނެ މީހަކު އަދި ނުލިބޭ ކަމަށާއި އިންނާނެ ރަނގަޅު މީހަކު އެނގޭނަމަ އޭނާއަށް ނަން ހުށަހަޅަން ގޯޕީގެ ކިބައިން އެދިފަ އެވެ.އުމުރުން 39 އަހަރުގެ ސިދާތު މިހާތަނަށް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. އޭނާއަކީ ޓީވީ އިންޑަސްޓްރީގައި މަގްބޫލު ފަރާތެކެވެ. އެގޮތުން ގިނަ ޝޯތަކެއްގައި ކުޅަދާނަ އެކްޓިނެއް ދައްކުވައިދީފައިވާ ސިދާތު ވަނީ ގިނަ ޓީވީ ޝޯތަކެއް ވެސް ހުށަހަޅައިދީފަ އެވެ. 



Source link

Leave a Reply

Related Articles