• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ސޫރަތުއް ނިސާގެ ތަފުސީރު – 15

ސޫރަތުއް ނިސާގެ ތަފުސީރު – 15


(فِي أَوْلَادِكُمْ   ) ތިޔަބައިމީހުންގެ ދަރިންނާއި މެދުގައި. ”އައުލާދް“ އިނީމާ އޭގެ ތެރޭގައި ފިރިހެން ކުދިންނާއި އަންހެން ކުދިންވެސް ހިމެނެއެވެ.

( لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ  ) ފިރިހެންކުއްޖަކަށް ދެއަންހެންކުދިންނަށް ލިބޭ މިންވަރެވެ. މިތަނުގައި އަންހެން ކުއްޖަކަށް ލިބޭނީ ފިރިހެންކުއްޖަކަށް ލިބޭމިންވަރުގެ ދެބައިކުޅަ އެއްބަޔޭ ޛިކްރު ކުރެއްވުމުގެ ބަދަލުގައި ދެއަންހެންކުދިންނަށް ލިބޭ މިންވަރު ފިރިހެން ކުއްޖަކަށް ލިބެޔޭ ވަޙީ ކުރައްވާފައިވުމުގެ ޙިކްމަތަކީ ނަޞީބާއި ލިބޭ މިންވަރަކީ ﷲ ގެ ދީލަތިވަންތަކަން އަންގައިދޭ ކަމެވެ. އަންހެނަކަށް ލިބޭނީ ފިރިހެނަކަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބަޔޭ ޛިކްރު ކުރެއްވިނަމަ، ޢިބާރާތުން ދޭހަވާނީ އުނިކަމެކެވެ. އެހެންކަމުން އަންހެން ކުއްޖަކަށް ވަނީ ފިރިހެން ކުއްޖެއްގެ ދެބައިކުޅަ އެއްބަޔޭ ވަޙީ ކުރެއްވުމުގެ ބަދަލުގައި ދެއަންހެން ކުދިންނަށް ލިބޭ މިންވަރު ފިރިހެން ކުއްޖަކަށް ލިބޭނެޔޭ ވަޙީ ކުރައްވާފައިވަނީ އެވެ.

(حَظِّ  ) ޙިއްސާ ނުވަތަ މިންވަރު،

(فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ   ) ”އެ ދަރިންނަކީ ދޭކަށްވުރެ މަތީ عدد އެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ.“

މިތަނުގައި ( فَوْقَ اثْنَتَيْنِ ) ”ދޭކަށްވުރެ ގިނަވެއްޖެނަމަ“ އޭ އޮތުމުން މުފައްސިރުންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ.

ބައެއް މުފައްސިރުން ވިދާޅުވަނީ ދެއަންހެންކުދިން ނުވަތަ އެޔަށްވުރެ ގިނަކުދިން ތިއްބަސް އެހުރިހާ ކުދިންނަށް ލިބޭނީ ތިންބައިކުޅަ ދެބަޔެވެ.

ނަމަވެސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ތިންބައިކުޅަ ދެބައި ލިބޭނީ ދެއަންހެންކުދިންނަށްވުރެ ގިނައިން ތިބިނަމައެވެ. ސަބަބަކީ އާޔަތުގައި ( فَوْقَ اثْنَتَيْنِ ) ”ދޭކަށްވުރެ ގިނަވެއްޖެނަމަ“ އޭ އޮތުމުންނެވެ.

މި މައްސަލާގައި ރާޖިޙް ގޮތަކީ: ދެއަންހެން ކުދިން ތިއްބަސް އަދި އެޔަށްވުރެ ގިނަ އަންހެންކުދިން ތިއްބަސް އެކުދިންނަށް ލިބޭ މިންވަރަކީ ތިންބައިކުޅަ ދެބަޔެވެ. މިކަމަށް ބާރުލިބޭ ކަންތައްތަކުގެ ތެރޭގައި:

  1. (وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ  ) “ އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ.“ އެހެންކަމުން، އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ޙުކުމަކީ ތިންބައިކުޅަ ދެބައިކަން ސާފުވެއެވެ. ވާރުތަމުދަލުގައި އަންހެންކުދިންނަށް ކަނޑައެޅިފައިވާ ފަރްޟަކީ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ ދެބަޔެވެ. އެނޫން ފަރްޟެއް ނުވެއެވެ. އެންމެ އަންހެން ކުއްޖަކު ހުރެއްޖެނަމަ ދެބައިކުޅަ އެއްބަޔެވެ. އެޔަށްވުރެ ގިނަ ކުދިން ތިބި ނަމަ ތިންބައިކުޅަ ދެބަޔެވެ.
  2. ދެ އުޚްތުން ތިބިނަމަ އެމީހުންނަށް ކަނޑައަޅުއްވާފައިވާ މިންވަރަކީ ތިންބައިކުޅަ ދެބަޔެވެ. ސޫރަތުއް ނިސާގެ 176 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِن كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَۚ   ) މާނައަކީ: ”(މަރުވިމީހާގެ وارث ންނަށް ތިބި) ދެ أخت ން ކަމުގައިވާނަމަ، ފަހެ، އެ ދެ أخت ންނަށް (އެ أخ) ދޫކުޅަ މުދަލުގެ ތިންބައިކުޅަ…Source link

Leave a Reply

Related Articles