• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ސިޔާސީ ވިސްނުމުގެ ހުރި ތަފާތަކާއި ގުޅިގެން ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވައްޓާނުލާ: އަމްރު

ސިޔާސީ ވިސްނުމުގެ ހުރި ތަފާތަކާއި ގުޅިގެން ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވައްޓާނުލާ: އަމްރު


ސިޔާސީ ވިސްނުމުގެ ހުރި ތަފާތުތަކާއި ގުޅިގެން ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވައްޓާނުލުމަށް ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯގެ) މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.ކޮވިޑް-19 އާ ގުޅިގެން އެސްޓީއޯ އިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ވަރަށް ފޭސް މާސްކް އެބަހުރި ކަމަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ބައެއް ސާމާނުތައް ވެސް މިހާރު ބައެއް ރަށްރަށަށް ފޯރުކޮށްދީފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. މީގެއިތުރުން ބައެއް ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނުތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.ކޮވިޑް-19 އަކީ ވެސް ރޯގާގެ ވައްތަރެއް ކަމަށާއި މި ރޯގާއަށް ހުރިހާ އެންމެވެސް ރައްކާތެރިވެ ތިބެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް އަމްރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހާސްކަމެއްގެ ތެރޭގައި ރައްޔިތުން ތިބެގެން ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ނެހެދުމަށް އަމްރު އެދިވަޑައިގެންނެވިއެވެ.

ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަދާކަށް ޖެހޭ ވަގުތެއް ނޫން މީކީ. އަޅުގަނޑުމެން މިހާރު ވެސް ކާގޮތަށް ކާކަމަށް ވަނީނަމަ އެއްވެސް ކަހަލަ މައްސަލައެއް ދިމަލެއް ނުވާނެ. އަޅުގަނޑުމެން އެކަމުގެ ޔަޤީންކަން އަރުވަން. އަދި ރަށެއް ކަރަންޓީން ކުރުމަކީ އެ ރަށަށް މުދާ ގެންދިޔުމަށް އޮންނަ ހުރަހެއް ވެސް ނޫން
~ އަމްރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯ އިން ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑު ފޯރުކޮށްދެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.

އެހެންކަމުން މިހާރު ވެސް ކާޑު އަޅުގަނޑުމެން މި ދޫކުރާ ގޮތަށް އަދި ރަށްރަށަށް ވެސް ގެންދާ ގޮތަށް އަޅުގަނޑުމެންނަށް ދޫކުރެވޭނެ. އެހެންނަމަވެސް ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަދައިފި ކަމަށްވާނަމަ އެކަމުން ދަތިތައް ކުރިމަތިވާނެ ހުރިހާ ރައްޔިތުންނަށް ވެސް
~ އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ކަމާބެހޭ ވުޒާރާތަކުން މަސައްކަތް ކުރަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނުހަނު އިސްކަމެއްދީގެން ބައްލަވަމުންދާ ކަމަށެވެ.



Source link

Leave a Reply

Related Articles