• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ސޫރަތުއް ނިސާގެ ތަފުސީރު – 16

ސޫރަތުއް ނިސާގެ ތަފުސީރު – 16


އެ ވަޞިއްޔަތަކީ ޝަރްޢީ ހަމަތަކަށް ފެތޭ ވަޞިއްޔަތަކަށް ވާން ޖެހޭނެއެވެ. އެގޮތުން މުޅި މުދަލުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަވެގެން ނުވާނެއެވެ. އަދި ވަޞިއްޔަތްކޮށްފައިވަނީ ވާރުތަވެރިޔަކަށް ކަމުގައިވެސް ވެގެން ނުވާނެއެވެ. އެވަޞިއްޔަތަކީ މިދެންނެވި ކަންތައްތަކާއި ޚިލާފަށް އޮތް ވަޞިއްޔަތެއްނަމަ އެއީ ބާޠިލް ވަޞިއްޔަތެކެވެ. އެޔަށް ބަލާކަށް ނުޖެހޭނެއެވެ.

(أَوْ دَيْنٍ     ) ނުވަތަ ދަރަންޔެއް،

ވީމާ، ދަރަންޔެއް ނުވަތަ ވަޞިއްޔަތެއް، ނުވަތަ ދެކަންތައް އެއްކޮށް އޮތް ނަމަވެސް ވާރުތަ މުދާ ބެހުމުގެ ކުރިން އެކަންތައް ނިންމަން ޖެހޭނެއެވެ.

މި އާޔަތުގައިވެސް އަދި މީގެ ކުރީ އާޔަތުގައިވެސް ދަރަންޔަށްވުރެ ކުރިން ޛިކްރު ކުރައްވާފައިވަނީ ވަޞިއްޔަތުގެ ވާހަކަ އެވެ. މީގެ ޙިކްމަތާއި ބޭހޭ ގޮތުން ދެގޮތަކަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

  1. ވަޞިއްޔަތަކީ ހެޔޮހިތުން ދޭއެއްޗެކެވެ. ދަރަންޔަކީ އަދާކުރުން ވާޖިބު އެއްޗެކެވެ. ވީމާ، ވަޞިއްޔަތް އިސްކުރައްވާފައިވަނީ އޭގައިވާ އުނިކަން ފިލުވާލަދެއްވުމަށެވެ.
  2. ދަރަންޔެއްނަމަ އޭގެ ޙައްގުވެރި ފަރާތުން އެކަމަށް އެދޭނެއެވެ. ނަމަވެސް ވަޞިއްޔަތަކީ ހެޔޮހިތުން ދެވޭ އެއްޗެކެވެ. ވާރުތަވެރިން އެކަމާއި ދެކޮޅު ހަދާވެސްފާނެ ކަމެކެވެ. އެހެންކަމުން، އެކަމުގެ މުޙިއްމުކަން ބަޔާންކުރެއްވުމުގެ ގޮތުން ދަރަންޔަށްވުރެ ކުރިން އިސްކުރެއްވީއެވެ.

(وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُم ۚ مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ) ”އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ.“

(وَإِن كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ   )

) كَلَالَةً  ) އަކީ މަރުވާ އިރު މަންމަ އެއް ބައްޕަ އެއް އަދި ދަރިޔެއް، ދަރިޔެއްގެ ދަރިޔަކުވެސް ނެތުމެވެ.

( وَلَهُ أَخٌ أَوْ أُخْتٌ ) މިތަނުގައި ”އަޚް“ އަދި ”އުޚްތު“ ގެ މުރާދަކީ އެއްބަނޑު އަޚް އަދި އުޚްތުއެވެ. ޢިލްމުވެރިން ވަނީ އެކަމަށް އިޖްމާޢުވެލައްވާފައެވެ. އަދި ބައެއް ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ގިރާއަތްތަކުގައިވެސް (وَلَهُ أَخٌ مِّنْ أُمٍّ أَوْ أُخْتٌ مِّنْ أُمٍّ  ) މިފަދައިން ވާރިދުވެފައިވެއެވެ.

އެއްބަނޑު އެއްބަފާ އަޚުންނާއި އުޚްތުން އަދި އެއްބަފާ އަޚުންނާއި އުޚްތުންގެ ޙުކުމް މިސޫރަތުގެ އެންމެ ފަހު އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ.

(فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ   ) އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ.

( فَإِن كَانُوا أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ  ) އެމީހުންގެ ޢަދަދަކީ ދޭއް ނުވަތަ އެޔަށްވުރެ އިތުރު ޢަދަދެއްނަމަ ހުރިހާ އެންމެންނަށް ތިންބައިކުޅަ…



Source link

Leave a Reply

Related Articles